ތައިލެންޑްގެ މޫވް ފޯވާޑް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓް ޕީޓާ ލިމްޖަރޮއެންރާޓް: ސަރުކާރެއް ހެދޭ ވަރަށް އޭނާގެ ޕާޓީ އަށް ވެސް ގޮނޑި ލިބިފައެއް ނުވޭ
03 ޖޫން 2023 - 13:23
ބެންކޮކް (ޖޫން 3) - މިދިޔަ މަހު ތައިލެންޑްގައި ބޭއްވި އާންމު އިންތިހާބަށް ފަހު ޕާޓީތަކުން އެއްގަލަކަށް ނޭރުމުން އެ ގައުމުގައި އާ ސަރުކާރެއް ނުއުފެއްދިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ބަރުލަމާނީ ނިޒާމެއް އޮންނަ ތައިލެންޑްގެ ގާނޫނު އަސާސީ ބުނާ ގޮތުން ސަރުކާރެއް އުފެއްދުމަށް އެ ގައުމުގެ މަޖިލީހުގެ 50 ޕަސެންޓަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ބޭނުންވާނެ އެވެ. އެކަމަކު ނިމިދިޔަ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އެކަނި އެ އަދަދަށް ގޮނޑި ކާމިޔާބު ވެފައެއް ނެތެވެ.
އާ ސަރުކާރެއް ގާއިމު ކުރުމުގައި ޕާޓީތަކަށް ހައްލެއް ނުހޯދިއްޖެނަމަ ދެން ދާން ޖެހޭނީ އާ އިންތިހާބަކަށެވެ.
މިދިޔަ މަހުގެ 14 ގައި ބޭއްވި އިންތިހާބުގައި އެ ގައުމުގެ މޫވް ފޯވާޑް ޕާޓީ އަށް ކާމިޔާބުވީ 151 ގޮނޑި އެވެ. ކުރީގެ ބޮޑު ވަޒީރު ޓަކްސިން ސިނަވަޓްރާގެ އާއިލާއިން ކޮންޓްރޯލް ކުރާ ފެއު ތައި ޕާޓީ އަށް ކާމިޔާބުވީ 141 ގޮނޑި އެވެ.
މީގެ އިތުރުން ޕޮޕިއުލިސްޓް ކޮންޒަވޭޓިވުން ކަމަށްވާ ބުމްޖައި ތައި ޕާޓީ އަށް 70 ގޮނޑި ލިބުނެވެ. އަދި އަސްކަރިއްޔާއަށް ތާއިދު ކުރާ ޕަލަންގް ޕްރަޗަރަތު ޕާޓީ އަށް 40 ގޮނޑި ކާމިޔާބުވި އެވެ. ވަގުތީ ގޮތުން މިވަގުތު ބޮޑުވަޒީރު ކަމުގައި ހުންނެވި ޕްރަޔޫތު ޗާން-އޯޗާގެ ޔުނައިޓެޑް ތައި ނޭޝަން އަށް 36 ގޮނޑި ލިބުނެވެ. ޑިމޮކްރެޓިކް ޕާޓީއަށް ލިބުނީ 25 ގޮނޑި އެވެ. ބާކީ ހުރި ގޮނޑިތައް ލިބުނީ އެހެން ކުދި ޕާޓީތަކަށެވެ.
އެންމެ ގިނަ ގޮނޑި ލިބުނު މޫވް ފޯވާޑް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓް ޕީޓާ ލިމްޖަރޮއެންރާޓް ސަރުކާރެއް އުފައްދަން މަސައްކަތް ކުރެއްވި ނަމަވެސް އަދި މިހާތަނަށް ޕާޓީތަކުގެ މެދުގައި ވަކި ގޮތަކަށް އެއްބަސް ވެވިފައެއް ނުވެ އެވެ.
ގައުމީ މަޖިލިސްގެ ނަމުން ނަން ދީފައިވާ ތައިލެންޑްގެ ގާނޫނު ހަދާ މަޖިލިސް ދެ ޗެމްބަރަކަށް ބަހާލެވިފައި ވެއެވެ. އެއީ 500 ގޮނޑި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި 250 މެންބަރުންގެ ސެނެޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮމައްޓޭ
03 June 2023
އުތުރުގެ ރަށްތަކުގެ މަދުބަޔަކު ރައީސް ނަޝީދު ދެކެ އަންނަ ރުޅިއަކީ ސީދާ އަޑީގަ ބަޔަކު ތިބެ ހިންގާ ޕްރޮޕެގަންޑާއެއް އަދި ޒާތީކަމެއް
ސާފު
03 June 2023
ބަލަ ބުރޯ ބަޔަކު ކަމެއް ކުރާކަށް ނުޖެހޭ..ނަޝީދު އުޅޭ ގޮތާއި ކުރާކަންކަމާއި ކިޔާ އެއްޗެހި އެހުންނަނީ ހަމަ ބުއްދިއާއި ދެލޯ ސަލާމަތުން ހުރި މީހަކަށް ވިއްޔާ ފެންނަން..ބުރޯ މެނަށް ނުފެންނަނީ ނުފެންނަކަމަށް ހަދައިގެން ހުރީމަ..ހަކުރު ދެންޏާ ބޮޑުބޭބެ ވެފަ ހުންނާތީ..
ބޮޑުމީހާ
03 June 2023
މިވަރުގެ ނިޒާމެއް ނެތިގެން މިގައުމުގެ 'ބޮޑުވަޒީރު' އެބައުޅޭ
ދޮންހުސީ
03 June 2023
ބަރުލަމާނީގަ ދެން ޖެހޭނީ މެމްބަރުން ގަންނަން. އެންމެ ބޮޑު އަގު ދީ، ހަދިޔާ އާއި ރިޝްވަތު ދިންކޮޅަކަށް މެމްބަރުން ލިބޭނީ. ރައްޔިތުންނާއި ބެހޭކަމެއް ނެތް. ރައްޔިތުންނަކީ އެއްވެސް ބާރެއް އޮތް ބައެއްނޫން.
އަފްރާސިޔާބު
03 June 2023
ބަރުދަމާ ނިޒާމުގައި އުޅޭނީ ތިގޮތަށް. ދެން ސަރުކާރެއް ނުއުފެއްދިގެން އެކަކު ކައިރިން އަނެކަކު. ކައިރިން ދެން އުޅެންޖެހޭނީ.
ދުވެވިވަސް
03 June 2023
ތިކަމަށް ހައްލުހޯދަން އަވަހަށް ރައީސް ނަޝީދު އެކޮޅަށް ފޮނުވަން ފެނޭ އޭނާއަކީ ބޮޑު ބަރުލަމާނީ އެކްސްޕާޓެއް