ދިރާގުގެ ހިދުމަތް ތައާރަފު ކުރީ 1988 ވަނަ އަހަރު. މިއަދު ދިރާގުން ފާހަގަ ކުރަނީ 34 ވަނަ އަހަރު.
30 މެއި 2023 - 13:38
ދިރާގުގެ ޕޯސްޓްޕެއިޑް ދެ ޕެކޭޖެއް އަޕްގްރޭޑް ކޮށްފި އެވެ.
އެއީ ޕޯސްޓްޕެއިޑް 1،000 ޕެކޭޖާއި ޕޯސްޓްޕެއިޑް 1،700 ޕެކޭޖެވެ. އަލަށް ގެނައި އަޕްގްރޭޑާ އެކު ދިރާގުގެ ހުރިހާ ނަމްބަރުތަކާއި ލޯކަލް ނެެޓްވޯކްތަކުގެ ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ.
ޕޯސްޓްޕެއިޑް 1،000 ޕެކޭޖަށް ގެނައި އަޕްގްރޭޑާ އެކު 40 ޖީބީ ކޯ ޑޭޓާ، "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ކޯލް ލިބޭނެ އެވެ.
އެ އަޕްގްރޭޑްގެ ދަށުން ޕޯސްޓްޕެއިޑް 1،700 ގެ ޕެކޭޖުން 100 ޖީބީ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ އަދި ހިލޭ އެސްއެމްއެސް އާއި ކޯލް ލިބޭނެ އެވެ.
ދިރާގުގެ އެޕް މެދުވެރިކޮށް އެ ޕެކޭޖުތަކަށް މިހާރު އަޕްގްރޭޑް ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދާ
30 May 2023
އުރީދޫގެ ޕެކޭޖް ކިހިނެއްބާ ހުރީ. އަޅާ ކިޔަން އެބަޖެހޭ
އިސްމާލި
30 May 2023
ތި ޕެކޭޖު ނަގައިގެން ރައްޓެހި ރަހުމަތްތެރިންނަށާއި ލޯބިވެރިންނަށް ފޯނުކޮށް، އެސް އެމް އެސް ކޮށް، އިންޓަރނެޓް ބޭނުންކޮށްގެން ޓިކޮޓޮކް ބަލައި އަދި މިހެން އާޓިކަލްތަކަށް ބޭކާރު ކޮމެންޓު ކޮށްފައި ތި ޕެކޭޖުގެ ވެރިން އިތުރުކަމެއް ކުރާނެ ވަގުތެއް ނޯންނާނެ ދޯ.
އލނއމ
30 May 2023
އަތް ފޯރާ ވަރެއް ނުވޭ.. :(