ކްރިމިނަލް ކޯޓު: ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ޖޫން 2023 - 22:48
ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ބުނީ ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލަ އަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ، އޭނާއާއެކު ޖިންސީ އަމަލު ހިންގިކަން ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ ލ. ކަލައިދޫ، ޑޭޒީމާގެ، އަހުމަދު ޝާރިކްގެ މައްޗަށް ކަމަށެވެ.
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކްރިމިނަލް ކޯޓުން އަހްމަދު ޝާރިކްގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް އާންމެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ އަމަލު ހިންގި ކަމަށް އަހުމަދު ޝާރިކް ޝަރީއަތުގައި އިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޖިންސީ ކުށުގެ ގާނޫނު ދަށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިހުސާން އޭނާގެ މައްޗަށް ނިޔާ ކަނޑައެޅުއްވީ ކަމަށް ކޯޓުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޚުލާގު ފޮތް
07 June 2023
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކްރިމިނަލް ކޯޓުން ނާޒިމް އަބްދުއްސައްތާރު ޖަލަށް ނުލީ ކީއްވެ؟ އެމްޑީޕީ ބައިބައިވެ ތަޅާފޮޅަން ފަށާފާނެތީތަ؟ ގައިމު ނާޒިމް ގޭގަ ބަހައްޓައި ޖަލަށް ނުލައި، ކުރު މުއްދަތަކަށްފަހު މިނިވަންކޮށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް ބާތިލެއް ނުކުރި. ނަމަވެސް އަންނި މިހާރު ފާޅުގަ ސަރުކާރު ވައްޓާލަން އެމަސައްކަތް ފެށީ! އަންނި މާ ބޯބޮޑެއްނު؟ އަޚުލާގު ހިފެހެއްޓޭނީ ކިހާވަރަކަށް؟
ވަހީދުބެ
07 June 2023
އިންކާރު ކުރާނަމަ ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ.
ވާއު
07 June 2023
މި ހަބަރުގައި ޖަހާފަ މި އިން ފޮޓޯޔާ، އޭގެ ކެޕްޝަން ހަމަ ހަބަރަށް އިތުރު ތަފްސީލްތަކެއް ގެނެސްދީ ހަބަރު ވަރަށް ފުރިހަމަ ކޮށްލަދީފި