ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ހަސަން ކުރުސީގެ މައްސަލަ ފުލުހަށް ހުށަހަޅައިފި--ފޮޓޯ: މިހާރު
18 އެޕްރީލް 2023 - 12:10
"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ މައްސަލަ ބަލައިދިނުމަށް އެދި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ނަޝީދު އިއްޔެ ފުލުހުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތައް އޮޅުންތަކެއް އަރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށެވެ.
އެހެންކަމުން އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައިދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓުން އަންނަނީ ވަކިވަކި އެމްޑީޕީގެ މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ފާޑުކިޔައި ފުރައްސާރަކުރަމުންނެވެ. އަދި ނަޝީދުގެ "ފިކުރެއްގެ ދިރުން" ޕްރޮމޯޓުކޮށް އެ ފެކްޝަނާ ހިޔާލު ތަފާތު މީހުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެ އެކައުންޓުން އަޑުއުފުލަ އެވެ.
ހަސަން ކުރުސީގެ ޓުވީޓާ އެކައުންޓުގެ ފަހަތުގައި ހުންނެވީ ނަޝީދު ކަމަށް ވެސް އެމްޑީޕީގެ އިސް ބޭފުޅުންނާއި ބައެއް އެހެން މީހުން ވެސް ތުހުމަތު ކުރެ އެވެ. އަދި އެ އެކައުންޓަކީ ނަޝީދާއި އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް ގެންގުޅޭ އެކައުންޓެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ނަމަވެސް އެމްޑީޕީގެ ވަކިވަކި މެންބަރުންނަށް ވެސް އަމާޒުވާ ގޮތަށް އެ އެކައުންޓުން ކުރަމުން އަންނަ ޓުވީޓުތަކުގެ ސަބަބުން ނަޝީދަށް ގެއްލުންވާ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާން
20 April 2023
މޮޔަމީހަކު ފުރަތަމަބުނަނީ އެހެންމީހުން ނަފްސާނީ ބަޔެކޯ·
ކޮތަޅު އިބްރާހީމް
19 April 2023
ރައްޔިތުންގެ ކުރިމަތީ ބަތްކައްކާ ކުޅޭ މީހަކަށް ވީމަ ވާނެ 6 އެތި ވަނީ
އަލިފުޅު3
19 April 2023
މީނާގެ ކޮންމެވެސް ވާހަކައެއް ފޮޓޯ އާއެކު ނޫސް ތަކުގެ ފްރަންޓް ޕޭޖުގަ ހަމަ ޖަހަންޖެހޭ؟ މީނާ ގެ ސިޔާސީ ހަޔާތް އަދިވެސް ނުނިމޭ؟ އަޖާއިބު ހީވޭ. މީ މިހާރު އެއްވެސް މީހެއް ނޫނޭ!
20000
19 April 2023
ކުރިއަކުން ނޭގޭ ސިޔާސީ މަރުމޯލުން އުޅޭ ކަމެއް.
ކިލިޔަން
19 April 2023
ޑްރާމާ ކިންގް
ކުމާރުބޭ
18 April 2023
ތީ ވޯޓު ވާހަކަ އޮއްބާލަން ޖެއްސި ސްޓަންޓް އެއް
އިހުސާން
18 April 2023
ކޮންމެމީހަކުނަމަވެސް ރާއްޖޭގައި ދެންވެރިކަންކުރެވޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައްކޮށްދީގެން· މި ސަގާފަތް 2008 އިން ފެށިގެން ކެނޑިނޭޅި ތައާރަފްކޮށްދިންމީހަކީ ހަމައެކަނި ގ·ކެނެރީގެ މުހައްމަދު ނަޝީދު ނޫން ދެވަނަ މީހެއްނޫން· ރައީސް ނަޝީދުގެ ބަޔެއް ސިޔާސަތްތަކަށް އަޅުގަނޑަށް ތާއިދުނުކުރެވުނަސް ރައްޔިތުންނަށާއި ގައުމުދެކެ އިންތިހާއަށް ލޯބިވާ ބޭފުޅެއް އެއީ·
ގެލެކްސީ
19 April 2023
ނަފްސާނީ ފަރުވާއަކަށް ލަފާދެން. ހިތްހެޔޮ ކަމުގެ އަދި ގައުމުދެކެ ލޯބިވާކަމުގެ އަލާމާތްތަކެއް ނޫން ފެނިގެން ދިޔައީއެއް. ހަރުދަނާކަމެއް އިންސާފުވެރި ތެދުވެރިކަމުގެ ސިފައެއް ނުފެނޭ. ލީޑަރެއްގެ ލެވެލްއާ ގުޅޭ މަންފާހުރި ކަމެއްވެސް ކޮށްދެވިފައެއް ނެތް. ލައްކަގިނަ ކުޅިމަޖަލާ ކައިރިކަން ގިނަ ބަޔަކާ ހިއްސާކުރާ ހުރިހާ ގިިންތިއަކާ ގޮތްބޮޑުނުކޮށް މުއާމަލާތްކުރާ ހެލިފެލި މުރާލި މީހެއް. އެއުކުޅުން އެކަށޭނަ ނޫން ބޮޑެތި ޒިންމާތަކާ ހަވާލުވެ ގައުމަށް ގެއްލުންދީފި.
ހުހިހުއްސަށް
20 April 2023
އެހެންވެ ލެޕްޓޮޕަކުން ފެށި ވެރިކަން އަމިއްލަ ޚަރަދަށް 50 މިލިޔަން ޚަރަދުކޮށް، ދެތަނުން މުސާރަ ނަގާ، ގައުމުގެ އިޖުތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށް ހެދީ. ކަލޯ ރައްޔިތުންގެ ޓެގު އަޅުވައިގެން އަމިއްލަ އެދުން ހާސިލުކުރުން ނޫންކަމެއް ނުކުރޭ! ދެން ކުރާކަމަކީ ފިތުނައުފެއްދުން. މިއީ ރައްޔިތުންދެކެ ލޯބިން ކުރާކަމަކީ.
އަލީރާޖާ
18 April 2023
ރާޑިވީ އުތަ؟
ެއިގިއްޖެ
18 April 2023
ހަސަންކުރުސީ އަކީ އަލަމް ގިރި.
އަސްތާ
18 April 2023
މިއޮތް ހުރިހާ ދުވަހު ކީއްވެބާ އަޅާނުލާ އެހުރީ..
އޭރު
19 April 2023
ގެއްލުން ނުވާތީ!!