16 މެއި 2023 - 22:46
ރާއްޖޭގެ ދެކުނުން ޗާގޮސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އިލްމުވެރިންގެ ގުޅުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށް ތިން ކަމެއް ހުށަހަޅައިފި އެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ ރައީސާ އެކު، ރައީސް އޮފީހުގައި ބޭއްވި ދޮޅުގަޑިއރުގެ ބައްދަލުވުމުގައި ރާއްޖޭގެ ދެކުނުން އީއީޒެޑް ކަނޑައެޅި ގޮތާ މެދު އެ ގުޅުމުން ހޯދާ މައުލޫމާތުތައް އެއްކުރުމަށާއި އެ މައްސަލާގައި ކަންބޮޑުވާކަންކަން ހުށަހެޅި ކަމަށެވެ. އެ ކަމުގައި ސަރުކާރަށް ހުށަހަޅަން ޖެހޭ ސުވާލުތައް ވެސް ހުށަހެޅި ކަމަށް އެ ގުޅުމުން ބުންޏެވެ.
1- ޗާގޮސްގެ މައްސަލާގައި މޮރިޝަސްގެ ސަރުކާރަށް ރާއްޖެ އިން ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާ ކުރުން.
2- ރާއްޖޭ އީއީޒެޑް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ސަރަޙައްދާ މެދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅުން.
3- އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާ އެކު، އީއީޒެޑް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން އާންމުން ބަހުސަކަށް ދިއުން.
އިލްމުވެރިންގެ ގުޅުމުން އަންނަނީ ޗާގޮސްގެ މައްސަލާގައި މައުލޫމާތު ސާފުކުރުމަށް އެކި ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތައް ވެސް ހިމެނެ އެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޖަމާއަތް ތަމްސީލް ކުރެއްވި ބައެއް ބޭފުޅުން ރައީސް އޮފީހުގައި.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓޮލޮސް އިން މިދިޔަ މަހުގެ 28 ގައި ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
ނަމަވެސް އެ މައްސަލާގައި ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ ރާއްޖޭގެ ދެކުނުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ކުރިން ރާއްޖެ އިން ވަކާލާތު ކުރަމުން ދިޔަ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ.
އިޓްލޮސްގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ލީޑް ކުރެއްވި ގާނޫނީ ޓީމުން، ވަކާލާތު ކުރީ ރާއްޖެ އަށް އެންމެ ރަނގަޅު މަސްލަހަތުގައި ނޫން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
18 May 2023
ސައްޙައެއްވެސް ލިޔުމެއް ނުލިބޭނެއެވެ. މިހާރު އެކަމާގުޅޭ ފޭކްލިޔުން ތަށް ތައްޔާރުކުރުމަކީ ވެދާނެކަމެކެވެ. ފަހުން ފަހުން ގޮސްވެރިކަން ނިމޭހިސާބުންވެސް ތިކަމުގެ ލިޔުމެއް ހާސިލެއްނުވާނެއެވެ.
މުހިންމު
18 May 2023
ރައްޖެއަށް ލިބެން އޮތް ބޮޑު މިމެއް ގެއްލިއްޖެ. އެއީ ރައްޖޭގެ ބައެއް ކަމުގައި މެޕުންވެސް ފެނޭ.މޮރިށަސް އެއީ އެހެން ތަނެއް. ރާޖެއިން އެތަން ހޯދަން މަސައްކަތް ކުރަން ޖެހޭއިރު މިސަރުކާރުން އިސްވެ މަސައްކަތް ކުރީ އެތަން މޮރިޝަސް އަށް ދެވޭނެ ގޮތެއް ހޯދުމަށް. ޢެ ކީއްވެބާ؟
ބިތްޖެހި ޕްރޮފެސަރު
17 May 2023
ބަލަގަ މަމެން ސައިންސްވެރިން ގެ ގުޅުމުން އިއްބެ މޯހަން ސޮއްލެ އައް ތާއިދުކޮއް ބަހުސުގަ ބައިވެެރި ވާނަން. ކޮން އިރަކު ތަ
ދޯޕައްޓާ
17 May 2023
މާދަމާނޫންކަންނޭނގެ ބޯކޮށާމީހުންގެ ގުޅުމުން މޮރިސަސް މައްސަލަ ބަލަންފަށާނީ. ޓީޗަރުން އަދި އެއްޗެކޭނުބުނޭދޯ.
