29 އެޕްރީލް 2023 - 09:32
މިނިއާޕޮލިސް (އޭޕްރީލް 29) - އެމެރިކާގެ ބޮޑު ސިޓީއެއްގައި ލައުްޑްސްޕީކަރު މެދުވެރިކޮށް، ބަންގި ގޮވުމުގެ ހުއްދަ ދީފި އެވެ.
މިދިޔަ ރޯދަމަހު، މިނިއާޕޮލިސްގެ ސިޓީ ކައުންސިލްގެ މެމްބަރުން ނިންމީ، އެ ސިޓީގެ މިސްކިތްތަކުގައި ފަސް ވަގުތުގައި ވެސް ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުމުގެ ހުއްދަ ދިނުމަށެވެ. އެއީ އެމެރިކާގެ މައި ސިޓީއެއްގައި އެ ކަމަށް ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
އަޑުހަރުކޮށް ބަންގި ގޮވުމުގެ ހުއްދަ މިދިޔަ އަހަރު ވެސް އެ ކައުންސިލުން ދިނެވެ. އެކަމަކު އޭރު އޮތީ ހެނދުނު 7 އިން ރޭގަނޑު 10 އަކާ ދެމެދު އެކަނި ލައުޑްސްޕީކަރު ބޭނުން ކުރެވޭ ގޮތަށެވެ. އެހެންވެ، ފަތިސް ނަމާދާއި އިޝާނަމާދު އަޑުގަދަކުރާ އިން ގޮވުމުގެ ހުއްދައެއް މީގެ ކުރިން ދީފައެއް ނުވެ އެވެ.
ސިޓީ ކައުންސިލް މެމްބަރުންގެ އިއްތިފާގުން ފާސްކުރި އާ ނިންމުމާ އެކު އެކަން ބަދަލުވާނެ އެވެ. އެމެރިކާގެ މުސްލިމް ގުޅުންތަކާ ބެހޭ ޖަމިއްޔާގެ މިނިއާޕޮލިސް ގޮފީގެ ފަރާތުން ވަނީ ސިޓީ ކައުންސިލްގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
"ނަމޫނާ ދެއްކީތީ ސިޓީ ކައުންސިލްގެ މެންބަރުންނަށް އަހަރެމެން ޝުކުރު އަދާކުރަން. އެހެން ސިޓީތަކުގެ ކައުންސިލްތަކަށް ވެސް އަހަރެމެން އިލްތިމާސް ކުރަން މި ނަމޫނާ ބަލައިގަތުމަށް،" އެމެރިކާގެ މުސްލިމު ރިލޭޝަން މިނިއާޕޮލިސްގެ ޑައިރެކްޓަރު ޖައިލާނީ ހުސައިން ވިދާޅުވި އެވެ.
އެ ސިޓީގެ މިސްކިތެއް ކަމަށްވާ "ނޫރު މިސްކިތުގެ" އިމާމު މުހައްމަދު ޑުކްލީ ވިދާޅުވީ، މިނިއާޕޮލިސް އަކީ މިހާރު އެންމެންގެ ސިޓީއެއް ކަމަށެވެ.
މީގެ 35 ވަރަކަށް އަހަރު ކުރިން ފެށިގެން މިނިއާޕޮލިސްގައި މުސްލިމުންގެ އާބަދީ އަންނަނީ ބޮޑު ވަމުންނެވެ. އެގޮތުން 1990 އިން ފެށިގެން ހިޖުރަކުރާ މީހުން އިތުރުވުމުން މުސްލިމުންގެ އާބަދީ ބޮޑުވަމުން ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައި22
30 April 2023
ތިކަމާ 'އިލްމުވެރިން' ކީކޭބާ ބުނަނީ. އިސްލާމްދީން ނައްތާލަން ހުޅަނގުން ރާވައިގެން ކުރާ ކަމެކޭވެސް ބުނެފާނެ.
ހެހެސް
29 April 2023
ރާއްޖޭގައި މިހާރު މަނާކުރަމުންދާ ކަމެއް ތީ…
ތައްޓޭ
29 April 2023
މަނާކޮށްގެން ލައުޑު ސްޕީކަރުން ބަންގި ނުގޮވާ މިސްކިތެއްގެ ނަން ހާމަނުކުރީ ކީއްވެ؟ މުޖުތަމަޢުގައި ފިތުނަ އުފެއްދުމަކީ ތިމާއަށް ކުރެވޭ ކިހާވަރެއްގެ ކަމެއްކަން އިގޭބާ؟؟؟؟
ދަމަނަ
29 April 2023
ލައުޑް ސްޕީކަރުން ބަންގި ގޮވާއިރު ހަޅޭލަވާގޮތަށް ބަންގި ގޮވުމުގެ ބަދަލުގަ މީހުން ބަންގީގެ އަޑުއަހާ ހިތްވާ ކަހަލަ މަޑުމަތިރި ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ ރާގަކަށް ބަންގި ގޮވުމުން އިސްލާމްދީނާ މެދު މީހުން ދެކޭގޮތްވެސް ބަދަލުވޭ.
އަހަންމަ
30 April 2023
ތިކަން ކުރާނެބައެއް މިތާންގަ އެބައުޅޭތަ.. މިސްކިތްތަކުގައި ޤުރުއާނުގެ މަޚްރަޖުން ރަނގަޅަކިޔަވަން ނޭންގޭމީހުން ލައިގެން އެކަން އެކުރަނީ ސަރުކާރުތަކުން ނޫންތަ.. އެކަން ރަނގަޅުކުރަން ޖެހޭނީސަރުކާރުގެ ތެރެއިން އެކަމަށް އޮންނަ އޮނިގަނޑު އިޞްލާޙުކޮށްގެން.. ސަރުކާރުތަކުން މިސްކިތްތައް ޙަވާލުކޮށްފައިތިބޭ މުދިމުންގެ ފެންވަރުބަލާ ނުލާކަން ވަރަށް ރަނގަޅަށް އެނގޭނެ ހުޅުމާލޭ ސަހަރާމިސްކިތުގެ ޖަމާޢަތުގައި ބައިވެރިވެލީމަ.. ވަރަށްވެދުން