އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތުގެ ނިޞާބް މިހާރު ވަނީ އިތުރުވެފައި -- ފައިލް ފޮޓޯ: މިހާރު
31 ޖެނުއަރީ 2023 - 19:28
މުދަލު ޒަކާތުގެ ނިސާބު 7،062.65ރ. އަށް އިތުރުވެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން މުދަލުގެ ޒަކާތުގެ ނިސާބަކީ 5،777.45ރ. ނަމަވެސް މި މަހުން ފެށިގެން އެ އަދަދު 7،062.65ރ. އަށް އިތުރުވެފައިވާ ކަމަށެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.
ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ. އެއީ އެންމެ ފަހުގެ ފަގީރުން ލިސްޓާ އަޅާބަލާއިރު 2،000 މީހުން މަދު އަދަދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
01 February 2023
ނިސާބު އިތުރުވިކަން ނަސީބު. ޖަމަލުގެ ނިސްބަތުން ނިސާބަކީ ކޮބާ؟ އަހުރެން ޒަކާތް ނެރެން ބޭނުމީ ޖަމަލުން.
އެކުރީ
01 February 2023
ޖީއެސްޓީ ބޮޑުކުރި ގޮތަށް ދައުލަތުގެ ހަރަދުތައް ނުހިންގިގެން ބޮޑުކޮށްލީއޭ ބުނިނަމަ މާ ރަގަޅުވީސް. ދައުލަތަކަށް ނުކަތާވަރަށް ވަޒީފާތައް އުފައްދައިގެން ބަހައިގެން އެ އެންމެންނަށް ދޭންވީ މުސާރަ އެބަ ހަމަޖައްސަންޖެހޭ ވެރިކަން ބާއްވަން. ކުރީ އަހަރު 92 މިލިއަން ރުފިޔާ ލިބިގެން ހެދި ގޮތެއް އެނގޭ މީހަކުވެސް ނޫޅޭނެ.
އަބްޑޫޅް
01 February 2023
އޭ ބަލަ، ޖަމީލުބޭގެ ތައުލީމުއްދިޔާނާ 3 ވަނަ ބައި ނުކިޔަވަނީތަ؟ ނިސާބު ބޮޑުކުރީމަ ފައިދާވަނީ ދައުލަތަކަށް ނޫނޭ. ޒަކާތް ނެރޭ މީހާއަށް. މިހާރު ދީނިއްޔާތު ކިޔަވާދޭ އެދުރުންވެސް ހަމަ ތިޔަހާ ގަމާރު.
އިޙްސާސް..
01 February 2023
މީރާ އަށް ނޫނަސް މުދަލުގެ ޒަކާތް ދެއްކޭނެ.
ދަރަނިވެރޔާ
01 February 2023
މުދަލު ޒަކާތް ދަރަނިވެރިން ދައްކާކަށް ނޯވޭ. ގައުމުވަނީ ޑެފިސިޓްވެ ދަރާފައި. އެހެންކަމުން އެންމެހާ ރައްޔިތުންނަކީ ދަރަނިވެރިން.
އުސްމާން
31 January 2023
ތިފައިސާ އަށް ކުރަނީ ކޮންކަމެއްތަ؟ ދެފުށެއްނުފެނޭ ،
ޖުޖު
31 January 2023
ޒަކާތުގެ ނިސާބަކީ ސަރުކާރު ސިވިލް ސާވަންޓުން ތަކެއްގެ މުސާރައަށް ވުރެ ބޮޑު އެއްޗަކަށް މިއޮތީ ވެފަ. އަދި ކޮބާތޯ، މިހެން މިކަން އޮތް އިރު މަޖުލިސް މެންބަރުންނާ ސިޔާސީ ހާހަކަށް ވުރެ ގިނަ މީހުންނަށް ކަމެއް ނުކޮށް ތިބެން ރައްޔިތުންގެ ޓެކުހުން މިދޭ ފައިސާ ދޭން ރުހިގެން ސިޔާސީ މީހިން ލައްވާ އަޑަކަށް ނަށަންތިބި ދިވެހި ރައްޔިތުންނަށް ހަމަ މީ ހައްގު މިންވަރު ކަމަށް ގަބޫލު ކުރެވޭ
ވާނުވާ ދަރި
31 January 2023
ޅިޔެފައިވާ އެއްޗަކާއި ނިސާބާއި، މުދަލު ޒަކާތަކީ ކޯއްޗެއްކަން ނޭގި އަދިވެސް ކޮމެންޓް ކުރަނީ ރަށު ތެރެއިން އެހެން ކަމަކާ އުޅެބަލަ މުސާރައޭ ނުކިޔާ.
ޝެއިހް
31 January 2023
ވާނުވާ ނޭނގި ކޮމެންޓް ނުކޮށްބަލަ، ނިސާބަކީ އެ އަދަދަށް އަހަރުނިމެންދެން (ޖުމްލަ 1 އަހަރު) ޖުޖު ގެ އަތުގައި އެފައިސާ ބޭނުންނުކޮށް ހުރިނަމަ އެ އަދަދުން 40 ބައިކުޅަ އެއްބައި ދޭން ޖެހޭ އެއްޗެއް. މާނައަކީ 7062.65 ސޭވިންގް ގައި ހުރި ކޮންމެ މީހަކުވެސް ނުވަތަ ރައްކާކޮށްފައި ހުރި ފައިސާއިން އެއަދަދުކުން ކޮންމެ 7062.65 ރުފިޔާއަކުން ވެސް 40 ބައިކުޅަ 1 ބައި ދައްކަން ޖެހޭ ވާހަކަ