މުރުތަލޯ
17 May 2023
ކިޔަޔަން ހުރި އެއްޗެހި ގިނަކަމުން ހުއްޓާލީ މި!!!!
ހަންބޯ
17 May 2023
ހިނި އަންނަނީ. ޢިލްމުވެރިކަމުން ބައިނަލް އަޤުވާމީ ޤާނޫނެއް އެނގޭ ބައެއްހެނެއް ހިޔެއްނުވޭ. މިބައިގަނޑު. ރައީސްވެސް މިކަހަލަ ބަޔަކާ ބައްދަލު ކުރާނެ ކަމެއްނެތް. ޚަބަރަކަށް އަރާތޯ ރައީސް އޮފީހަށް ވަން ބަޔަކާ ވައްތަރީ.
މާސްޓަރ.
17 May 2023
މަށަށް ފެނޭ އުތުރު ފަރާތުންވެސް 200 މޭލު ރާއްޖެ އަށް ލިބެންޖެހޭނެކަމަށް ދަޢުވާ ކުރަން އޭރުން ފަހަރެއްގަ ސްރީލަންކާއިންވެސް ބައެއް ލިބިދާނެ. ހަމައެނި ދެކުނު ފަރާތަކުން ނޫންކަންނޭގެ 200 މޭލު ލިބެން ޖެހޭނީ.
ކަށިބޯއަލީ
17 May 2023
ތިޔައިނން އިލްމުވެރިއެއްގެ ވަނަވަރުހާމަކޮށްލަބަލަ. ކިތައްއިލްމީދިރާސާކޮށް ފޭޕަރު ޕަބްލިޝްކޮށްފައިވެބާ! ދިރާސާނުކޮށް ހަމައެކަނި ފޮތްކިޔާ މީހުންނަށް ކިޔާއުޅެނީ ދަރިވަރުން، އިލްމުވެރިންނެއްނޫން.
ސަމްސިއްޔާ
17 May 2023
އަލް ގާރީ ކޯސް 2 މުދިން ކޯސް 2 އިސްލާމް މުދައްރިސް 2
އަފްލާތޫނު
17 May 2023
ދީނީ ތައުލީމު ނުވަތަ އަރަބި ބަހުން ތައުލީމު ހާސިލް ކުރުމުން އިލްމުވެރިއަކަށްވުން އެއީ ކޮންތާކުން ނިންމައިގެން އުޅޭ ގޮތެއްބާ. ތި ޖަމިއްޔާއަށް އިލްމުވެރިންގެ ގުޅުމުކޭ ނުކިޔޭނެ. ކިޔަންޏާ ހުރިހާ ފަންނެއްގެވެސް އިލްމުވެރިން ހިމެނެންވާނެ.
ރަށުމީހާގެ
17 May 2023
އިލްމު ވެރިއަކަށް ވަނީ ތުނބުޅި ދިގުކުރީމަކަމަށް މި ބޭފުޅުން ދެކެވަޑައިގަންނަވަނީ. އެހެން ހުރިހާ އެންމެން ނަކީ ތަނެއް ދޮރެއް ނޭގޭ ޖާހިލުން ކަމަށް މިބައިމީ ހުން ޤަބޫލުކުރޭ. އިސްލާމްދީން ހަތިޔާރަކަށް ނަގައިގެން އަމިއްލަ ބޮޑާވެރިކަން ދައްކާ ބައެއް މިއީ.
ފޭކު ސޭކު ޒިޔާ ބުރޯ
17 May 2023
ބަލަ ބުރޯ އޭ މުދިން ކޯސް ދަސްވެނިމި ގްރެޖުއޭޓުނާ ގާރީން ސަލަވާތު ޕާޓީ