"ނަޝީދަކީ ޕާޓީގެ ވަރަށް ގިނަ ބައެއްގެ ލޯބި އޮތް ބޭފުޅެއް. ފައްޔާޒް ވިދާޅުވީ ދެން ވެސް ފިޔަވަޅު އެޅުމަކީ ހަމަ ވަރަށް ދަތި ކަމެއް."
އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް މަޝްވަރާކުރުމަށް ފަހު ފައްޔާޒްއާ ސަލާމްކުރައްވާ އިރު ރައީސް އަރިހުގައި. -- ފޮޓޯ | މިހާރު
18 މެއި 2023 - 13:53
ޑިމޮކްރަސީގެ ރީތި ހަމަތަކަށް ވަކާލާތުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ރައީސަކަށް ހުންނެވި އެމްޑީޕީ "ފުނޑާލައި" މެމްބަރުން ވަކިކޮށް، އާ ޕާޓީއެއް އުފައްދަވާ އިރު ވެސް އެއްވެސް ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟
އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ގިނަ ނޫސްވެރިން ނެގީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވައި އޭގެ ފަހުން އިއްޔެ ހުރިހާ އިންތަކެއް ފަހަނާޅައި އާ ޕާޓީއެއް އިއުލާން ކުރެއްވި އިރު ވެސް ލީޑަޝިޕުން ހިމޭނުން ތިބި މައްސަލަ އެވެ. ތަކުރާރުކޮށް ނޫސްވެރިން ކުރި މި ސުވާލަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވީ އެއް ޖަވާބެކެވެ.
"ނަޝީދަކީ ޕާޓީގެ ރައީސަށް ވާތީި ފިޔަވަޅު އަޅަން ދައްޗެވެ."
ވަރަށް ސާފުކޮށް ދެންނެވިއްޖެ، ރައީސް ނަޝީދަކީ އަޅުގަނޑުމެންގެ ވަރަށް އިހުތިރާމް އޮތް ވަރަށް ލޯބި ލިބިފައިވާ މީހެއް، ހަމަ ރައީސް ނަޝީދު ވީމަ އެނގޭތޯ. ރައީސް ނަޝީދު ވީމަ ފިޔަވަޅު ނާޅަނީ. -- ފައްޔާޒް
އެމަނިކުފާނު ޕާޓީން ވަކިކުރުން ފަދަ އެއްވެސް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ލީޑަޝިޕާ ހިސާބުގައި އަދިވެސް ނެތް ކަމަށް ފައްޔާޒް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފައްޔާޒް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ނަޝީދަށް ދެން ވެސް ފިޔަވަޅެއް ނާޅުއްވާނެ ކަަމަށް.
އޭނާ ވިދާޅުވި ގޮތުގައި މިހާ ދުވަހު އެމްޑީޕީން އެއްވެސް ފިޔަވަޅެއް ނާޅާއި ކެތްތެރިކަން އިސްކުރީ ވެސް މުޅި ޕާޓީގެ މަސްލަހަތަށްޓަކަ އެވެ. ދެން ވެސް އިސްކުރާނީ އެ މަސްލަހަތު ކަމަށް ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދެންނެވިއްޖެ، ރައީސް ނަޝީދަކީ އަޅުގަނޑުމެންގެ ވަރަށް އިހުތިރާމް އޮތް ވަރަށް ލޯބި ލިބިފައިވާ މީހެއް، ހަމަ ރައީސް ނަޝީދު ވީމަ އެނގޭތޯ. ރައީސް ނަޝީދު ވީމަ ފިޔަވަޅު ނާޅަނީ،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގޮފިތަކެއް އުފެއްދުމުގެ ނަމުގައި ހަރަކާތެއް ފެއްޓެވި ނަޝީދު ފިޔަވައި އެ ފެކްޝަންގެ 12 މެންބަރުންހުރިހާ މެންބަރުން އިއްޔެ ވަނީ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފައްދަވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
އެ މެންބަރުން ޕާޓީން ވަކިވި ސިޓީތަކުގައި ސޮއި ކުރެއްވި އިރު އެމްޑީޕީގެ ރައީސް އެތަނުގައި އިންނަވައި ހިތްވަރު ދެއްވި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ފިކުރެއްގެ ދިރުން ނަމުގައި ޕާޓީއެއް އުފައްދަވާއިރު އެކަމުގައި އިސްކޮށް އުޅުއްވަނީ ނަޝީދު ކަމަށް އެ މެންބަރުން ވިދާޅުނުވި ނަމަވެސް ނަޝީދުގެ ލަފަޔާއި އިރުޝާދުގެ މަތިން ނޫނީ ސިޔާސީ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.
