ތެލެސީމިއާ ކުއްޖެއްގެ ގަޔަށް ލޭ އަޅަނީ: ރާއްޖެއިން ޑެސްފަރަލް ހުސްވިކަމުގެ ޝަކުވާދަނީ ކުރަމުން. -- މިހާރު ފައިލް ފޮޓޯ
08 ޖޫން 2023 - 10:24
ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރަން ގުޅާ ޑެސްފަރަލް ޝިޕްމަންޓް މި މަހުގެ 14ގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ޑެސްފަރަލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފެށީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ ޑެސްފަރަލް ލިބުން ދަތިވީ ރާއްޖެއަށް ބޭސް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަން ހައްލުވެ، މި މަހުގެ 14ގައި ޑެސްފެރޯލްގެ އާ ޝިޕްމަންޓް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާކުރާ 600 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ފަރުވާ ހޯދަން މީހުން ނެތް އަތޮޅެއް ރާއްޖޭގައި ނެތެވެ.
ބައެއް ސަރަހައްދުތަކުގައި ވަރަށް ގިނައިރު، ޑެސްފަރަލް ހުއްޓުމަކީ ތެލަސީމިއާ ބަލީގެ މީހުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމުގެ ކަންބޮޑުވުންދަނީ ފާޅުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތު
08 June 2023
މިހާ ހިސާބައް ކަނތައް ދާންޖެހޭތޭ..
ވާދޫ މޯޑް
08 June 2023
ވާނުވާ ނޭގޭ ސަރުކާރެއް.
އުދުހޭ
08 June 2023
ވަކި ގައުމުތަކަކުން ނޫނީ ބޭސް އެތެރެނުކުރެވޭ ގޮތަށް ހަދައިގެން އުޅެންޏާ ވާނީ ތިހެން. ރާއްޖޭގައި ހިތާ ކިޑްނީ އާއި ކެންސަރާ ދަރިންނުލިބުން އެހާ ގިނައީ ރާއްޖެއަށް ހާއްސަކޮށްގެން އުފައްދާ ބޭހުގައި ބަލިތަށް އިތުރުވާ މާއްދާތަށް ހިމަނައި ގިނަ ބޭސް ވިނޭކެގޮތް ހަދައިގެންތޯ ބަލާނެ ބަޔަކު ނެތް. ޕެނެޑޯލްގެ ވަކި ބްރޭންޑެއް ކައިގެން ރަގަޅުނުވާކަން އެއީ އަޅުގަނޑު ތަޖުރިބާކޮށްއިވާ ކަމެއް.
ކިރު ސައި
08 June 2023
ދިމާވި މައްސަލައަކުން ބުނެފަ ނިންމާލެވެނީ ރައްޔިތުން ކޮރަޕްޓް ވީމަ.
ލުނާ
08 June 2023
އެހެން ހެލްތު މިނިސްތްރީ އިން ބުނެފައި ވަނީ ކޮރަޕްޝަން ގެ ދައްތަ