ތެލެސީމިއާ ކުއްޖެއްގެ ގަޔަށް ލޭ އަޅަނީ: ރާއްޖެއިން ޑެސްފަރަލް ހުސްވިކަމުގެ ޝަކުވާދަނީ ކުރަމުން.- މިހާރު ފައިލް ފޮޓޯ
02 ޖޫން 2023 - 17:13
ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރޯލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ފޭސްބުކްގައި ލަވަކިޔުންތެރިޔާ މާއިން ރަޝީދު، ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި މިވަގުތު ހުރި ޑެސްފަރޯލްގެ މުއްދަތު މިދިޔަ މަހު ހަމަވެފައި ކަމަށާއި ދެން އެންމެ އަވަހަށް ވެސް ޑެސްފަރޯލްގެ ސްޓޮކެއް ރާއްޖެއަށް ލިބޭނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.
އެކަމާ ނުރުހުންވެ، މާއިން ވަނީ ޑެސްފަރޯލަކީ ލިބެންޖެހޭ ބޭހަކަށް ވިޔަސް އެ ބޭސް ނުލިބުމުން ދެން އެ ނުގުޅާ ހުންނަންވީތޯ ސުވާލު އުފައްދައިފަ އެވެ.
މާއިން ބުނި ގޮތުގައި އިއްޔެ ރޭ އޭނާ ވަނީ ލޭ އަޅައިފަ އެވެ. އެކަމަކު ވީ އެންމެ އަވަހަށް ޑެސްފަރޯލް ބޭނުންވާ ކަމަށާއި އެ ބޭސް ލިބޭނެ ގޮތެއް އޮތްކަން އެނގޭތޯ ޕޯސްޓުގައި ސުވާލުކުރި އެވެ.
މި މައްސަލަ ދިމާވީ މި ފަހަރު ތޯ ސުވާލުކޮށް، މާއިން ވަނީ ބޭސް ހުސްވެފައި ވަނީ ރަނގަޅަށް ބަލަންޖެހޭ ވަރަށް ނުބެލިގެންތޯ ވެސް ސުވާލު އުފައްދައިފަ އެވެ.
އެކަމުގެ ނުރުހުން ފާޅުކުރަމުން މާއިން ވަނީ ދަގަނޑުގެ މާއްދާއާ ގުޅޭ ފަރުވާދިނުމުގެ އެހީގެ 13 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ވެސް އާންމުކޮށްފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދައުލަތުގެ ހަރަދުގައި ސެންޓަރުތަކުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
މާއިން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓް.
ޑެސްފަރޯލް ނުލިބި ޝަކުވާ ބޮޑުވެފައިވާއިރު މިކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ވެސް ހެލްތު މިނިސްޓްރީ އާއި ތެލެސީމިއާ ސެންޓަރުން ޖަވާބެއް ނުލިބުނެވެ.
އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް މި މައްސަލާގައި މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑެސްފަރޯލް ރާއްޖެއިން ހުސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
It is unacceptable to see Desferal run out of the country. I call on the government to sort this out and make available life-saving medicine for our thalassaemia patients.
— Mohamed Nazim MP (@nazim7878) June 2, 2023
With so many Maldivian Embassies/High Commissions around the globe, much-needed medication should be…
ނާޒިމް ވަނީ ޑެސްފަރޯލް ލިބޭނެ އިންތިޒާމު ވީ އެންމެ އަވަހަށް ހަމަޖައްސައި، ތެލެސީމިއާ ކުދިންގެ ބޭސްތައް ލިބޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ އެމްބަސީތަކާއި ހައި ކޮމިޝަންތައް އެކި ގައުމުތަކުގައި ހުރިއިރު މިފަދަ އިމަޖެންސީ ދަނޑިވަޅުތަކުގައި ރާއްޖެ އަށް ބޭނުންވާ ބޭސްތައް ވައިގެ މަގުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނދޫ
04 June 2023
ތީ މިސަރުކާރުން ސިޔާސީ މަޤާމް އިތުރުކޮށް އާސަންދަ ފަދަ މުޙިއްމު ކަންކަން ބަޖެޓް ކުޑަކުރަން ވެގެން ބޭސް ވިއްކާ މީހުންނަށް އެކި ނަން ނަމުގަ ކުރާ ފިއްތުން ތަކުގެ ނަތީޖާ
ށަލި
03 June 2023
މިނިސްޓަރުން މަދީ ކަމަށްވަަނީ. އެމަސަތްކަތައިގެން އުޅޭ އެކަކު ހުއްޓަސް ހުންނާނެ. އަމީރު ކައިރި ބެނެލަބަލަ. އެސޮރު ވަރަށް ކަނެކްޝަންތައް އޮވޭ ވެންޓިލޭޓަރ ކަހަލަ ތަންތަނާ.
