ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގައި ބޮޑު ޗުއްޓީ އާއި އީދަށް ފުރާ މީހުން ޗެކިން ވުމަށް ކައުންޓަރުގައި ކިއުގައި ޖެހިގެން: ބަންދަށް ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ފުރަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ޖޫން 2023 - 15:57
ސްކޫލް ބޮޑު ޗުއްޓީ އާއި އީދު ބަންދަށް ގިނަ ބަޔަކު މިއަދު ރަށްރަށަށް ފުރާތީ ޑޮމެސްޓިކް ދަތުރުތަކަށް ވަރަށް ބާރުބޮޑުވެއްޖެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ މިއަދު އެކަނިވެސް އެ އެއާލައިންގެ 50 ޑޮމެސްޓިކް ފްލައިޓް ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ. މާދަމާއަށް 56 ފްލައިޓް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އެ އެއާލައިން އިން ބުންޏެވެ.
ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ ބޭރުގައި ބޮޑު ޗުއްޓީ އާއި އީދަށް ފުރާ ބަޔަކު މަޑުކޮށްލައިގެން: ބަންދަށް ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ފުރަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑޮމެސްޓިކް ދަތުރުތައް ކުރާ އިތުރު އެއާލައިނެއް ކަމަށްވާ މަންޓާ އެއާގެ 10 ފްލައިޓެއް މިއަދަށް ޝެޑިއުލްކޮށްފައިވެ އެވެ. އަދި ވިލާ އެއާއިން ވެސް 10 ފްލައިޓް ދަތުރުކުރެ އެވެ. އެއާ އެކު މިއަދު ޑޮމެސްޓިކް ފްލައިޓްތަކުގެ 70 ދަތުރު އޮންނާނެ އެވެ.
އާންމުކޮށް ދުވާލަކު އޮންނަނީ ޑޮމެސްޓިކް ފްލައިޓުތަކުގެ 20-30 ދަތުރެވެ. އެހެންވެ މިއީ ވަރަށް ބޮޑު އަދަދެކެވެ.
ބޮޑު ޗުއްޓީ އާއި އީދަށް ފުރާ ބަޔަކު އެމްއެމްއޭ ކުރިމަތިން ލޯންޗަށް އަރަނީ: ބަންދަށް ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ފުރަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ލޯންޗުފަހަރުގައި ވެސް ގިނަ ބަޔަކު މިއަދު ރަށްރަށަށް އަންނަނީ ފުރަމުންނެވެ. މާލޭ ރަސްމީ ފާލަން އޮންނަ ސަރަހައްދާއި އާންމުކޮށް އޮޑިދޯނިފަހަރު ފުރާ އެމްޕީއެލްގެ ޖެޓީ ކައިރި އަދި ދުވާ ޓްރެކް ކުރިމަތިން ބަނދަރު ސަރަހައްދު ވެސް އޮތީ ފުރާލައިފަ އެވެ.
ވެލާނާ އެއާޕޯޓާއި މާލޭ ބަނދަރުމައްޗާއި އުޅަނދުތައް ފުރާ އެހެން ސަރަހައްދުތައް މި ގޮތަށް ބިޒީ މިވީ ބޮޑު އީދާއި ސްކޫލް ބަންދާ އެކު ބޮޑު ޗުއްޓީއެއް ލިބޭތީ އެވެ.
ބޮޑު ޗުއްޓީ އާއި އީދަށް ފުރާ ބަޔަކު އެމްއެމްއޭ ކުރިމަތިން ލޯންޗަށް އަރަނީ: ބަންދަށް ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ފުރަމުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑު އީދު ދުވަހަށް ވަނީ އަންނަ ބުދަ ދުވަހެވެ. މާދަމާއިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އީދު ޗުއްޓީގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ބޮޑު ޗުއްޓީއަށް މިއަދު ސްކޫލްތައް ބަންދު ކުރި އިރު، ކިޔެވުން ދެން ފެށޭނީ އަންނަ އޮގަސްޓް މަހު ހައެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބެ
23 June 2023
އަދިވެސް ނެތް ފަސޭހައިން ލޯންޗް ދަނތުރުތަށް ލަފާ ފުރޭނެ ފަސޭހަ ގޮތެއް، ބަޔެއްފަހަރު 3 ލޯންޗު ހުރަސްކޮށްފަ ލޯންޗަށް އަރަންޖެހޭ.
