20 ޖޫން 2023 - 20:44
ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް އަތުނުލިޔަސް، ޖޫރިމަނާ އަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ހިޔާ ފްލެޓް ދޫކުރި އެއްބަސްވުމާ ހިލާފަށް ދެ އެޕާޓްމަންޓް އެއްކޮށްލިކަން ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެ ތަނުގެ ވެރިފަރާތް [ކޮންމެ އެޕާޓްމަންޓެއްގެ ވެރިފަރާތް] 100،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކައި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ދިން މުއްދަތުގައި ވެރިފަރާތުން އެގޮތަށް އަމަލު ނުކުރުމުން އެ ތަނުގެ އެއްބަސްވުން ބާތިލް ކުރަން އެ ކުންފުނިން ކުރިން ނިންމި އެވެ.
އެ ނިންމުމާ އެކު، ތަން ހުސްކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް މިދިޔަ މަހުގެ 18 ވަނަ ދުވަހު ދިނެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް ހަމަވުމުން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.
އެހެންވެ، ފްލެޓްގެ ވެރިފަރާތުން ފަހުން އެދުނީ ފާރު ރޭނުމަށް އިތުރު ތިން މަސް ދިނުމަށެވެ. ނަމަވެސް އާބަންކޯއިން މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހަތް ދުވަހުގެ ތެރޭގައި ފާރު ރާނައި ނިންމުމަށް އަންގައިފަ އެވެ. އެ މުއްދަތު މިދިޔަ ބުދަ ދުވަހަށް ވަނީ ހަމަވެފަ އެވެ. އޭގެ އިތުރުން، ޖޫރިމަނާ ފައިސާ ދެއްކުމުގައި ވެސް ލުއެއް ހަމަޖައްސައިދިނުމަށް އެ ދެ ފްލެޓުގެ ވެރިން އެދުނެވެ.
ނަމަވެސް، އާބަންކޯއިން މިއަދު ބުނީ ޖޫރިމަނާއަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ. އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ ވެސް އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ދެ ތަން ވަނީ ޒަމާނީ ފެންވަރަށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުބް
24 June 2023
ތީބހާދަ ފައްކާ ގޮތަކޭދޯ.މަވެސް ބޭނުން ދެއެޕާރޓްމަންޓް އެއްކޮށްލަން.އެތެރެ އެތެރެއިން އެކަން ނިންމާނެ.
ހުސްނުހީނާ
21 June 2023
ހޮޅިވާހަކަ. އަހަރުމެން ލޮލުގަ އަނދުނެއް އަޅުވާނަމޭހިތާ ތިއުޅެނީ. މިހާރަކު ތިކަމެއް ނުވާނެ. ތި ޖޫރިމަނާ ނައަތުލެވޭނެ. އަތުލަން އުޅެންވެސް ނުކެރޭނެ. ވަކިބަޔަކާ ކުރިމަތިލާން ޖެހުނީމާ ކުޑަކަކޫމައްޗަށް ތިރިވާން ތިޖެހެނީ. އާރެއް، ބާރެއް ނެތް ބަޔެއް. އަހަރުމެން މިތިބީ ބަލަން!
ރަދީފްއޮފިޝަލް
21 June 2023
އެއްކަމެއް ވެސް ނުކުރެވޭނެ.ތިއުޅެނީ ރަނގަޅަށް ފްލެޓްތަކުން ކުލި ކަލެކްޓް ނުކުރެވިގެން. # ޗާބަން ކޯ
ތުއްތުކޮއި
21 June 2023
ކުރިޔަށް އޮތީ އިންތިޚާބުކަން އެނގޭ. މިބުނީ ވަރަށް ވާހަކަ
ޢާބަން
21 June 2023
ކިތައް އެޕާޓްމަންޓްތޯ ބިދޭސީ ކުއާޓާ އަށް ހަދާފަހުރީ. ޢެތަންތަން ސާފުތާހިރުކަން ވަރަށްދަށް. ޓަވަރގަ އުޅޭ އެހެން މީހުންނަށް ވ އުނފަގޫވޭ ބިދޭސީ ކުޢާޓަާތަކާހެދި. މީ އިންޑަސްޓްރިއަލް ޒޯން އެއް ނޫންދޯ
ޖޯޖް
21 June 2023
ތަނުގެ ސްކްރަކްޗާއަށް ބަދަލް ނުގެނި ކޮންމި ގޮތަކައް އެތާގެ ވެރިފަރާތުގެ ހުއްދައާއެކު އުޅެވިދާނެ އިންޑަޗްޓްރިއަލް ޒޯނެއްކަން އެނގިހުރެ ކާކުބުނީ ތިތަނައްދާށޭ
ސިމްސިމް
21 June 2023
ހިޔާގެ ފާރުތައް އެއީ ވަކި ފެންވަރަކަށް، ވަކި މިންގަނޑަކަށް ހަދާފަ ހުރި ވަރުގަދަ ފާރުތަކެއް. އެ ފެންވަރަށް ހަދާތޯ ބަލަންޖެހޭނެ. ނަމަކަށް ބިތްގަނޑެއް ޖެހިޔަސް، އެ ބަލައިގަނެގެން ނުވާނެ!
ކޮންސްޓޭ
21 June 2023
ފޮޓޯއިން ފެންނަ ސޯފާ ގަތީ ކޮންތާކުންތޯ ބަލާލަން ވަރަށް ބޭނުން. އެވަރުގެ ސޯފާއެއް ހޯދާތާ ވަރަށް ދުވަސް ވެއްޖެ
މީމުު
21 June 2023
އަނެއްކާ ދެތަން އެއްކޮލައިގެންތަ ތިއުޅެނީ.އެހާ ބޮޑު އެއްޗެއް ވައްދަން.
ދެބޮަްއ
20 June 2023
ނުކުރެވޭނެ ެއެއްކަމެއްވެސް މީކަމެކުރަންކެރޭ ސަރުކާރެއް ނޫން މަހުލޫފް ބުނާހެނަ އަތުލައިފިއްޔާ ސަރުކާރު އޮރިޔާން ކުރާނެ ހަމަ
މޫސަ
20 June 2023
ހިޔާފުލެޓްތަކުގަ އުޅޭ ބިދޭސީން ނެރެ އެތަން ސާފް ކޮށްބަލަ
މޯޑަ
20 June 2023
ކުރިންވެސް ބުނިން އާބަންކޯ އަކަށް ނުވާނޭ އެއްކަމެއް ވެސް