ގަފޫރު
03 June 2023
ހިތާމަ ހުރި ކަމެއް ... ތެލަސީމިއާ ކުދިންގެ ވަގުތީ ފަރުވާގައި ؛ ޑެސްފެރޯލް އަކީ ކިހާ މުހިންމު އެއްޗެއް ކަން ، ތެލަސީމިއާ ސެންޓަރު ހިންގާ ބަލަހައްޓާ ފަރާތަށާ އަދި ހެލްތް މިނިސްޓްރީ އަށް ފުރިހަމައަށް ނޭގޭކަން ވަރަށް ރަގަޅަށް އެގިއްޖެ ... ، މިހާރުން މިހާރަށް އަތޮޅު ތެރޭގައި ޑެސްފެރޯލްގެ ސްޓޮކް ހުރިނެތްގޮތް ބަލާ " އެޖެސްޓްމަންޓެއް" ހަދައިގެން ބޭސް ބޭރުން ގެނެވެންދެން ، ތިކަން ހައްލުކުރޭ ....
ރެޓޭ
03 June 2023
ޑެސްފަރޯލް ސްޓޭޓް މިނިސްޓަރެއް ހެލްތް މިނިސްޓްރީއަށް އައްޔަންކޮށްގެން ހައްލުވެދާނެ ތޯއްޗެއް!
ބޮޑުމީހާ
02 June 2023
ހެލްތު މިނިސްޓްރީއަށް އިތުރު ސްޓޭޓް މިނިސްޓަރެއް ލައިގެން ތިކަން ހައްލުވާނީ. އިބޫ ސޯލިހު ނޫނީ ނެތް މައްސަލަތަކުގެ ނާޖާއިޒްފައިދާ ނަގައިގެން ގާތް ރައްޓެހިންނަށް މަގާމުތައް ބެހި ރައީސެއް. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރު ކޮމިޝަނާއި، ކުޑަކުދިންގެ ކޮމިޝަނާއި، ކޮރަޕްޝަން ކޮމިޝަނާއި މިހެންގޮސް ކިޔާނެ ކަމެއް ނެތް، ފާޑުފާޑުގެ ކޮމިޝަން ހަދައި ގާތް މީހުންނަށް ބޮޑެތި މުސާރަތައް ދިނީ، އަނެއްކާ ތިބޭސް ގެންނަން ކޮމިޝަނެއް ހަދަންވީ
އުދުހޭ
02 June 2023
ފުރާނަ ސަލާމަތްކުރާނެ ބޭސް ނެތަސް ދައުލަތުގެ ޚަރަދުގަ އައިވީއެފް ހަދައިދޭން މިއުޅެނީ. ޑޮކްޓަރު ކިޔު އެހާ ދިގު. އާދައިގެން ބޭސްފަރުވާ ރަގަޅުކުރާކަށް ނޭޅޭ. ހެޑްލައިން އަޅާލެވޭތޯ އުޅެނީ. އައިވީއެފްވެސް ދާގޮތް ބަލަން ތިބޭ. ނަރުހުންގެ މުސާރަ ބޮޑުވިގޮތަކަށް އެކަން ދިއުން ދުރެއްނޫން.
ޕޭޝަންޓް
02 June 2023
ހެވެއްނު. ޑރ ކައިރި ކަންބޮޑުވެގެން ތިވާހަކަ އެހީމަ ބުނީ އޯކޭ ވާނެޔޯ. އެހާވެސް ފަރުވާކުޑަ
ބޭސް
02 June 2023
ޑެސްފަރޯލާ ޕެރެސެޓެމޯލާ ވެސް ހުސްވެދާނެ. އެކަމަކު ކަރުނަގޭސް ހުހެއް ނުވާނެ. މިހާރު ކަމަކީ ސިޔާސީ މީހުން ފަހާ ދުވުން. ރައީސް އިބުރޭ ނޫން ގޮތެއް. ނާޒިމްވެސް މާ ރަނގަޅު. އެމް.އެން.ޕީ
ހެޔޮނުވާނެ
02 June 2023
ދެރަވަރު ދޯ ދެން މިވަރު ވީމަ؟! ކާކުބާ މިފަހަރު ޒިންމާވާން ޖެހޭނީ.
އުސްތާޒު ޒަކީ ދަ ޑިމޮކު ރެޓުސް
02 June 2023
ރައީސް އިބޫގެ ފަރުވާކުޑަކަން މީ
ބޭސް
02 June 2023
ނާޒިމް މެން ކަހަލަ ވެރިއަކު ދެން ގެންނަންވީ. އެމް.އެން.ޕީ ރަނގަޅު