ނަޝީދުގެ ކުރިފުޅުމަތީގައި ޕާޓީން ވަކިވެވަޑައިގަތުމަށް އީވާ ސޮއިކުރައްވަނީ: މިކަމުގައި ނަޝީދަށް ސިޓީއެއް ފޮނުވަން ޕާޓީން ވަނީ ނިންމާފައި. -- ފޮޓޯ | ޓުވިޓާ
ފައްޔާޒް ވިދާޅުވީ ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން ވަކި ޕާޓީއެއް ހެއްދެވުމަކީ "ސަޕްރައިޒެއް" ނޫން ކަމަށެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ފިކުރެއްގެ ދިރުން ފޯމް ފުރަން ފެއްޓެވި ދުވަހު ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ މެންބަރުންނަށް އެ ވަގުތު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ނަމަވެސް ފައްޔާޒް ވިދާޅުވީ އޭނާ އިސްކުރެއްވީ ޕާޓީގެ މަސްލަހަތު ކަމަށެވެ.
"އިސްލާމީ އުސޫލުތަކުގެ ތެރެއިން މަސްލަހަތަށް އަޅުގަނޑުމެން ބޮޑަށް ބެލީ، ފިޔަވަޅު އަދިވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅާކަށް، އަޅުގަނޑުމެން ފިޔަވަޅެއް އަޅާނީ ބަޣާވާތަކަށް ގޮވާ ހިސާބުން. ނުވަތަ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ހިސާބުން،" ފައްޔާޒް ވިދާޅުވި އެވެ.
އަދިވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅާކަށް، އަޅުގަނޑުމެން ފިޔަވަޅެއް އަޅާނީ ބަޣާވާތަކަށް ގޮވާ ހިސާބުން -- ފައްޔާޒް
އެމްޑީޕީ އަށް ދިމާވީ ވަރަށް ދަތި އުނދަގޫ ހާލަތެއް ކަމަށާއި ޕާޓީގެ އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރަމުން ގެންދެވީ އެންމެ އިސް އެއް ބޭފުޅާ ކަމަށް ވިދާޅުވި އެވެ.
ނަޝީދަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެންކަމުން ނަޝީދާ ދޭތެރޭގައި ފިޔަވަޅު އަޅަން ވަރަށް ދަތި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމަކީ ފައްޔާޒް ޗެއާޕާސަންގެ މަގާމަށް ކެމްޕެއިން ކުރެއްވި އިރު ވެވަޑައިގަތް ވައުދެކެވެ. ނަމަވެސް ޕާޓީގެ ދެބަސްވުންތައް ބޮޑުވެ މެންބަރުންތައް ވަކިވުމަކީ ފައްޔާޒް ގަބޫލު ކުރައްވާ ގޮތުގައި އެ މަސައްކަތް ކުރުމުގައި އޭނާ ފެއިލް ވުމެވެ.
