ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވާ ކުރަނގިތަކެއް: މި ފަދަ ދޫނި ހިފުމަކީ ގާނޫނު ދަށުން މަނާކަމެއް-- ފޮޓޯ/ މޯލްޑިވްސް ބަޔޯޑައިވާސިޓީ
23 ޖެނުއަރީ 2017 - 13:56
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން މ. މުލީގައި ހަ މީހަކު، ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަރަމެންޓް މިނިސްޓްރީން ބުނީ ހިމާޔަތްކޮށްފައިވާ އަށް ދޫންޏެއް ހިފައި، އެތަކެތި ބަންދުކޮށްގެން ގެންގުޅުނު ހަތަރު މީހަކު މިދިޔަ ބުރާސްފަތި ދުވަހު 96،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ރަށުގައި އިތުރު ދޫނިތަކެއް ގެންގުޅެގެން ދެ މީހަކު 60،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންމެ ފުރަތަމަ މީހަކު ޖޫރިމަނާ ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރަތަފަ އާއި ކިރު އިލޮޅި އާއި ދުށިމެ އާއި ބަކަމޫނު ފަދަ ދޫނިތަކެއް ގެންގުޅެގެން ބ. ދޮންފަނު މީހާ ޖޫރިމަނާ ކުރީ ދެ ލައްކަ ރުފިޔާއިންނެވެ.
އޭރު އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ ދޫނި ހިފާ މީހުންނާ ދެކޮޅަށް ތަކުރާރުކޮށް ގިނަ އިންޒާރުތަކެއް ދިން ނަމަވެސް އެކަން ހުއްޓާ ނުލި ކަމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ މި ކުރީ ދޫނި ހިފުން އާދަޔާ ހިލާފަށް ގިނަ ވެފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަން މީގެ ސަބަބުން، ދޫނި ހިފުން ހުއްޓުވޭނެ ކަމަށް،" ނައީމް އޭރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އިބްރާހީމް. ޕީޕީ އެމް
23 January 2017
ބަޖެޓަށް ލާރި ހޯދުން. 2018 ގެ ކެމްޕޭނަށް ރެޑީ.
ރައްޔިތުންހައިހޫނުކަންމަތީ
23 January 2017
ހިމާޔަތް ކޮށްފަ ތިބީ އޭތިން އިށީނދެލާނެ ދޮންވެލި ފިނޮޅެ ވަރުވެސް ނެތް މި ފަހަކަށް އައިސް ފަޅުރަށްތަކަށް ދާނދެން ވިއްކާ ހުސްވީ
މެސީ
23 January 2017
ވަރަށް ހެއްވާ ކޮށް ކުރާ ކަމެއްމީ. އައިން މަތީ ދޫނި ކަހަލަ ރާއްޖޭޖަ އާލާވާ ދޫންޏެއް ހިފައިގެން ޖޫރިމަނާ ކުރިއަސް މައްސަލަ އެއް ނެތް. އެހެން ނަމަވެސް ހިޖުރަ ކުރާ ދޫންޏަކީ ރާއްޖޭގަ އެއްވެސް ވަރަކަށް އާލާވާ އެއްޗެއް ނޫން. އަނެއްކާ އެ ދޫނި އައި ތަނަކަށް އަނބުރާ ދެވޭ އެއްޗެސް ވެސް ނޫން އެއީކީ. ދެން މީހުން ހިތްހަމަ ޖައްސާލަން ހިފައިގެން އެ އެއްޗެހި އޮޅުކޮށްގެން ގެންގުޅުން އެއީ މައްސަލަ އެއްކަމަށް މަށެއް ނުދެކެން.
