ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކޮމިޓީ ބައްދަލުވުމުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 މެއި 2023 - 15:25
އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތަށް 30 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ޗާގޮސްގެ މައްސަލަ ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ރިފްއަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވީ އިތުބާރު ނެތް މައްސަލަތަކުގައި މީގެ ކުރިން ވެސް އަމަލު ކުރާ ގޮތަށް މިނިސްޓަރަށް ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތެއް ދިނުމަށެވެ.
އެއީ ދެ ގަޑިއިރުގެ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓާއި މެދު ތެރެއިން 10 މިނިޓާއި ބަހުސް ނިންމާލުމުގެ ގޮތުން 30 މިނިޓެވެ.
ބާކީ އޮތް ދޮޅު ގަޑިއިރު އެ މައްސަލާގައި ބަހުސް ކުރައްވާނީ މެންބަރުންނެވެ.
ޣަނީގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ. އަދި ކޮމިޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްވި އެވެ.
މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތު އަށް ނޯޓިސް ފޮނުވައިފަ އެވެ. ގަވާއިދު ބުނާ ގޮތުން އެ މައްސަލާގައި ބަހުސް ފެށުމުގެ ކުރިން މިނިސްޓަރަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.
އޭޖީ ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ސަރުކާރާ އިދިކޮޅު 13 މެމްބަރެއްގެ ސޮޔާ އެކު މަޖިލިހުގެ އިދާރާ އަށް މިއަދު ހުށަހެޅި އެވެ. އެއީ ވެސް ޗާގޯސްގެ މައްސަލައިގަ އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލިސް
20 May 2023
ބައި ސިކުންތު ދީފަ ބޭރުކުރޭ
ފަތު
19 May 2023
މިޤައުމަށް އައި އެންމެ ނުބައި އޭޖީ. މުޅި ޖުޑިޝަރީ ހިސާރުކޮށް ފުނޑާލައިފި. ހަދަނީ ހަދާނެ އެއްޗެއް. މަމޮޅު ހުރިހާއެއްޗެއް ދަންނަ ކަލޭފާާނަށް ހެދިގެން އުޅެނީ. އެހާވަރަށް ލޯފާމް ޑީލްތައް ހަދާކަމަށް އަޑުއިވެނީ. އިބޫގެ އެންމެ ބޮޑު ފެއިލިއާއަކީ އޭޖީ، މާރިޔާ އަދި އިމްރާން. މިމީހުންގެ ސަބަބުން އެންމެ ތާއީދު ދަަށަށް ދަީ. އެހެންވީމާ މީނަ ހަމަ ކަނޑާ ވައްޓާލާ.
ހުސެންފުޅު
19 May 2023
"އެއީ ދެ ގަޑިއިރުގެ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓާއި މެދު ތެރެއިން 10 މިނިޓާއި ބަހުސް ނިންމާލުމުގެ ގޮތުން 30 މިނިޓެވެ." 10+10+30 ވީމަ ވަނީ 30 ތޯ؟
އަބްޑޫޅް
19 May 2023
ބައިގަޑިއިރު މާ ގިނަ. ބައި މިނެއްޓު ރަގަޅު.
މުންޖިޗޭ
18 May 2023
ތިވެސް ފޭކު، އިތުބާރުނެތް ކަމުގެ ވޯޓެއްނަގައި ކާމިޔާބު ލިބޭހާ މެންބަރުނެއް ނެތް، ފޫނެތް ފަޔަށް ފެންނުވަރައި އަދިވެސް ކަމެއް ކުރަންޏާ މިޖާހިލު ކަމުން މިންޖުވާން އެކައްޗެއް ކިޔަންވީ، ނޭއްގާނީކަން ޙައްދުން ނެއްޓުމުން ޒާތީ ފިކުރުތައް އެއްކިބާކޮށް ބޯކިބާ ބެހުމުގެ ވިސްނުން ދޫކޮށް އިޚްލާޞްތެރި ރައްޔިތަކަށްވާންވީ، ޕާޓީއަޅެއްގެ މަޤާމުން މިނިވަން ރައްޔިތަކަށްވެގެންނޫނީ މިންޖުވުމުގެ ކޮޅުމައްޗެއް ނުފެނޭ، ކޮންމެގޮތެއް ވަރިހަމަ ސިޔާސަތު ދޫކޮށް މަވާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
18 May 2023
ރާއްޖޭގެ ދުސްތޫރުގައި އޮތް ގޮތުގެމަތިން ބަންޑާރަނައިބު ވަޒީރުންގެ މަޖިލީހުގައި އިންނަވާތީ ރައީސުލް ޖުމްހޫރީއްޔާ އަށާއި މަޖިލިސް ގިނަ މެންބަރުންނަށްވެސް ހީފުޅުވެ ވަޑައިގަންނަވަނީކަން ނޭގެ "އެޓާނީ ޖެނެރަލް އަކީވެސް ވަޒީރެއް" ކަމަށް. # އެހެންކަމުން ޤާނޫނުހަދާ މަޖިލީހުން ކުރާންޖެހޭ އެންމެ މުހިންމު ކަމަކީ ޤާނޫނުއަސާސީއަށް އިސްލާޙް ގެނެސް ދައުލަތުގެ ބަންޑާރަ ނައިބަށް މިހާރަށްވުރެން ބޮޑަށް ޒިންމާނަގާން މަޖުބޫރުވާފަދަ ގޮތަކަށް އޭޖީގެ ޤާނޫނު ވުޖޫދުކުރުން.
އޮނަރަބްލް އަފީފު ދީދީ
18 May 2023
ވެރިކަންކުރާފަރާތުން ޤާނޫނުހަދާ މަޖިލީހުގެމައްޗަށް "ހައްދެއްނެތް މިންވަރަށް" ބާރާއި ނުފޫޒުފޯރުވާތީ، ވެރިކަންހިންގުމުގެ ބާރާއި، ޤާނޫނުހެދުމުގެބާރު އަދި އަދުލުއިންސާފު ޤާއިމްކުރުމުގެބާރު ނުވަތަ ދިވެހިން އާންމުކޮށްކިޔާއުޅޭ ވަކިވެފައިވާ 3 ބާރު މިހާރު ރާއްޖޭގައިނެތްކަމަށް ގިނަ ދިވެހިންޤަބޫލުކުރޭ. # ވެރިކަމުގައިހުންނެވިބޭޅާއަށް ކުރިން ޕާލަމެންޓަރީ ސިސްޓަމް ކަމުގޮސްފަ ވެރިކަން ލިބުނީމާ އެ ސިސްޓަމް ކަމުނުދަނީ މިފަދަ ސަކަރާތް ޖަހަން އެބޭޅާވެސް ބޭނުންވާތީ.
އަފީފާ ބީބީ
18 May 2023
ބަރުލަމާނީގަ އޮންނަނީ ކިތައް ބާރުތަ؟
ޙިނި
18 May 2023
ފައްޔާޒުވެސް ދައްކަނީ ދަތެއްގަ ރިއްސާވާހަކަ. ޙާސްކަންޑާލާ، ތިޔޮތީ 3 ބާރު އެމްޑީޕި އައް ސެއްލަޔައް ދީފަ ދަތްޕިލަ ރީތިކޮއް ބަހައްޓާތި ދަތް ހުރެގެން ކާށިވެސް ކެވޭނީ.