"ވަރަށް މަސައްކަތް ކުރެވުނު، އެކަމުގަ އަޅުގަނޑު ފެއިލް ވެއްޖެ. އެކެއް ނުކުރެވުނު އަޅުގަނޑަކަށް،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި ހިނގަމުން ދިޔައީ އެއް ނުވެވޭވަރުގެ ކަންތައްތަކެއް ކަމަށާއި ނަޝީދު ފަޅީގެ މެންބަރުން ސުލްހަވާން އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވައިގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ މަގަށް މަސައްކަތް ކުރައްވާތީ ދެ ބޭފުޅުން ސުލްހަ ކުރުމަކީ އެއީ ނުވާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މައްސަލައަކީ ވެރިކަމުގެ މައްސަލައެއް. ޕާޓީގެ އާންމު މެންބަރުން ވަކި ގޮތަކަށް ނިންމާފައި ރައީސް ސޯލިހު ވެސް އެކަމަށް ކުރިމަތިލާފައި ހުރި ހިނދެއްގައި އެހެން ބޭފުޅަކު އެކަން ބޭނުންވިޔަސް ޓިކެޓު ދޫކޮށްލަން ރައީސް ސޯލިހަށް ދެންނެވުން އަޅުގަނޑަކަށް ދަތި ކަމަކަށް ވޭ،" ފައްޔާޒް ވިދާޅުވި އެވެ.
"އެއްވާން އޮތީ އެންމެ ގޮތެއް އެއީ ނަޝީދަށް އަޅުގަނޑުމެން ޓިކެޓު ދީގެން. އެ ނޫން ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ފިޔަވަޅު އަޅަން އެމްޑީޕީން ބޭނުން ނުވި ނަމަވެސް އެ ޕާޓީން ވަކިވެފައިވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެ ޕާޓީގެ ޕީޖީން ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
21 May 2023
ތީކެނެރީގެ ސޮރު ނެގި ހުރިހާ އިންތިޚާބަކުން ފެއިލްވެފައިވަނީ.
މަރުމޯލުރާޖާ
20 May 2023
މިނަށްވުރެ ބޮޑާވީމާބޭރުކޮށްލީމަ ހުންނާނީރަނގަޅަށް
ސިލްމާ
20 May 2023
ގިރި ފެކްޝަން އެއުޅެނީ ކަޑަވެގެން. ދެން ވެރިކަމެއް ނުދޭނެ.
ހމހމކރ
19 May 2023
ވައްކަމާއިމެދު ކީރިތިރަސޫލާ ޙަދީސްކުރުއްވަވާފައިވަނީ ތިމަންގެ ފާތިމަތު ވައްކަންކޮށްފިނަމަވެސް އަތްކަނޑައިގަންނާނެކަމުގައި. ޕާޓީއެއްގަނަމަވެސް ކުށެއްކޮށްފިނަމަ، ޢަމުދުން އެބައެއްގެ ރަމްޒުކަމުގައި ހަމަހަމަ ތިލަފަތެއް ޚިޔާރުކޮށްގެންއުޅޭބައެއްގެ ތިފަދަނިންމުމެއް ބިނާވާންޖެހޭނީ ޕާޓީގެ އަސާސުތަކަށް. ކުށެއްގެޙުކުމް، ތަފާތު ކުރެވިގެނެއްނުވާނެ. ތިޔައީ މިޤައުމުގެ ހަލާކު. ބޮޑުންނަށް ވަކިގޮތް. ޖަލުގައިވެސް ރައީސް ޔާމީނަށް ވަކިގޮތްގޮތް. މިހިންވެގެންނުވާނެ.
ނިލިސް
19 May 2023
ޢަންނި އަކީ މިހާރު އޮއްސިފައިވާ ތަރިއެއް. ވަކިން ޚާްޞަކޮށް ޕްރައިމަރީން ބަލިވުމުން އުޅެމުންދާ ގޮތުން މަޤބޫލުކަން ދަނީ ދަށަށް ކަމަށް ބެލެވޭ.
