އަލްހާން ފަހުމީ -- ފައިލް ފޮޓޯ: މިހާރު
26 އެޕްރީލް 2023 - 13:29
ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ކިންގްސް ކެޕިޓަލް [ފޮރެކްސް]ގެ އެއް ހިއްސާދާރު އަލްހާން ފަހުމީ މަރާލި މީހަކަށް 200،000ރ. ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު އިނާމެއް ހުށަހަޅައިފި އެވެ.
ހިންގަނީ ކޮން ބައެއްކަން ނޭނގޭ ޓެލެގްރާމް ގުރޫޕެއްގައި ބުނެފައި ވަނީ އަލްހާން މަރާލި މީހަކަށް 200،000ރ. ދޭން ތައްޔާރު ކަމަށާއި އެކަމާ އެ ގްރޫޕްގެ އެޑްމިން އަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ ބަލައިދިނުމަށް، އަލްހާން ވަނީ ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާންގެ ކިބައިން ވެސް އެދިފަ އެވެ.
ވަރަށް ގިނަ ބަޔެއްގެ އަތުން ފައިސާ ނަގައިގެން، އަލްހާން ވަނީ ފޮރެކްސް ސްކީމްތަކެއް ހިންގައިފަ އެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން 1،864 މީހެއްގެ އަތުން އޭނާ 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެކަމަކު، އެއީ ރާއްޖޭގެ ގާނޫނުތައް ހުއްދަ ނުކުރާ ކަމެއްކަމަށް ވާތީ، ކަމާ ބެހޭ އިދާރާތަކުން އެކަން މަނާކުރުމާ ގުޅިގެން، އެ ފައިސާ އިންވެސްޓަރުންނަށް ދިނުމަށް އޭނާ ވަނީ ނުކުޅެދިފަ އެވެ. އެ ސްކީމް އޭނާ ހުއްޓާލަން މަޖުބޫރުވީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. އެ ފައިސާ އަނބުރާ ނުލިބިގެން އޭނާ އަށް ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާ ކަމަށް އަލްހާން ވެސް ވަނީ ބުނެފަ އެވެ.
ފޭދޫ ދާއިރާގެ މެމްބަރު ކަމުގައި ހުއްޓާ އޭނާ އަށް ފެބްރުއަރީ 2014 ގައި ވަނީ ބަޔަކު ގޮސް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމް ވެސް ކޮށްލައިފަ އެވެ. އެ ހަމަލާގެ ސަބަބުން އޭނާގެ މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން އޭނާގެ ވާތު ފައިގެ ވާގި ނެތުނެވެ.
ކިންގްސް ކެޕިޓަލް އިން ވަނީ ހަމަ އޭގެ ސްކީމެއް ހިންގަން މީގެ މަހެއްހާ ދުވަސްކުރިން އިއުލާންކޮށް ޕެކޭޖްތަކެއް ވެސް ހަދައިފަ އެވެ. އެކަމަކު، ފަހުން އެ ސްކީމް ވަނީ އަނެއްކާ ވެސް ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިމާ
28 April 2023
98 މިލިޔަން ދިވެހިން އަތުގަ މަޖާ ކުރަން އެބަހުރި...
އަންދަލޫސިޔާ
27 April 2023
ރާއްޖޭގައި އެންމެ ބޮޑު ވައްކަމެއް ކުރީ ޔާމީނު.
ޢަލްބޭބޭ
27 April 2023
މީނާ ސްޓެލްކޯގެ މަގާމަކަށް ސަރުތު ހަމަވޭ.
ސަޅި
27 April 2023
ފުރަތަމަ މި ސިޔާސީ މީހުންގެ އަވައިގަ ނުޖެހުންނަމަ ރަނގަޅެއްނު؟ ބަލަ ގައުމު އޮތް ގޮތް.
އަސްލު މީހާމީ
26 April 2023
މިކަހަލަ ސަރުކާރެއް އޮތީމަ މިކަހަލަ ކިތަންމެ ކަމެެއް ހިގާނެ
ކްރޫސް
26 April 2023
އަލްހާނު މަރަން ގޮވާލުމަށްވުރެ ފައިސާގެ ދަހިވެތިކަމުގަ ތަނެއްދޮރެއް ނުބަލާ އަލްހާނުގެ ކެހިވެރި މަޅީގަޖެހުނު ޖެހުން މަށަށް ގޯސް. މީހަކު ހަމަހުރެފަ ބުނެލާއިރަށް ތިމާ ލައިިގެން ހުންނަ ހެދުންގަނޑުވެސް ބާލާފަ ދޭވަރުގެ މޮޔައިން އަލްހާނު މަރަން ގޮވާލާނީ ބޮލުރޮދި ކެނޑިފަ ހުރީމަ...
ރޮދި
27 April 2023
ބަލަ އަލްހާނު ޖެހޭތަ މަކަރާއި ހީލަތް ހަދައިގެން ލާރި ނަގަން މީހުން އަތުން ، އޭނާގެ ނިތްކުރީގަ ނެތް ވަގެކޭ ޖަހާފަ ހުރިނަމަ ލާރި އެއް ނުދޭނަން
އަނީ
26 April 2023
އަލްހާން މަރާލަން އުޅޭ މީހާ އެކަން ނުކުރާނެމަތިން އެއަށްވުރެ ގިނައިން ދޭން އަލްހާން ހުށަހަޅާބަލަ.
ސަޅިފޮޓޯ
26 April 2023
ތިޔަ ފޮޓޯގައި އަލްހާން ބޮލުގަ އާދަޔާ ހިލާފު ސްޓައިލެއްގެ ތާޖެއް އެޅިފަ އެ އިންނަނީ.
މަގޭބުނީ
27 April 2023
އެއީ ކިންގް އަލްހާން. ރަސްގެފާނުގެ ތާޖު އެއީ.
ގަނަ ތެޅުވުން
26 April 2023
ތިޔަ ހުރިހާ ވާހަކައެއް ދައްކާއިރު، މިހާރު އަލްހާނު ކުރި ވިޔަފާރިން އޭނަ އަތުގައި ހުރި ވަރެއްވެސް ރައިޔިތުންނަށް ސާފު ކޮށްލަ ދީބަލަ. އެތައް ބައެއްގެ ފައިސާ އެކައުންޓުގައި ހުންނަން ޖެހޭއިރު ހުރިވަރެއް އެނގުނީމަ ނޫންތަ ރައްޔިތަކަށް ކަމެއް ކޮށްސެވުނު ކަމަކީ. ޢެއީ ސިއްރު ކުރަން ޖެހޭނެ މައުލޫމާތެއްވެސް ނޫން. އަމިއްލަ މުދަލެއްވެސް ނޫންވިއްޔަ.
ފުލް ސެކިއިރިޓީ އަލްހާނަށް މިހާރުން މިހާރަށްދީ
26 April 2023
ފުރިހަމާ ބާރާއެކު ފުލުހުންނާއި ސިފައިން އަލްހާނަށް ސެކިރެޓީދޭން ދެންޖެހޭނީ. އޭނާއަތުން ދެން އޭނާގެ ސެކިއުރިޓީންނަށް ކިރާ ހަރަދުވެސް ކުރާކަށްނުޖެހޭނެ.. މުޅި ސަރުކާރު މިއޮތީ އަލްހާންގެ އަޅަކަށްވެފަ. އަހަރުމެން މިހެން ފެލިގެލި ތިބޭނީ ލާރޮކޮޅުކޮބާހޭ ކިޔާފަ