އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ: އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި.--ފޮޓޯ: އަދާލަތު ޕާޓީ
28 ޖެނުއަރީ 2017 - 11:57
އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ސަރުކާރުން ހިފެހެއްޓީ، ގާބިލް ސިޔާސީ ލީޑަރުން އުފައްދަން އެ ޕާޓީން ކުރާ މަސައްކަތްތައް ފަނޑުކޮށްލުމަށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
މިިދިޔަ ބުރާސްފަތިދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝިދާތާ ހިފެހެއްޓީ، މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި މާލެ ވަޑައިގަތް ތަނުންނެވެ. އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހަށް ގެންގޮސް، އެ ތަނުގައި ބައި ގަޑިއިރަށް ވުރެ ގިނައިރު ބެހެއްޓުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ޝިދާތާގެ ޕާސްޕޯޓް ދޫކޮށްލަން ގޮވާލައި އަދާލަތުން ނެރުނު ބަޔާނުގައި ބުނީ، އެއްވެސް ސަބަބެއް ނެތި ޕާސްޕޯޓް ހިފެހެއްޓީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް، ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރަން އޭނާ ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅަން ކަމަށެވެ. އަދި އެއީ އަންހެން ސިޔާސީ ލީޑަރުން އުފައްދަން އަދާލަތު ޕާޓީން ކުރަމުން އަންނަ މަސައްކަތްތައް ފަނޑުކޮށްލަން، ހައްދުފަހަނަ އަޅާފައިވާ ވިސްނުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.
"މިކަމަކީ އަދުލް އިންސާފާއި ހަމަހަމަކަމުގެ އިމުގެ ބޭރުން ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރި ލާއިންސާނީ ޖަރީމާތަކާއި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމާ ދެކޮޅަށް ސާބިތުކަމާއެކު އެކަމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި އަދި ވަކިން ހާއްސަކޮށް ނުހައްގުން ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އެހެނިހެން ސިޔާސީ ހައްޔަރީން މިނިވަންކުރުމަށްޓަކާ މެދުކެނޑުމެއްނެތި އަޑުއުފުއްލަވާ، އެކަމަށް ކުރައްވަމުންގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅު ހުއްޓާލެވިދާނެކަމުގެ އުއްމީދުގައި ހިންގާ ފިނޑި ޖަރީމާއެކެވެ،" ބަޔާނުގައިވެ އެވެ.
މިނިވަންކަމާއެކު ދަތުރުކުރުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް، ޝިދާތާ އަށް ސަރުކާރުން ކުރަމުންގެންދާ ފުރައްސާރަތަކަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ދެކޮޅުނުޖެހޭ ކަންތައްކަން އަދާލަތުން ބުންޏެވެ.
އިދިކޮޅު އިިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ޝިދާތާ ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފަ އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީ ދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއލ
29 January 2017
ދެންފަހެ ސިޔާސީފގޮތުން މީހަކު ކުޑަކުޑަ މިންވަރަކަށް ސަރުކާރުގެ ސިޔާސަތާ ބެހޭ އެއްޗެއް ބުނެލާއިރަށް އެމީހަކާމެދު ކުއްވެރިވެ ޝަރީޢަތްކުރާކަން އެތިބަ ރީތި ޔުނިފޯމްތަކުގައި ތިއްބެވި ބޭފުޅުންނަށާއި ޝަރަފުވެރި ޤާޒީންނަށް ފަހެ އެނގިވަޑައި ނުގަންނަވަނީބާ؟ ކިތަންމެ ވަރަކަށް ކޯޑިނޭޓަރުން އަދާލަތަށް މަލާމަތް ކުރިއަސް އަދާލަތަކީ ޤައުމަށް އިޚްލާޞްތެރި ޕާޓީއެއް. އެމީހުންނަށް ކޮންމެ ސަރުކާރެއްވެސް ގޯސް ވުމުން ގޯހޭ ބުނެވޭ. ދެން ތިތިބަ ބައިގަޑަށް ޤައުމު ވިއްކާލިއަސް ހަމަ މުސާރަކޮޅަށްޓަކައި ސަނާ ކިޔުން ނޫންކަމެއް ނުކުރެވޭ. ދެރަކަމެއް. މަނުދެކެން މި ޤައުމުނޫނީ ވެރިންނަށް މިވަރަށް ސަނާކިޔާ ބައެއް.
ސަމާއު
28 January 2017
އަދާލަތަކު ލީޑަރުން އުފެއްދޭނެ ގާބީލީއްޔަތު ހުރީކަމަކައް ގަބޫލެއްނުކުރަން...ކަމެއް ވާއީރައް ހީކުމަތުގައީ ނުހީފާ ކެތްމަދުވެގެން ރޯމަހެއް ތެޅޭހެން ތެޅީގަތީމަ ލީޑަރުންނެއްވެސް ނޫން އުފެއްދޭނީ..އަދާލަތުން އަދީއެއް ސީޔާސީމައީދާނުގައީ ފައީތީލަސާބީތު ކުރެވީދާނެ ވަރުގެ ލައީންއަޕްއެއް ގެނެސްދެވީފަކާއެއް ނެތް ކަމުގައީ ދެކެމެވެ. އަދާލަތައް އެންމެ މުހީންމީ މީވަގުތުވެސް ހަމަ އީޚްލާތެރީކަން..
