ހުޅުމާލޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު ސަރަހައްދެއް ބަންދުކޮށްފައި. -- ފައިލް ފޮޓޯ: މިހާރު
08 ޖޫން 2023 - 16:58
މިދިޔަ އަންގާރަ ދުވަހު ކަނޑުން ފެނުނު މަރުވެފައި އޮތް މީހާ އަކީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލެ 2 އާ ދިމާލު ކަނޑުން ފެނުނު މީހާ އަކީ ކާކުކަން ނޭނގިގެން ފުލުހުން އިއްޔެ ވަނީ އާންމުންގެ އެހީ އަށް އެދިފަ އެވެ.
މިއަދު ފުލުހުން ބުނި ގޮތުގައި އެ މީހާ އަކީ ރާއްޖޭގައި ބައެއް ޕްރޮޖެކްޓުތައް ހިންގާ ސައުދީ ބިންލާދިން ގްރޫޕުގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ މީހެއްކަން މިހާރު ވަނީ ދެނެގަނެވިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ހަވީރު 6:00 ހާއިރު މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ.
ހަށިގަނޑު ފެނުނު އިރު އެއްވެސް ޒަހަމެއް ނުވަތަ ޝައްކުވާ ފަދަ ކަމެއް ހުރި ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ. އަދި އެ މީހާ ގެއްލިގެން އުޅޭ ކަމެއް ވެސް ކުރިން ރިޕޯޓްކޮށްފައެއް ނުވެ އެވެ.
މި މީހާގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy