ގުޅީގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ
12 އެޕްރީލް 2023 - 12:41
ކ. މާފުށީގެ ބަނދަރު ބޮޑުކުރުމަށާއި ކ. ގުޅީގެ ބިން ހިއްކުމަށް ބޭނުންވާ ސަމާނު އެ ރަށްތަކަށް ގެންގޮސްފި އެވެ.
އެ ދެ ރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް ފަށަން ސަރުކާރުން މި ތައްޔާރުވީ މާފުށްޓާއި ގުޅި ހިމެނޭ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވަނިކޮށެވެ. އެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން އަންނަނީ ތިން ރަށުގައި ވެސް ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީގެ ކެންޑިޑޭޓެވެ.
އެ ދެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނި ގޮތުގައި، އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މާފުއްޓާއި ގުޅިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު އެ ސާމާނުތައް ސައިޓުގައި މޯބަލައިޒްކޮށްފައި ވެ އެވެ.
މާފުށީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 31 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 64 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އަދި 160 މީޓަރުގެ ކޮންކްރިޓް ދެ ޖެޓީ ހެދުމާއި ބަނދަރާއި ބޭރު ތޮށި ގުޅާލުމަށް ކޮންކްރިޓް ބްރިޖެއް ވެސް ހަދާނެ އެވެ.
މާފުށީގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ
ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 76.5 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާ އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެއް އަހަރާއި ދެމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއަށް 89.6 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމެރިކާ
13 April 2023
މަސްސަލައަކީ ދިވެހިން ގަމާރީ.
ޥަހީސް
13 April 2023
ޙެއްލެނީ
ބޮޑުމީހާ
12 April 2023
އިންތިހާބަށް ކަނޑަ ޖެހުމުގައި މައުމޫނުގެ ލެގަސީ އިބޫސޯލިހު މިވަނީ މުގުރާލާފަ. އިބޫ ސޯލިހު ތި ބަރު ހަތިޔާރު ހިފައިގެން އަމީނީ މަގަށް އަރަންވީނުން
އޮނަރަބްލް އަފީފު ދީދީ
12 April 2023
ޤާނޫނު ހަދައިގެން ކަމުގައިވިޔަސް އިންތިޙާބުތަކާއި ދިމާކޮށް ސަރުކާރުން "ކުއްލިއަކަށް ހިންގާ" މިފަދަ މަޝްރޫއުތައް ނުހިންގޭނެގޮތް ހެދުމަކީ ވަރަށް މުހިންމުކަމެއް. # އަދި މަޖިލީހުން މިފަދަ ޤާނޫނެއް ހަދާއިރު އެ ޤާނޫނުގެ ނަމަކަށް ނުވަތަ ޤާނޫނުގެ ތަފްސީލް ދެމުން ނޫންނަމަ ނުސިޔާރު މަޝްރޫޢު ތަކަކީ ކޮބައިކަން ބހނެދިނުމަށް "ކޮމަންޑޫ ތަރައްޤީ" މިބަސް ބޭނުން ކުރުން ވަރަށް ރަނގަޅު. އެއީ މިދެންނެވި ފަދަ ތަރައްޤީއަކީ ކޮބައިކަން މިހާރު ގިނަދިވެހިންނަށް އިގޭނެތީ.
ކާޅޭ
12 April 2023
މިފެނިގެންދަނީ ޤައުމުގެ ރައީސް އޭކިޔާމީހާގެ ކޮރަޕްޝަން ހައްދުން ނައްޓާފަ ހުރިވަރު. ދެން އެހެންމީހުންގެ ވާހަކަބާއްވަމާ. ވޯޓުން ތަޅާބޭރުކުރަން ޖެހިފަހުރި މީހެއް. ހަމަ އަނެއް ކޮމަންޑޫ މިފެންނަނީ.
އޮނަރަބްލް އަފީފު ދީދީ
12 April 2023
މިތަނުގައިއޮތް 30 އަހަރުގެ "ރަސްކަމެއްފަދަ" ވެރިކަންބަދަލުކުރުމަށާއި، މަލްޓިޕާޓީ ޑެމޮކްރަޓިކްވެރިކަމެއްގެންނާން މަރަށް ފުރާނައަށްބެލުމެއްނެތި ދިވެހިންވީ ޤުރުބާނީ ހަދާނުގައިބަހައްޓައި މިފަދަ ޖަރީމާ ހުއްޓުވަން މަޖިލީހުން ތެދުވާންޖެހޭ. # ސަރުކާރުހިންގާން ހުންނަމީހާ ކަމުގައިވިޔަސް އިންތިޙާބުތަކަށް ނުޙައްޤު އެއްވެސް އަސަރެއްކުރާނެ ހަމަ އެއްވެސްކަމެއް ކުރުމަކަށް މިދައުލަތުގެ ޤާނޫނުއަސާސީ ޖާގަދީފައި ނުވޭ. މިކަންކަމަކީ ޙިޔާނާތެއް މިކަން ހުއްޓުވަންޖެހޭނެ.
ދަތުރު
12 April 2023
މިގައުމުގައި މުއައްސަސާތަކުގެ ބޭނުމެއްނެތެވެ. އަދި އެތަނުގެ ވެރީންނަށް ލާންޖެހޭނީ ގްރޭޑް 7 ގެ ފެންވަރު ވެސް ރަގަޅެވެ. ރަގަޅަށް ކިޔަވާފައި ތިބޭ މީހުން ދަހިވެތިކަން މާ ބޮޑުވެފައި ވައްކަން ވެސް ގިނައެވެ. މިއަދުމިފަދަ މުއައްސަސާ ތަކުގައިތިބި މީހުން އެތިބީ މަގާމަށްޓަކައި ބިރުން އެއްޗެއްކޭ ބުނަންވެސް ނުކެރިފައެވެ. އިންތިޚާބައި ކައިރިވީމާ މުޅި ސަރުކާރުގެ ޕްރޮޖެކްޓަށް އޮއްސާލަނީ ވޯޓަށް ނުފޫޒް ފޯރުވާށެވެ. މީތޯ ވޯޓު ހޮވާގޮތަކީ ޑިމޮކްރަސީގެ އުސޫލުތަކަކީއެވެ
ކޮމެންޓޭ1
12 April 2023
ދެން އެންމެންވެސް ބަލަންވީ ދައުރު މެދު ތެރޭން މެމްބަރަށް ގޮތެއްވޭތޯތާ
ބޮސްގެ ބޮސް
12 April 2023
އިބޫ އަށް ޒީރޯ ޓޮލަރަންސް...ވޯޓުން ތަޅާ ބަލި ކުރާނީ...
ބޫސްޓޭ
12 April 2023
ގުޅި، ގުރައިދޫ، މާފުށި ރައްޔިތުން ވިސްނަންވީ ސަރުކާރު ކެންޑިޑޭޓަށް ނޫނެކޭބުނެ، ސަރުކާރުގެ ތެދުވެރިކަން ތަޖުރިބާކޮށްލަން
އަގަލު ކުޑަ
12 April 2023
އެއްވެސް ހަމައެއް އިންސާފެއް ނެތް އިންޚާބެއް ބޭއްވުމުގެ ބޭނުމަކީ ކޮބާ؟