ސައްލޭ
28 January 2017
މި ކާކު ލީޑަރުން އުފައްދަން. ޢަނެއްކާ ތި ބުނާ އަދާލަތަކީ އެ އެބަހަށް ނިސްބަތްވާކަމަށްބުނާ ބާގައިގެ މީހުނާ އެކަށީގެންވާ ބަހެއްވެސް ނޫން.
ސިދާތާ
28 January 2017
ރަށުތެރެއަށް ގިނަ ވެގެން އުޅެންޏާ ވާނީ ތިޔަހެން ކަނބުލޯ
ކުރި
28 January 2017
އަދާލަތޭ ބުނީމަވެސް ލަދުގަނޭ މުޅި ޤައުމުގަ އަތްފުނާ އަޅާގެންވެސް ޕާޓިއަށް އަދި 10،000 މެމްބަރުން ހަމަ ނުކުރެވޭ، ދެން ކޮންލީޑަރުން ނެތް އުފެއްދޭނީ
ކުރި
28 January 2017
ލީޑަރ ސިދާތާ........ ހައްހައްހާ
އިންސާނާ
28 January 2017
އަދާލަތުޕާޓީގެ ބަޔާނުން ވީހާވެސް ކަމަކީ ހަގީގަތާއި ޚިލާފު ފިތުނަ އުފެދުން. ޝިދާތާ އެއާޕޯރޓް ޕޮލިހަށް ދިޔައީވެސް އަމިއްލައަށް، އެއީ ޕާސްޕޯރޓް ހިފެހެއްޓި ސަބަބު އޮޅުންފިލުވުމަށް. ހަގީގަތަކީ ޝިދާތާއަކީ އިބްތިހާލުގެ ހާދިސާ ހިނގިއިރު ޖެންޑަރމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ހާދިސާ މޮނިޓަރކޮށް ބެލުމަށް ޒިންމާވެ ހުރި އެންމެ އިސްފަރާތް. ޝިދާތާ އަކީ މިމައްސަލާގައި ހިންގޭ ތަހުގީގަށް ބޭނުންވާ މީހަކަށް ވެފައި ގައުމު ދޫކޮށް ހިނގައިދާނެ ކަމަށް ބެލެވޭތީ ޕާސްޕޯޓު ހިފެހެއްޓީކަމަށް މައުލޫމާތު ލިބޭ. އެކަމަކު ޝިދާތާވެސް އަދި އަދާލަތުންވެސް މިހަގީގަތް ހާމަނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް މިދައްކަނީ އެހެން ވާހަކަތަކެއް.
ޏަވިޔާ
28 January 2017
މި އިގުނީ އަދިކިރިޔާ މިކޯ މިވަރައް އިނދިކޮޅުވެގެން މިއުޅޭ ސަބަބު
އަފިހުން ގޮއްޔެ
28 January 2017
މައްސަލައިގެ ތަޙުޤީޤަތް ބޭނުންވާ މީހެއްވިއްޔާ ޕޕ ހިފަހައްޓާނީ ރާއްޖޭން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން ނޫންބާ، ރާއްޖޭން ބޭރުގަ އުޅެފަ އެނބުރި ރާއްޖޭ އައިމަ ހިފޭއްޓީމަ ދެއްތޮ، ބޭރުން އަންނަ ވަގުތަށް ކޯޓު އަމުރެއްވެސް ގެންދެވޭ ވަރެއް ނުވި ދެއްތޮ، ތަބީޢީ ކަމެއް ވިއްޔަ ދެއްތޮ.
ފުވައްމުލަކު މީހާ
28 January 2017
ޢަދާލަތުގެ އަސްލު ސިފަ މިހާރުވަނީ ގެއްލިފަ.
މީނާ
28 January 2017
މިއީ ވާނުވާ ނޭނގޭ މީހެއް ކޮށްފައިވާ ކޮމެންޓެއް.
މޫސަ
28 January 2017
ތާއީދު
މޫސަ
28 January 2017
ގައުމު ހަލާކުކުކުރީ ތި ދާ ލަތުން ރައީސަކާނުކުޅެވޭނެ ގަޓްރައީސް
ނުވާނެދޯ
28 January 2017
އަދާލަތު ޕާރޓީ އަށް ލީޑަރުން ތައްޔާރު ކުރެވޭތީވެ ދޯ ރައްޔިތުންގެ މަޖްލީހުން އެންމެ މެމްބަރެއް ހުރީ. އެވެސް ދެން ވަރަށް ލޯ ޕްރޮފައިލްޑް ކުޑަ ކުޑަ އާބާދީ އަކުންނޭ މަމެން ބުނަން ނެތީމު އެވެ. ތަމެންނަށް ލީޑަރުން ތައްޔާރު ކުރެވޭނަމަ ޕައްލަންބެ އަށް ވެސް ތިކަން ކުރެވޭނެއޭ އެއީ އަދި މަމެން ނުދައްކާ ވާހަކަ އެއް ދޯ،
އަފިހުން ގޮއްޔެ
28 January 2017
އެހެންވެގެން ޑަރު ހީނުވާތީދޯ ޕޕ ހިފާއްޓަން ޖެހުނީ، މިވެރންގެ ލަދު ކޮބާ.