ކުރީ އަހަރެއްގެ އަލިބޭ ޓްރޭނިން ކޭމްޕްގައި ބައިވެރިވި ކުދިން ކޯޗުންނާ އެކު.-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
20 އެޕްރީލް 2023 - 12:11
ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުން އިންތިޒާމް ކުރާ އަލިބޭ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ ކުދިން ތުރުކީއަށް ފުރަން ތައްޔާރު ވެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އަލިބޭ ޓްރެއިނިން ކޭމްޕް ކުރިއަށް ދާނީ މެއި މަހުގެ 3-10 އަށް ތުރުކީގެ އަންޓަލްޔާގަ އެވެ.
މި ކޭމްޕަކީ 2017 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާއި އަލިބޭ މޯލްޑިވްސް އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫ އެއްގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި އަހަރުގެ ކޭމްޕަކީ މި ހަރަކާތުގެ ދަށުން އަލިބޭ މޯލްޑިވްސްގެ ހަރަދުގައި ކުރިއަށް ގެންދާ މީގެ ފަސްވަނަ ކޭމްޕެވެ.
"ތުރުކީގެ އަންތަލިޔާގައި އޮންނަ ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމަށް މި ޓްރެއިނިން ކޭމްޕް ސްޕޮންސާ ކުރުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އަލިބޭ މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވި އެވެ.
މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ ޖޫނިއާ ޓެނިސް ކުޅުންތެރިންގެ ފެންވަރު މަތިކޮށް، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު 12 ކުޅުންތެރިން ތުރުކީއަށް ފޮނުވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދި
21 April 2023
ތިޔައީ މިހާރުވެސް ކުޅޭކުދިންދޯ؟
މިލްކުވެރިކަން
22 April 2023
4 ކޯޓުގެ މިލްކުވެރިން ކުޅެއުޅެނީ.
ކުރީޒަމާން
20 April 2023
މިހާރުގެ ކުދިންގެ ފޮޓޯއެއްނެތްދޯ؟