އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތް ދައްކަން ޖެހޭ ނިސާބު އަނެއްކާވެސް ވަނީ އިތުރުވެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 މެއި 2023 - 18:11
މި އަހަރު ދެވަނަ ފަހަރަށް މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55ރ. ކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
މުދަލު ޒަކާތުގެ ނިސާބު އިތުރުވި ކަމަށް މިދިޔަ ޖެނުއަރީ މަހުގައި ވެސް މިނިސްޓްރީން އިއުލާންކުރި އެވެ. އެއީ 7،062.65ރ. އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 5،777.45ރ. އެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ. އެއީ އެންމެ ފަހުގެ ފަގީރުން ލިސްޓާ އަޅާބަލާއިރު 2،000 މީހުން މަދު އަދަދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
03 May 2023
ދިވެހި ފައިސާގެ އަގު ދަށް ވާ ވަރަކަށް ތިޔަ ނިޞާބު މަތިވާނެ. ނިކަން އެމް.އެމް.އޭ އިން މައުލޫމާތު ސާފުކޮށްލައި، ނިޞާބު މަތިވަމުންދާ ސަބަބު ހޯދާލަބަލަ. ޚަބަރެއް ކަމަށް ވާނީ އޭރުން ދޯ. އެހެން ނޫނީ ނޫސްވެރިކަމުގެ ބޭނުމެއް ކޮބާ؟ ނިޞާބު މަތިވުމުގެ ސަބަބުން ޒަކާތުގެ ބެހެނެވެރިންނަށް އޭގެން ކުރާނެ އަސަރާ އެެއްޗެހި ބުނެދިނީމާ، ހިތަށް އަސަރެއް ކުރާ، ޒަކާތް ނެރުން ވާޖިބުވެ ހުރެމެ، ޒަކާތް ނުނެރެ ހުރި މީހާގެ ހިތަށް ރަހުމެއް ވަދެ ޒަކާތް ނެރެފާނެ ވެސް ތޯއްޗެއް.
ޙަގީގީ ފަގީރުމީހާ
03 May 2023
"އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ. އެއީ އެންމެ ފަހުގެ ފަގީރުން ލިސްޓާ އަޅާބަލާއިރު 2،000 މީހުން މަދު އަދަދެކެވެ" އެހެންނުންވާނީ ފަގީރުންގެ ލިސްޓްގައި ޖައްސަން މިހާރު އެކުރަންޖެހޭ މަސައްކަތްތަކަކީ ޞައްޙަ ފަގީރު ނިކަމެތިމީހަކަށް ވެވޭވަރުގެ ކަމެއްނޫނެވެ. އެކަންވެސް ކުރެވޭނީ ހުރިހާކަމަކާއި ވަޞީލަތެއް ފުރިހަމަވެފައިތިބި ފަގީރުންގެ ނަމުގައިތިބި މުއްސަނދިންނަށެވެ.
ބިންބި
03 May 2023
މި ލާރި ވެސް ދަނީ ފަންޑަކައް. ފަގީރުން ނަކައް ނުލިބޭ. ދެން ފަންޑުން ސޮކޮލަރޝިޕްގަ ބޭރައް ކިޔަވަން ފޮނުވަނީ ބޮޑުންގެ ދަރިން. މީހަކައް މިލިޔަަނެއް ޖެހުނަސް ބަހަން ޖެހޭނީ އެއްކޮއް ފަގީރުން ނަށް. ކޮން ފަންޑެއް ހަދާކައް ވައްކަން ކުރަން