ނާދީ
18 May 2023
ނަޝީދަކީ މާބޮޑު ފިކުރެއް ވިސްނުމެއް ގެންގުޅޭ މީހެއްނޫން. ނަޝީދުގެ ފިކުރުކު ފޯރާފައިވާ ދުރުމިނަށް ބަލާލާއިރު: 1-މަޖިލީހަށް ފުރަތަމަ ހޮނުފަހަރު ދައުރުގެ ވަކިހިސާބަކުން މެމްބަރުކަން ގެއްލި ޖަލަށް ދާންޖެހުން. 2-ރައީސުލް ޖުމުހޫރިޔާގެ މަގާމުން (ދައުރުގެ މެދުތެރެއިން) އިސްތުފާދިނުން. 3-އެމްޑީޕީ މެންބަރުން މަޖިލީސް ރައީސްކަން ދިނުމުން ސަރުކާރާއި އެމްޑީޕީއާއި ދެކޮޅުވެރިވުން. 4-އެންމެފައުން އަތުޖެހުނު ބައެއް ގޮވައިގެން އެމްޑީޕީއިން ވެސް ވަކިވެގެން ދިއުން
ވާދޫ މޯޑް
18 May 2023
ޕާޓީ ހަލާކުކޮށްލާ. ފައްޔާޒު މެންނަކަށް އަދި ތިޔަ ކަމެއް ނުކުރެވޭނެ. ތިޔައީ ދުވަސް ކޮޅެއްގެ ކަމެއް. އެމްޑީޕީ އަކީ މިހާރު ޕާޓީއެއް ނޫން.
ބޮޑުމީހާ
18 May 2023
އިންތައް ފަހަނައެޅީ ނަޝީދު ދޯ ސަރުކާރުންތޯ ދިރާސާ ކުރަންޖެހޭ. 2018 ގަ އެމްޑީޕީގެ މެނިފެސްޓޯއަކީ ކޮރަޕްޝަން ބަލައި ވައްކަންތަކަށް ޙައްގު އަދަބު ދިނުން. ދައުރު ނިމޭއިރު އަދީބު ގޭގަ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގި އެންމެން ދޫފެވަ، ނުވިތާކަށް މިސަރުކާރުން ކޮރަޕްޝަން އެހެން ލެވެލްއަކަށް ގެންގޮސް ދައުލަތް 102 ބިލިއަނުން ދަރުވާލާފަ މިއޮތީ. އަދި ބަދަލުގެ ގޮތުގައި ގާތްމީހުންނަށް ދިން އަދަދެއްވެސް ބަޔަކަށް ނޭގޭ.
އަމީތާބުތުއްތުދީދީ
18 May 2023
އެއްވެސްމީހަކު ތިމާއަކީ މާހިޔާލު ގިނަ މީހެއްކަމަށް ވިސްނިގެން ރައްޔިތުންނާ ބަގުޑިބައްދައިގެން ގިނަދުވަހު އުޅުމަކީ ތައުލީމީމީހުން މިހާ ގިނައިރު ރަނގަޅުކަމެއްނޫން. އެހެންވީމާ 10 ވަރަކަށްއަހަރު ސިޔާސީ ކަންކަމުގަ އުޅެވުނީމަ ދެން އެވީ ފަހާކޯހެއް ނުވަތަ ވަޑާމުގެ މަސައްކަތެއް ދަސްކޮށްގެން ރައްޔިތުންނާ ދުރަށްދާން، މިރަށު އާދަނާއި ތުއްތުދީދީއާއި ނަސީދާއި މިމީސްމީހުން ނެތަސް ގައުމު ހިނގާނެ ބަރާބަރަށް.
އަޒީޒާ
18 May 2023
ހެޔޮނުވާނެ ތިޔަ ނަޝީދުގެ ބަހަށް ހެއްލެން. އެއްފަހަރު ބޮނޑިދީފި. މިހަހަރު މިތިބީ ހޭލާ. ގައުމު ދަރަނިވެރިކޮށް ވިއްކާ ބަނގުރޫޓު ކުރުވާތަން ބަލާކަށް ނުވިބޭނަން