ދިރާގުގެ އެސިސްޓަންޓް މެނޭޖަރު މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން ފާތުމަތު ޖައިޝާން ހަމީދު(ކ) އާއި ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ(ވ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 މެއި 2023 - 12:39
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ ވިދާޅުވި ގޮތުގައި އީދަށް ނެރުނު ތިން ދުވަހުގެ 100 ޖީބީ ޕެކަކީ ކަސްޓަމަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ޕެކެވެ. އަދި 100 ޖީބީގެ ޕެކެއް ތިން ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބޭނުންވެ ވަރަށް ގިނަ ކަސްޓަމަރުން އެކަމަށް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ތައާރަފްކުރާ އޮފާތަކަކީ ކަސްޓަމަރުންގެ ރިކުއެސްޓުތައް އަޑުއެހުމަށް ފަހު ތައާރަފްކުރާ ޕެކްތަކެއް. ކަސްޓަމަރުންނަށް މިހާރު 20 ޖީބީ އަކީ މާ ބޮޑު އެއްޗަކަށް ނުވޭ. ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ސަބަބުން ބޮޑެތި ޑޭޓާ ޕެކުތަކެއް ކަސްޓަމަރުން ބޭނުން ވަނީ. މި ޕެކު ތއާރަފް މި ކުރީ އެހެންވެ." އިޝާނާ ވިދާޅުވި އެވެ.
މިއަދު ތައާރަފް ކުރި 100ޖީބީގެ ޕެކުތަކަކީ ފަސް ވެލިޑިޓީއެއްގެ ޕެކުތަކެކެވެ.
* 100ރ. އަށް ތިން ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް
* 225ރ. އަށް ހަތް ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް
* 400ރ. އަށް 14 ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް
* 550ރ. އަށް 21 ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް
* 750ރ. އަށް 30 ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް
ދިރާގުގެ އެސިސްޓަންޓް މެނޭޖަރު މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން ފާތުމަތު ޖައިޝާން ހަމީދު ވިދާޅުވީ 1100ޖީބީގެ ޕެކުތަކަކީ އިންޓަނެޓު ބޭނުންކުރާ ހުރިހާ ކަމަކަށް ބޭނުން ކުރެވޭނެ ޕެކުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން އާއްމުކޮށް ތައާރަފް ކުރަނީ ސްޓްރީމިން އަށް ހާއްސަ ނުވަތަ ސޯޝަލް މީޑިއާގެ ވަކި އެޕުތަކަކަށް ހާއްސަ ޑޭޓާ ޕެކުތަކެއް. އެކަމަކު މި ޕެކުތަކަކީ ހުރިހާ ސްޓްރީމިން ޕްލެޓްފޯމަކާއި، އެޕަކާއި ހުރިހާ ކަމަކަށް ވެސް ބޭނުން ކުރެވޭނެ ޑޭޓާ ޕެކްތަކެއް." ޖައިޝާން ވިދާޅުވި އެވެ.
ދިރާގު އެޕާއި އެސްއެމްއެސް މެދުވެރިކޮށް 100ޖީބީގެ ޑޭޓާ ޕެކުތައް މިހާރު އެކްޓިވޭޓު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
18 May 2023
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ. މީހަކު އަވަދި ވެދާނެ! 100ޖީބީ 3 ދުވަހަށް! 200ރ ހެހެހެ ދިރާގު ހީކުރީ ދިވެހިން ނަކީ ކަނޑުކޮހުން ކަމައްތަ؟
ސަސި
17 May 2023
ޔަގީން އަދި މިއަށްވުރެ އަގު ހެޔޮ ކުރެވޭނެ.
ދެ×ރ4ރ54
17 May 2023
100 ޖީބީ އެއް މިނެޓަށް 1 ރުފިޔާއަށް.. ވަކި އަގު ހެވެއް ނޫން. 100 ޖީބީ -ރ300- 500ރ އަށް ނަމަ ދެން ސަޅިވީސް//
ސަލީމު އިދުރީސް
17 May 2023
ޙަފުތާއަކު 100 ޖބ ބޭނުން ކުރައް ޖެހޭގޮތައް ތިއޮތީ އަގުހަދާފަ! ހަފުތާއަކު 100 ޖބ ބޭނުން ކުޜާމީހަކައް އެހެން ކަމެއްނުވާނެ ނެޓައް ފެވި ހިފާފަ ހުރި މީހަކައްވެސް ތިވަރު ބޭނުނުން ނުވާނެ
1828
17 May 2023
މިއީ ކިހިނެއް ހަދާފައިވާ ހިސާބެއް؟