ހޯޑެއްދޫ: އެ ރަށް ވަނީ ފެނަށް ޖެހިފަ. ފެން ފޯރުކޮށް ދިނުމަށް އެދި ކައުންސިލުން ވަނީ ހުޅުވާލާފަ
20 އެޕްރީލް 2023 - 13:39
ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ.
ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ، މި ރޯދަމަހުގެ ކުރިން އެ ރަށް ފެނަށް ޖެހި، ފެން ފޯރުކޮށް ދިނުމަށް އެދި މިދިޔަ މަހު 26 ވަނަ ދުވަހު ފެނަކައިގައި އެދިފައި ވާނެ ކަމަށެވެ.
އެ ރަށުގެ ގޭގޭގައި އާންމު ފެންތާނގިތަކުން ފެން ހުސްވުމުން ދެން ބޭނުން ކުރީ ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި ވާރޭ ފެން ސްޓޯރޭޖްގައި ހުރި ފެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޯދަ މަހު ކުރީކޮޅު އެ ސްޓޯރޭޖުން ވެސް ފެން ހުސްވެއްޖެ،" ވިރާޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ފަހުން ކައްކަން ބޭނުން ކުރީ މިސްކިތު ވަޅުން ފެން ނަގައިގެން ކަމަށެވެ. އަދި ބައެއް ގޭގެއިން މިނަރަލް ވޯޓާ ފެން ބޯން ބޭނުން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ހުރިހާ އެންމެންނަށް މިނަރަލް ވޯޓާ ގަނެގެން ބޭނުމެއް ނުކުރެވޭނެ ދެއްތޯ. މިނަރަލް ވޯޓާ ގަނެގެން ބޭނުން ކުރި ގޭގެއިން ބޯފެން ނުލިބޭ ބައެއް ގޭގެއަށް ބޯނެ ފެން ދިން،" އޭނާ ވިދާޅުވި އެވެ.
ބޯ ފެން ފޯރުކޮށް ދޭން އެދި ހޯޑެއްދޫ ކައުންސިލުން އާންމު ކުރި އިއުލާން
އޭނާ ވިދާޅުވީ އެންމެ ބޮޑު ދަތި ކަމެއް ކުރިމަތި ވަނީ ބޯން ބޭނުން ކުރާ ފެން ލިބުމުގައި ކަމަށެވެ.
"މި ރަށުގައި ވެސް އާންމުކޮށް ބޯން ބޭނުން ކުރަނީ ވާރޭ ފެން. ނޫނީ މިނަރަލް ވޯޓާ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން އާންމުކޮށް މި ހުޅުވާލީ މި ރަށަށް ބޯން ބޭނުން ކުރާ ފެން ފޯރުކޮށް ދިނުމަށް އެދި."
ވިރާޝް ވިދާޅުވީ މިއަދު ފެނަކައިން ފެން ފޯރުކޮށް ދޭނެ ކަމަށް ބުނާ ކަމަށެވެ. އެ ކުންފުނިން ފެން ފޯރުކޮށް ދިނުން ލަސްވެފައި ވުމުން، ހޯނޑެއްދޫ ހިމެނޭ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"ހޯނޑެއްދޫ އޮތީ ބޯފެނަށް ޖެހިފައި. މާޗް މަހުން ފެށިގެން ސަރުކާރުގައި އަދި ފެނަކައިގައި ބޯފެނަށް އެދި ކައުންސިލުން ދެންނެވުމުން (ސައީދު) ދިނީ ބީރު ކަންފަތެއް،" ޓްވިޓާގައި ފިރުޝާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑްރާމާ
21 April 2023
ހުސް ޑްރާމާ
ނާޝިދު ކައުންސިލް ރައީސް
21 April 2023
ފެނަށް ޖެހުން ހުއްޓުވުމަށް ކަޅުހަން ރަށުގައި ގިނަ ކުރުމުގެ މަޝްރޫއެއް ހިންގަބަލަ އަހަރުމެން ގެމަނަފުށީ ކައުންސިލުން ހިންގިހެން. ބޭނުން ނަމަ އެޕްރޮޖެކްޓުގެ ޑޮކިއުމަންޓްްސްތައް ދީފާނަން.