ކެނެޑީ
22 June 2023
ނަޒްލާ ފާޅުވާ ގަޑި ކައިރިވަނީ
އައިމިނާ
22 June 2023
މި ސުރުޚީ ކިޔާލީމަ؟؟
މުޑަހަންޖާ
22 June 2023
އެހެން ގައުމުތަކުގަ ބަންދުވީމަ ވާގޮތާއި ހިލާފަށް ރާއްޖޭގައި ދުވާލަކު 70 ފުލައިޓުގަ އެންމެން ދުއްވައިގަންނަން ޖެހެނީ ވަކިގަބީލާއަކަށް ކުލިދައްކަން. އެއްރަށުން އަނެއްރަށަށް ދަތުރު ގިނަވެގެނެއްނޫން މިއުޅެނީ.
ބޮޑުމީހާ
22 June 2023
އޯގާތެރިސަރުކާރުން އަގުހެޔޮކުރި ޓިކެޓާއިއެކު ކޮލޮމްބޯއަށް ދިއުމަކޭ އައްޑޫއަށް ދިއުމަކޭ މިވަނީ އެއްވަރު. ޝުކުރިއްޔާ އިބޫ ދެވަނަ ދައުރެއް ހައްްްގު
ައަލީ
22 June 2023
ގިނަލާރިހޯދަންވެގެން ޓުއަރިސްޓުނަށް ވިއްކާފައި ބާކީއެއްޗެއް އޮތްނަމަ ދިވެހިންނަށް ލިބެންއޮތީ އެހެންވެޓިކެޓް ލިބެންނުހުންނަނީ
ބ. އަތޮޅުުރައްޔިތުންގެ އެދުމެއް
22 June 2023
ކޮންމެވެސް އެއަރލައިނަކުން ދަރަވަންދޫއައް ފްލައިޓެއް ބާއްވަދީބަލަ. ހާދަަ ކަނޑުގަދައޭ ދަތުރު ކުރެވޭ ވަރެއްވެސް ނޫން
ރޯފެންދޭ ފްލައިޓް
22 June 2023
ޓިކެޓް އަގުވަނީ 2018އިން ބަލާއިރު ދެގުނަ ވެފަ
ހާސަރު
22 June 2023
ގައުމުގެ ވެރިކަން ކުރާރަށުން ކަނޑުމަގުން މީހުން ފުރަން ހުރިއިންތިޒާމްތައް ނިކަން ދެކިބަލަ! ސިޓީކައުންސިލުން ވެސް ޕްލޭނިންގ މިނިސްޓްރީންވެސް މިކަމަށް އެއްވެސް ހައްލެއް ހޯދާނުދިން.
ދަރި
22 June 2023
އަސްލުވެސް. އެޔޮށް ފަދަ ފަޅު ކައިރީ ރެއިލިންގަޑެއްވެސް ނެތް. ވެއްޓޭނެ މީހެއް ވެއްޓެންވީ. ރައްކާތެރިކޮށް ތަނެއް ހަދާފަ ބަހައްޓަން ނޭނގެ
ދޯޕައްޓާ
22 June 2023
ވެރިކަންކުރާރަށްވީމަ މީހުން ފުރާތަން ހުންނަންޖެހެނީ ވަކިގޮތަކަށްތަ.
6 މަސް
22 June 2023
6 މަސް ކުރިންވެސް ޓިކެޓް ނަގަން އުޅެގެންވެސް މިކަމެއް ނުވި. މޯޑިވިއަން ސްޓާފުން ބުނެގެން ބްލޮކް ކޮއްފައޯ. ދެން ބުނާނެ އަވަހަށް ނެގީމާ އަގުހެވޯ. ދެން މި ޓިކެޓްތަށް ރިލީޒް ކުރަނީ 3 ދުވަހަށް ވީމާ