09 މެއި 2023 - 09:43
ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކުރުމާ އެކު އިއްޔެ ކުރިމަތިވި ޓެކްނިކަލް މައްސަލަތަކުގައި އެފްލިކޭޝަނަށް ނުވަދެވޭ މައްސަލަ ހައްލު ނުވެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އާ އަޕްޑޭޓް ލިބުމުން ބޭންކިން އެޕްލިކޭޝަނުން އަމިއްލައަށް ލޮގްއަޓްވާނެ އެވެ. އަޕްޑޭޓް ލިބޭނީ އަލުން ލޮގިންވުމުން ކަމަށް ވިޔަސް ވަރަށް ގިނަ މީހުންނަށް ޔޫސާ ނޭމް އާއި ޕާސްވޯޑް ހަނދާން ނެތި ނުބައިކޮށް ޕާސްވޯޑް ޖެހުމުން އެކައުންޓް ލޮކްވެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ޔޫޒާނޭމާއި ޕާސްވާޑް ހަނދާން ނެތުމުން، ބައެއް މީހުންނަށް އެކައުންޓަށް ވަނުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައްސަލަ ހައްލުވާނެ ވަކި އިރެއް ނުބުނެ އެވެ.
Hello @bankofmaldives, after your update I’m not able to log in to BML mobile app or internet banking?
— Ahmed Aifan (@AhmedAifan) May 8, 2023
ބީއެމްއެލްގެ އެޕްލިކޭޝަން ބޭނުން ނުކުރެވޭތީ މީހަކު ކޮށްފައިވާ ޓްވީޓެއް
ގިނަ ބަޔަކަށް މި މައްސަލަ ދިމާވެ ބީއެމްއެލް އިންޓަނެޓް ބޭންކިންއަށް ނުވެދޭތީ މިހާރު ވަނީ އޭޓީއެމްތަކަށް ވެސް ބާރު ބޮޑުވެފަ އެވެ. މި ދަތިކަމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކޮށް، އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ޓޫ ފެކްޓާ އޮތެންޓިކޭޝަންގެ އަޕްޑޭޓެއް ބީއެމްއެލް އިން ކަސްޓަމަރުންނަށް ފޮނުވަން ފެށީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެ އަޕްޑޭޓް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
@bankofmaldives my app is not working have tried to contact bank of Maldives .so disappointing what is this 24 hrs service
— Naan Moad (@naanuey) May 8, 2023
ބޭންކު މެދިވެރިކޮށް ހިނގާ މުއާމަލާތްތަކުގެ 90 ޕަސެންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ހިންގޭ މުއާމަލާތްތަކެވެ. ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް ކަސްޓަމަރުން މިހާރުވެސް އިންޓަނެޓް ބޭންކިން ބޭނުން ކުރެ އެވެ. އެހެންވެ، އިންޓަނެޓް ބޭންކިންއަށް މައްސަލައެއް ދިމާވެއްޖެ ނަމަ، އެތައް ބަޔަކަށް އޭގެ އުނދަގޫތައް ކުރިމަތިވާނެ އެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތަކެއް ދާދި ފަހުން ވަނީ ދިމާވެފަ އެވެ. އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ނަގާ މައްސަލަތައް ހައްލު ކުރުމަށް މީގެ ކުރިން ވެސް ބޭންކުން ވަނީ ސެކިއުރިޓީ އިތުރު ބަދަލުތައް ވެސް ގެނެސްފަ އެވެ.
މީގެ ކުރިން ބޭންކުން ވަނީ ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވައިލި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްލުމިހާރު
03 June 2023
މިހާރު ނޫހުގެ ސީއެސްއާރުގެ ދަށުން ވެއްޖެ އޭޓީއެމް ތަކުގެ ސްޓޭޓަސް އެނގޭނެ ނިޒާމެއް ތައާރަފް ކުރަން.
ހައްލަކީ އުމަރު
10 May 2023
އެޕްގެ ކޭޗް ކްލިއަރ ކުރުމަށް ފަހު އަލުން ލޮގިން ވުމުން މައްސަލަ މުޅީން ރަނގަޅުވޭ. ބީއެމްއެލް އިން މިގޮތަށް ލަފާދިން ނަމަ މިކަން ފަސޭހަވީސް. އެޕްގެ އެއްވެސް މައްސަލައެއް ނެތް.
އަބުދުބެއްޔާ
10 May 2023
ތިޔަ އެޕް އަޕްޑޭޓްކޮށްގެން މަވެސް މިއުޅެނީ، އަލުން ލޮގިންވެލީމަ ބަރާބަރު އެއްވެސް މަސްއަލައެއް ދިމަލެއްނުވޭ.
ތެދު ބެއްޔާ
10 May 2023
'ގުދުބެއްޔާ' ބުނަންތަ! ދެންވެސް ބޭންކުގެ އެޕް ހުޅުވާލާއިރު، ނަމްބަރ ކީޕެޑްގެ އެންމެ ތިރީގައި އިންނަ, ސުމެއްގެ ވައަތް ފަރާތުގައި އިންނާނެ އިނގިރޭސި އަކުރުން "ފޮގޮޓް" ޖަހާފައި! އެތަނަށް ފިއްތާލުމުން، ދެން ހަދަންޖެހޭގޮތް ކިޔައިދެމުން ކުރިޔަށް ދާނެ! ކިތަންމެ ވަރަކަށް އެޕް އަންއިންސްޓޯލްކޮށް އަދި އިންސްޓޯލް ކުރިޔަސް، ކުރިޔަކަށް ނުދާނެ އިންނާނީ ގާނަ ގާނާ! ބޭންކުގެ އެފްބީ ޕޭޖްގައި ވެސް އެބައިން އެވާހަކަ ކިޔާދީފައި! ދެން ވެސް "މަސް ނުބޭނުނީމާ ގޯސްކުރާނީ ކަނޑެއް ނޫން". ގުޑްލަކް!
ގުދުގުދާބެއްޔާ
09 May 2023
ޕާސްވޯޑްވެސް ޖެހޭނީ އެޕް ލޯޑުވެގެންތާ! އެނބުރި އެނބުރި ހުންނަނީ! ދުވަހަކުވެސް ވަދެވޭ ތަނެއް ނާދޭ! މަ އެޕާރޓްނަންޓްގެ ލޯންވެސް މިއުޅެނީ މިކަމަކާހުރެ ނުދެއްކިގެން! މިއީ ކިހާބޮޑުކަމެއް! މިހާރު ގަސްތު ކުރަނީ ބީއެމްއެލް ގެ އެޕް ޑީލީޓް ކޮއްލާފައި އަނެއްކާ އެޕްސްޓޯރ އަށް ގޮސް އަޅަން އޭރުން ތިޔަބުނާ އަޕްޑޭޓެއް އޮންނާނީ ވެފައިތާ!
އަބުދުބެއްޔާ
10 May 2023
ޕާސްވޯރޑް ހަނދާން ނެތުނީމަ ދެން ބޭންކް ގޯސްކުރަން ނޫޅެ ބަލަ
މަދު ލާރިކޮޅުގެ ވެރިޔާ
09 May 2023
ދިވެހި ބޭންކަށް ކިތަންމެ އެއްޗެއް ކިޔަސް، ހަގީގަތަކީ، މާލީގޮތުން ހުރިހާ ފެންވަރެއްގެ ބަޔަކަށް ހަމަ ހަމަ ކޮށް ހައިޓެކް ފަސޭހަތަށް ބޭނުންކޮށްގެން ޚިދުމަތްދޭ ބޭންކެއް އެ ބޭންކް ނޫނީ ރާއްޖެއަކު ނެތް! އަތޮޅުތެރޭގެ ހުރިހާ ބޮޑެތި ރަށްތަކެއްގައި ޚިދުމަތް ލިބޭ. ދެންހުރި ބޭންކްތަކުގެ ތެރޭން، ފުރަތަމަ ދަރުމަވަންތަ ސްކޫލް ކުރިމަތީގައި ހުންނަ ބޭންކަށް ޓީޓީއެއް ހަދަން ދޭބަލަ، އެހާ ތުރާ ވާނެ! "އިސްލާމިކް" ކިޔާފައި ކިތަންމެ ބޮޑު ފައިދާއެއްވެސް ނަގާފާނެ! ކޮމާޝަލް ދެ ބޭންކް އާއި ބީއޯސީ މުއްސަދިންނަށް ނޫނީ އެތަންތާގެ ޚިދުމަތަށް އަތެއް ނުފޯރާނެ! އާޓިފިޝަލް ބީޗްކުރިމަތީގައި ހުންނަބޭންކުން ޚިދުމަތް ދޭނީ ހައެއްކަ ދިވެހިންނާ، ހަމަ މުއްސަދިންނަށް! ވީމާ، އަތުގައި އޮންނަ ފޯނުން، މަދު ބަޔަކަށް ބޭންކިން ނުހިންގި، 2 ދުވަސް ވަރު ވިއެއްކަމަކު އެވަރަށް ފާޑުކިއުން ވާރތް ބާއެވެ.
