01 ޖޫން 2023 - 17:49
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީ ވެވަޑައިގަތުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ނިންމައިފި އެވެ.
އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ދިފާއުވުމަށް މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ފޮނުއްވައިފަ އެވެ.
ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނުއަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެދެން ޖެހޭ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފު ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.
އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނު އިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.
"... އެ ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް ދަންނަވަން،" މަޖިލިހުގެ ރައީސް ނަޝީދަށް ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.
ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުސ
04 June 2023
އެ ހައްޤަކީ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަހެޅިފައިވާ މެންބަރުގެ ދިފާޢުގައި މަސައްކަތްކުރުމަށް އެ މެންބަރަކަށް ލިބިދީފައިވާ ޙައްޤެއް ކަމަށްވާތީ، އެ ޙައްޤު ބޭނުން ނުކުުރުމުގެ ފުރިހަމަ އިހުތިޔާރު އެ މީހަކަށް ލިބިގެންވާނެ. ޤާނޫނު އަސާސީގެ 101 (ށ) ގައި އޮންނަނީ އެ މީހަކު ޖަވާބުދާރީ ވާންޖެހޭކަށް
މުޖުތާޒު
02 June 2023
ތިމީހާގރ އަގެއްނެތް މިހާރަކު ތިމާގެ މައުސޫމުކަން ސާބިތުކުރެވެން އޮތްދުވަހު ބިރުން މަޖިލީހަށް ހާޒިރުވާން ނުކެރުނު މީހަކު ރައްޔިތުންނެއްބަލައެއްނުގަންނާނެ.
އަންނިބެ
02 June 2023
އީވާ ކިތަންމެ ފޮނެއްއެރުވިއަސް ނައިބުގޮނޑިން ބޭރުކޮށްލެވޭނެ
ޖިލް
02 June 2023
ޓެކްސް ފައިސާއިން މުސާރަ ނަގައިން އަދި ގާނޫނީ ކަންކަމުގެ ތިހާ މަތީ މަގާމެއްގަ ހުންނަން ކުފޫ ހަމަ ނުވާކަން ތިޔަ ސާބިތު ކޮށްދިނީ އަމިއްލައަށް
އޮނަރަބްލް އަފީފު ދީދީ
02 June 2023
ވަޒީރުންގެމަޖިލީހުގައި އިންނަވާތީ "ދައުލަތުގެ ބަންޑާރަ ނައިބަކީ" ވަޒީރެއްފަދަ މީހެއްކަމަށް ޤާނޫނުހަދާމަޖިލިސް މެންބަރުންގެތެރެއިން ބައެއްފަރާތްތަކަށްހީވުމަކީ ވަރަށްދެރަކަމެއް. # ސަރުކާރުވަޒީރަކާއި ދައުލަތުގެ ބަންޑާރަނައިބާއި ދެމެދުހުރިތަފާތު ޤާނޫނުއަސާސާގައި ވަރަށްސާފުކޮށް ބުނެދީފައިވާއިރުވެސް "މަޖިލީހުގައި ތިން 4 ދައުރުއަދާކޮށް ދެކޮޅުގައި ނުރަޖަހާފައިތިއްބެވި އިއްޒަތްތެރި މެންބަރުންނަށް" އެކަން ނޭގެނީ "ޤަމާރުކަމުން" ކަމަށް ޤަބޫލެއް ނުކުރަން.
ޢެދުރު
02 June 2023
ޤާނޫނުއަސާސީގަ ބުނަނީ ބަންޑާރަ ނައިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކޭ. ޤާނޫނުއަސާސީގެ ދަށުން މަޖިލީހަށް ޖަވާބުދާރީކުރުވަނީވެސް އަދި އިތުބާރު ނެތިގެން މަޤާމުން ވަކި ކުރަނީ "ވަޒީރުންގެ މަޖިލީހުގެ މެންބަރުން". އަދި އެއްފަހަރު އެ ފޮތް ކިޔާލަ ބަލަ ތަންކޮޅެއް ލޯ ހުޅުވައިގެން
ރެޓު
01 June 2023
އޭޖީ ގެ ޕޮޒިޝަން ދެ އިރު ކާ ބޭހެއްހެން ބަދަލުވަންޏާ ރިއްފަތު އޭޖީ އަކަށް ބަހައްޓަން ހެޔޮނުވާނެ. އެއްގޮތަކަށް ނުހުންނަ ކަމަށް އަބަދުވެސް އަޑުއިވެނީ.
ހިބިރިންބެއްޔާގެ ކުޑަސޮރު
01 June 2023
ރިއްޕެއަކީ ވަޒީރުންނަށްވުރެވެސް މަތީގާހުންނަ ބޭކަލެއްތަ؟
ބަތޭލި
02 June 2023
ތިބުނީ ރަނގަޅަށް. އޭނަޔަކީ ސަރުކާރުގެ ވަޒީރެއްނޫން. އޭނަ ނިސްބަތްވަނީ މުޅި ދައުލަތަށް. ވަޒީރުން ނިސްބަތްވަނީ ސަރުކާރަށް އެކަނި.
ޢަލީ ކުރުސީ
01 June 2023
ހެދުނު ޅައެތި ރޭކާލީ އަދި ކިރިޔާދޯ؟ ސަރުކާރުގެ ޓީމަށް ވާވަރު މިއީ! ދެން ފޫބައްދަން އުޅުނަސް ހިޔެއްނުވޭ މާބޮޑު ކާމިޔާބެއް ވާނެހެން!
ބޮޑުމީހާ
01 June 2023
ސެޓްލްމެންޓް ކޮމިޓީއެއް ހަދައިގެން ނޫމަޑިއާއި އަދި ގާތް މީހުންނަށް ދައުލަތުގެ ބަޖެޓުން 1.6 ބިލިއަން ދިން މައްސަލަތައްވެސް ތި މަޖްލީހުން ބަލަން އެބަޖެހޭ، ޝަރުއީ ނިޒާމެއް އޮއްވާ ސެޓްލްމަންޓް ކޮމިޓީއެއް ހަދައިގެން ދައުލަތް ލޫޓްވުން ހުއްޓުވަންޖެހޭ،
އައްޔަ
01 June 2023
ޖަވާބުޖާރީވާން އޭނާދެކޮޅެއް ނަހަދައެ ދޮހުއްތޫ! ޖަވާބުޖާރީވުމުގަ އެދެގޮތުން ކުރެކޮންމެ ގޮތެއްވެސް އޭނާއަށް އިޚުތިޔާރު ކުރެވިދާނެ,