ފިލިތެޔޮ އައިލެންޑް ރިސޯޓު: މިއަދު ފުލުހުން ވަނީ އެ ރަށް ކައިރި ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި.--
18 މެއި 2023 - 19:57
ފ. ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ. ފުލުހުން ބުނީ އެ ތަކެތި ފެނުނީ ފިލިތެޔޮ ކައިރި އަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަތޮޅު ފުލުހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އަދި އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ނުވަތަ ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެެވެ.
ރާއްޖޭގެ ފަޅެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިދިޔަ އަހަރު ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހަ
21 May 2023
ދެން އަވަހަށް ބަހާ
މުޖުތާޒު
19 May 2023
އެވެދާނެ އިންތިހާބަށް ރަށްރަށުގެ އެބޭނުންނުކާކުދިނަްނަށް ބަހަން ފޮރުވާފަހުރިއެއްޗަކައް
ބޮޑުމީހާ
19 May 2023
މިއަދުވެސް ހުރިހާ ރައްޔިތުން ދިޔައީ ދިދަނަގަން. އެއޮތީ ހުރިހާ ކަމެއް ހައްލުވެފަ. މި ހަފްތާގަ އެކަނިވެސް ސިންގަޕޫރުގަ ޑްރަގް އެތެރެކުރި 2 މީހުން މަރަން ހުކުމްކޮށްފި. މިގައުމުގަ މިއުޅެނީ ކަންމަތީ ހުންނަ ފިހާރައިގަ އިންނަ ބިދޭސީ މީހާއިން ސަލާމަތްނުވެވިގެން، ރައްޔިތުން މިއުޅެނީ ސިޔާސީ ޗަރުކޭހުގަ، އެމީހުން ހީކުރަނީ ސިޔާސީ މީހުންގެ އަމިއްލަ ޖީބުން ދޭ ލާރިކަމަށް މީ
އިބްރ
19 May 2023
ދެދުވަސްވަންދެން މި ވާހަކަ ކުއްވެރިކުރީމާ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްވާނެއެވެ
ޑްރަގޭ
19 May 2023
މާލޭ ދެކުނުފަރާތު ފަޅުގަ އެހެރަ 2-3 އެޅި މަސް ލޯންޗްފަހަރު މީމު އަތޮޅަށްގޮސް ތި ތަންތަނުން މަސް ބާނައިގެން ނުގެންނާނެބާ؟
މޭބިސްކަދުރުވެޔޮ
19 May 2023
ދެންއިވޭނީ ތިތަކެތި ބަހައްޓާފަހުރިތަނުގައި ނެތްވާހަކަކަންނޭނގެ.
ކުޑަ-ކަތީބު
19 May 2023
ދައުރެއް ނިމެނީ. ހައްލުވީ ކޮންކަމެއްތޯ. އެންމެ ނުރައްކާ އެއް ވަބާ މީ. މަސްތުވާތަކެތީގެ މި ވަބާ އިހުނަށްވުރެ މި ދައުރުގައި މައްޗަށް ގޮސް، އިތުރު އައު ކަންކަންވެސް މި ދައުރުގައި ހިނގައިފި. ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ގެއްލުމާއި، އެތެރެކުރާ މީހުން ފުރުވާލުންފަދަ ނުރައްކާ އެތައް ކަމެއް. ދެވަނަ ދައުރެއް ދޭން ކީއްކުރަން. ހިނގަމުންދާ ދައުރުވެސް ފުރިހަމަކުރާނެ ކަމެއް ނެތް. މިހާރުން މިހާރަށް އިސްތިއުފާ.
ޕާޓޭކަތީބު
19 May 2023
ގޮތްކުޑަ ކަތީބު ތިބުނީ ރަގަޅަށް، އެހެން ދައުރުތަކުގަ މިވަރަކަށް މަސްތުވާ ތަކެތި އަތުލައެއްނުގަނެ. ދޫކޮއްލާފަ އޮންނަނީ އެތެރެކުރާނެ ވަރަކަށް އެތެރެކުރަންވީ. މިދައުރު މިދަނީ ވަރަށް ސަކަރާތްކޮށް މާ ގިނައިން އަތުލައިގަންނަނީ. ފެވަނަ ދައުރެއް ދޭވަރެއްނޫން.
ދިރާސ
19 May 2023
މަސްތުވާތަކެތި ސަޕްލައި މަދުކުރަން ހިފާފައި ހުރީ ޝާކިރު އެކަނި.ދެންތިބި އެންމެން ތިބީ ބޯމީހުން ރިހިބިލިޓޭޓް ކުރަން ޖެހޭ ކިޔާލަ.ކިޔާލަ. މަސްތުވާތެކެތި ވިއްކަނީ މުއްސަދި ބާރުގަދަ މަޤާމުތަކުގައި ތިބި މީހުން އެމީހުންނަށް އޯކޯ ވާނެ ބޯ ކުދިން އަތާ ހަމަޔަށް ގޮސް ފައިސާކޮޅު ލިބެނިކޮށް.ދެން އޮފީހަށް ނިކުމެ ޓީވީތަކަށް އަރައި ގޮވާނީ ޑުރަގުން ދިވެހި ޒުވާނުން ސަލާމަތް ކުރަންޖެހެޔޭ.ރާއްޖޭގައި ޑަރަގު ނައްޓާލަން އިޙްލާސްތެރި ކަމެއް ނެތި މަސައްކަތް ކުރާތީ ނުވަނީ.
ހަހަ
19 May 2023
ސަދޫމް މިއޮތީ މިރާއްޖޭގަ
ށައި
18 May 2023
ޙުސް މަސްތުވާތަކެތި އެތާގާވެސް މަސްތުވާތަކެތި މިތާގާވެސް މަސްތުވާތަކެތި މުޅިގައުމުގާ މަސްތުވާތަކެތި