ޔޫސަރ
09 May 2023
ބޭންކާ ދިމާލަށް ގިނަ ބަޔަކު އެއްޗެހިކިޔާރު، ފަސޭހައިން ލާރިކޮޅުކަހާލަނީއޭ ކިޔައިގެން ވެސް އެވަރު އަރުވާލަނީއެވެ! އެކަމަކު ހުރިހާ ފަހަރަކުހެން ވެސް ގޯސް ހެދިފައި ހުންނަނީ ފާޑުފާޑުގެ ލިންކަށް ފިއްތައިގެނާ، އެތަށްހާސް ރުފިޔާގެ އަގުބޮޑު ހަދިޔާގެ "ލަކީ ޑްރޯ" ހޯދަން ހަދައިގެންނެވެ. ދެން ސެކިޔުރިޓީ އާއެއްޗެހި ވަރުގަދަކުރީމާ ވެސް ގޯސްވަނީ ބޭންކް! މީރު، މިފަހަރުވެސް އެޕް އަޕްޑޭޓްކުރުމަށް ފަހުގައި "ފޮގޮޓް ޕާސްވޯޑު" އޮޕްޝަން ނަގައިގެން ކަންތައްކުރަންވީ ގޮތް ބޭންކުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކަށް ދަންދެން ބޭންކުން އައީ ޕަބްލިކް އެވެއަރ ކުރަމުންނެވެ! އެވަރުން ވެސް ޔޫސަރ ނޭމްއާ އެއްޗިހި ހަދާންނައްތާލާފައި 3 ފަހަރު ނުބައިކޮށް ޖަހައިގެން ލޮކްވީމާ، އޭގެ ޒިންމާ ވެސް ނަގަންޖެހެނީ ބޭންކޯލައެވެ! މީ ހެއްވާ ކަންކަން ދޯއެވެ!
ކަސްޓަމަރ
09 May 2023
ރެއިން ފެށިގެން މިހާރު އެޕް ބަރާބަރަށް މަސައްކަތްކުރޭ! ޓޫފެކްޓަރ އޯތެންޓިކޭޝަން ވަރަށް ސަޅި! ކުރިންވެއްޖިއްޔާ ކިތަންމެ ސިންޕަލް ޕާސްވޯޑެއް ޖެހިޔަސް އޯކޭ! މިހާރު އަލްފާ ނިއުމެރިކް އަދި ސްޕެޝިލް ކަރެއްޓަރ އާއެކު މަދުވެގެން 9 ޑިޖިޓް އިންނަންޖެހޭ! މިހާރު އިނިޝަލް ޕާސްވޯޑް އީ މެއިލްއަށް އަދި ޔޫސަރނޭމް ފޯނަށް! މިވެސް ރަނގަޅު ސެކިޔުރިޓީ ފީޗަރއެއް! މީގެ އިތުރުން ވަރަށް ގިނަ ކޮންޓްރޯލް ޔޫސަރއަށް ދިނުމުގެ އިތުރުން އަމިއްލައަށް ޓީޓީ ފޮނުވުން ކަހަލަ ކަންކަން ވެސް ކުރެވޭ! މިކަހަލަ ކަންކަންމީ ރާއްޖޭގައި ހޮންގާ އެއްވެސް ބޭންކަކުން މިފެންވަރަށް ނުދޭ ކަންކަން! އިކޮނޮމީ ބޫސްޓްކުރަން އެނގޭ ސަރުކާރެއް އައިސްފިނަމަ، ބީއެމްއެލް ވަރުގެ ސަޅި ބޭންކް މި ރީޖަންގައި ވެސް މަދުވާނެ! ބީއެމްއެލް ކީޕް އިޓް އަޕް!
މާރިޔޯ ޒަގަލޯރު
09 May 2023
ތީތި ކަޑައޭ ބޭންކު! ހައްލުވާނެ ދުވަހެއް ނޭނގެ! ލާރި ނުނެގޭ! ނުކައި ނުބޮއި ބަނޑަށް މި ހުންނަނީ! ފެގެއް ނުބޮވޭ!
ހާސަރު
09 May 2023
ބިލިއަނުން ފައިދާ ލިބޭ ބަޔަކު އަޅެވެއްޖެ ނޫންތަ ދުނިޔޭގައި ނަންހިގާ ރަގަޅު ބަޔަކު ލައްވާ ތިޔަބޭންކުގެ އައިޓީ ކަންތައް ހައްލު ކުރަން! ބޮޑުމުސާރަ ދީފަ ބޭރުމީހަކު މެނޭޖަރަކަށް ލިއަސް ނުފުދޭކަން ވެއްޖެ ނޫންތަ ގަބޫލް ކުރަން.