ހާއިބްރީ
20 April 2023
އެކަމަކު މާދަމާވެސް ބަޖެޓްގަ ހިމަނައިދޭން އެދޭނީ ފުޓްސަލް ދަނޑެއް، ނޫނީ މަންޑި ކުޅޭ ކޯޓަކަށް. މީ ރާއްޖޭ ގިނަ ރަށްރަށުގެ ހާލަތު. އަހަރެމެން އެބަޖެހޭ އަސާސީ ކަންކަމަށް އިސްކަންދޭން ދަސްކުރަން.
ެެއެމް.ޑީ ސަޢީދު
20 April 2023
ފެނަކައިން ބޯފެން ފޯރުކޮށްދިނުމަށް ދައުލަތުގެ އެެއްވެސް މުވައްސަސާ އަކާ އެއްކޮށް މިހާރު އެއްބަސްވުމެއް ނެތް. އެއީ ސަރުކާރުގެ ޒިންމާއެއް. އެންވައިރުމަންޓް މިނިސްޓްރީގެ ޒިންމާއެއް. ކުންފުނީގެ ދަރަނި 3 ބިލިއަން އަށް އަރައިފި. ދަރަނި އަދާކޮށްފައިދޯ ފެން އެޅޭނި. ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އިނދަޖެހިއްޖެ. ސަރުކާރުގައި އެދި އެދި ފައިސާއެއް ދެނީއެއް ނޫން. އައިސް ޕްލާންޓްތަކުންވެސް އިންތިހާއަށް ގެއްލުން. އަޅުގަނޑު ބޯހަލާކު.
އައިސްޕްލާންޓު
22 April 2023
4 މުވައްޒަފުން ލައިގެން ހިންގޭނެ ތަންތަން 50 މުވައްޒަފުން ލައިގެން ހިންގާނަމަ ދަރަނިވެެރިވާނެ
އައްޔަ ބޮޑޭ
20 April 2023
އަދިވެސް ރައްޔިތުމީހާ އަތުން ލާރިފޮއްޗެތް ނެގޭނެ ގޮތެއްއޮތްތޯބަލާ.ރައްޔިތުމީހާ އަތުގަ ފެންފޮދު ގަނެގެން ބޯލެވެން ނެތްހާލުގަ ވެސް ކޮތަޅަކުން 2 ރުފިޔާ ގޯންޏަކުން 3 ރުފިޔާ ވެސްނެގޭނެ ގޮތެއް އޮތްތޯ އަދިވެސްބަލާ,
ބަސް
20 April 2023
"މިނަރަލް ވޯޓާ ފެން "
ބަސް
20 April 2023
"މިނަރަލް ވޯޓާ ފެން "
ބަބޫ
20 April 2023
ފެނަކައަށް އެދުނީ ބޯފެން ފޯރުކޮށްދިނުމަށް. އޭގެ މާނައަކީ ފެނަކަ ހެޔޮނިޔަތުގަ އަމިއްލަޔަށް ކޮށްދޭ ކަމެކޭ. ދާއިރާގެ ހުރި ތަންދޮރު ނުދަންނަ މެމްބަރު ފާޑވިދާޅުވުން ވަނީ ޖޯކަކަށް
ލުބްލު
20 April 2023
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ކޮބައިބާ؟!
އޮނަރަބްލް އަފީފު ދީދީ
20 April 2023
މިވާހަކަ ދައްކާތީ މުޤައްދަސް ރަށްކޮޅުގެ ބިންވެރިން ކިތަންމެ ރުޅިއައިކަމުގައިވިޔަސް ދައުލަތުގެ ޙަޒާނާއަކީ ހަމައެކަނި ތިރަށުމީހުންގެ މިލްކެއްކަމުގައި ނުވާތީ އަހަރުމެން މިވާހަމަ މިގޮތަށް ދައްކަނީ. # ރާއްޖޭގެ އެތަށްރަށެއްގެ ރައްޔިތުނަށް ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތްނުދީ ހުޅުމާލޭގައި ހިކިފަސްތާ 6 ބްރިޖް އަޅާން 80 މިލިޔަން ޑޮލަރު ޙަރަދުކޮށްފައިވޭ. ސެލްފީ ނެގުމަށާއި ކަންދެއްކުމަށް އިސްރާފުނުކޮށް އަސާސީ ހިދުމަތް ޤާއިމް ކުރުން މާރަނގަޅު ވާނެ ނޫންތޯ.