ޕަބްޖީ ގޭމުގެ ޕޯސްޓަރެއް
24 މެއި 2023 - 11:27
އުރީދޫ ނޭޝަންގެ ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި ރަޖިސްޓްރީ ވެވޭނީ މާދަމާގެ ނިޔަލަށް ކަމަށް އުރީދޫ އިން ބުނެފި އެވެ.
ވައިލްޑް ކާޑަކީ ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ލިބޭނެ ފަހު ފުރުސަތެވެ. މި ރައުންޑްގައި ބައިވެރިވެވޭނީ މާދަމާ ރޭގެ 12 ޖެހުމާ ހަމައަށެވެ.
އުރީދޫން ވަނީ މިދިޔަ އަހަރުން ފެށިގެން މި މުބާރާތުގެ ކޮންޓެންޑާ ކޮލިފައިން ސިލްސިލާއެއް ބާއްވައިފަ އެވެ. އެ ޓޯނަމެންޓުތަކުން ނުވަ ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ވަނީ ހޯދައިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެ ބައެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ވައިލްޑް ކާޑްގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓްގައި ވާދަކުރެވޭނެ އެވެ.
މި ޓޯނަމަންޓަށް ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250ރ. ދައްކަން ޖެހޭނެ އެވެ. އަދި ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ ވަގުތު ހަމަވުމުގެ ކުރިން ޕޯޓަލް އަށް ހުށަހަޅަން ޖެހޭނެ އެވެ.
ވައިލްޑް ކާޑް ޓޯނަަމަންޓް އޮންނާނީ ހުކުރު ދުވަހު އެވެ.
އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕުގެ ބޮޑު އިނާމަކީ 100،000ރ. އެވެ. މިއީ މި ފަދަ މުބާރާތަކަށް ރާއްޖޭގައި ހުށަހަޅާފައިވާ އެންމެ ބޮޑު ފައިސާގެ އިނާމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާބޫޖީ
26 May 2023
ޕާބޫޖީ އަކީ މުޖުތަމައަށް ނުރަގަޅު އަސަރުތައްކުރާ ހާއްސަކޮށް ކުޑަކުދިންނާ ޒުވާނުން ވަޔަލަންސަށް މަގުފަހިކުރުވާ އެއްޗެއްކަމަށް ދިރާސާތަކުން ދައްކާއިރު، އަދި ބައެއް ގައުމުތަކުގައި މި ގޭމު މަނާކޮއްފައިވާއިރު، ބޮޑު ޕަބްލިކް ކުންފުންޏަކުުން މި ގޭމް ޕްރޮމޯޓުކުރުމަކީ ވަރަށް ދެރަކަމެއް.