ދޫނި
23 January 2017
ބަޖެޓަށް ލަރި ހޯދާނެ އިތުރު ވަސީލަތެއް
މާބުރު
23 January 2017
ކޮން ނަމެއްކިޔާ ދީނިތަކެއްތޯ އެއީ: އަޖައިބެއްކަހަލަ މޮޅު ޤާނޫނެއް ގެ ދަށުން ހުރާ ޙުކުމް ތަކެއްތާދޯ// ކޮބައިތޯ ތިއެއް ޙިމާޔައްކުރުމަކީ. ބުނާބަހެއްފިޔަވައި ތިޔަ ޙިމާޔަތް ކޮންތާކުތޯ ކާކުތޯދޭނީ. އެތަކެތި ބިސް އަޅާ އާލާވަނެ ބިމެއް ރަށެއް ފިނޮޅެއް މިދިވެހިރާއްޖެއަކު ނެތް. އެއީ ބޭރުތަންތަނުން ބެހިގެން އަންނަ ތަކެތި. މިޤައުމުގައި އެތަކެއްޗަށް ޙިމަޔަތެއް ލިބޭނީ ހިފައިގެން ގެންގުޅެ ކާއެތިކޮޅެއް އެމީހަކު ދިނީވިއްޔާ. އެހެންނޫނީ ހަމަ ޤައުމު ދޫކޮށް ގެއްލިގެން ދާނީ. ތިޔައެކެ ދޮންދޫނި ތަކެކޭ ވަނީ ހަމަ އެއްވަރު.
ލޫލޫ
23 January 2017
އިސްލާމް ދީނުގައި ދޫނި ގެންގުޅުމަކީ މަނާކަމެއްނޫން އަދި ހަރާމް ކަމެއްވެސް ނޫން... ކިތައްމެ ވަރަކަށް ތިދޫ ތައް ހިފާމީހުން ޖުރި މައިނާކުރި އަސް ތިދޫނި ތަކެއް ރާއްޖޭގައި ނުތިބޭނެ... އަދި އާލާވެސް ނުވާނެ .. ތިޔަ ދޫނިތައް ﷲ ސްބުހާނަހޫ ވަތައާލާ ލައްވާފައި ވަނީ އަހަރެމެންނައްޓައި.. މީހުން ބޮޑެތި ޖުރިމައިނާ ކުރުމަކަށްނޫން ... ރާއްޖޭގެ މިއޮތް ދިގު ތާރީޚަށް ބެލިޔަށް ގޮޑުދޮށް އެންމެ ދޫންނެއްވެސް ރާއްޖެ އަކަށް ބިސް އަޅާފަކާ ނުހުންނާނެވެ. އައިންމަތީ ދޫނި ހިމާޔަށް ކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިމާޔަތް ކުރިއަށް ރަގަޅު ...މިފަހަރު ތިޔަދޫނިތަކުގެ ސަބަބުން އެއަރޕޯޓް ތަކުން ކިތައް އެކުސިޑެންޓް ހިގާފަވޭތޯ ބެލިންތަ؟
ހަސަނާ
23 January 2017
އިސްލާމް ދީނުގައި ދިރޭ ތަކެއްޗައް އަޅާލުމަށް އަންގާފައިވޭ.. އިންސާނުންނަށް ސިނކުޑި ދެއްވައި ތަފާތުކުރެއްވީ ކަންކަމާމެދު ވިސްނައި ފިކުރުކޮށް.. އިންސާނުންގެ ދިރާސާތަކުންނާއި ވިސްނުމުން މިތަކެއްޗައް އިންސާނުންކުރާ ގީނާގެ ސަބަބުން ނެތިދާނެ ކަމުގެ ބިރުހީވަންޏާ އެކަމާ ވިސަނއި ފިޔަވަޅު އެޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗައް ލާޒިމުކައެއް.
އަޒާ
23 January 2017
މިކަހަލަ ބޯގަޅިން އުޅޭތީއޭ މައްސަލައަކީ.. އަދި އެވެސް ތާކުން ތާކު ނުޖެހޭ..
އުދުހޭ
23 January 2017
އިންސާނެއްގެ މަރުގެދިޔައަށްވުރެ 4 ދޫނީގެ ޖޫރިމަނާ ބޮޑީތޯ؟؟؟؟