ޚަބަރު / ހައްޖު

ހައްޖު ފުރިހަމަކޮށް އުފަލުން އުޅުމަށް ފަހު ކުއްލި މަރެއް

ގާސިމް.

ހައްޖުގެ އަޅުކަން އަދާކޮށް ނިމުނު ފަހުން ދިވެހި ހައްޖާޖީއަކު ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވީ، ނ. ހޮޅުދޫ މީހެއް ކަމަށްވާ ގާސިމް އިބްރާހިމް، 70، އެވެ.

ގާސިމާ އެކު ހައްޖަށް ގޮސް ހުރި އޭނާގެ ދޮށީ ދަރިފުޅު، އިބްރާހިމް ޒަކީ "މިހާރު" އަށް ބުނީ ބައްޕަ ނިޔާވެފައި އޮއްވައި ފެނުނީ ފަތިސް ނަމާދަށް ވުޟޫކުރަން ފާހަނާއަށް ވަނުމަށް ފަހު ޚަބަރެއް ނުވެ ލަސްވެގެން ބެލިއިރު ކަމަށެވެ.

އިބްރާހިމް ބުނީ ބައްޕަ އަކީ ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހެއް ކަމަށާއި ސިއްހީ އެހެން ކަމެއް ކުރިން އެނގިފައި ނެތް ކަމަށެވެ.

ގާސިމްގެ ހަޔާތުގައި ކުރި ފުރަތަމަ ހައްޖުގެ އަޅުކަމަށް ފަހު ތަވާފުކޮށް ރޭ ސައުޔު ވެސް ކޮށް ނިންމި ކަމަށާއި އޭގެ ފަހުން ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އާއިލާއިން ބުންޏެވެ.

"ބައްޕަ އަބަދު ވެސް ބުނާނެ ހައްޖަށް ދާން ބޭނުންވާ ވާހަކަ. ރޭގައި ބުނި ބައްޕައަށް ދެން މިކަން ކުރެވުނީ ނޫންހޭ." ޒަކީ ބުންޏެވެ.

"ވަރަށް އުފާވެފައި ހުރީ ހައްޖަށް އާދެވުނީމަ."

ގާސިމް ނިޔާވިއިރު އަންބަކާއި އޭނާގެ ހަތަރު ދަރިން އެބަތިއްބެވެ.

ރާއްޖޭން ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެފައި އޮއްވައި ވެސް މިދިޔަ ހަފްތާގައި ވަނީ ފެނިފަ އެވެ. އެ މީހާ ގެއްލުނީ އަރަފާތަށް ދިއުމުގެ ކުރިން މިނާގައި ތިބިރެ އެވެ.

10 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 67%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިދަރިން

04 July 2023

إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ

The name is already taken The name is available. Register?

ކަމަނަ

02 July 2023

މިހާރު ގިނަ މީހުން ދަނީ ޒުވާން އުމުރުގައި ބައެއް މީހުނަށް ތަނަވަސްކަން ނުލިބި ލަސްވަނީ.

The name is already taken The name is available. Register?

GanevihkaaDOTcom

02 July 2023

إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ އުމުރުންދުވަސްވެ ގައިބާރު ދެރަނުވަނީސް ހައްޖުގެ އަޅުކަން އަދާކުރަން ދިވެހިން އާދަކުރަންޖެހޭ، އުމުރުންދުވަސްވެ ވާނުވާނޭންގޭ ވަރަށް މުސްކުޅިވީމާ ހައްޖަށް ދިއުމަކީ ދިވެހިންގެ މެދުގައި އޮންނަ ސަގާފަތެއް، ޒުވާންއުމުރުގައި ހައްޖަށް ދާނަމަ މާފުރިހަމައަށް އަޅުކަން އަދާކުރެވޭނެ! ފައިސާގެ ތަނަވަސްކަން ލިބިފައިވާ ކިތައް ޒުވާނުން މިހާރުވެސް ހައްޖުގެ އަޅުކަން އަދާނުކޮށް އެބައުޅޭތޯ؟

The name is already taken The name is available. Register?

ވިކިލީކްސް

02 July 2023

انا لله وانا اليه راجعون اللهم اغفرله وارحمه وعافه وعف عنه މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި. އަދި މައްޔިތާގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި. آمين

The name is already taken The name is available. Register?

ސަލްމާންް

02 July 2023

މަރުހޫމުގެ ހައްޖަކީ މަބްރޫރް ހައްޖެއްކަމުގައި ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި.-- އާމީން

The name is already taken The name is available. Register?

މުަހައްމަދު

02 July 2023

ތިޔަ ބޭފުޅުން ނޫހުގައި ކޮންމެފަދަ އެއްޗެއްވެސް ލިޔެވިދާނެ. އަޅުގަޑަކީ ގާސިމްބެ ގެ ހާލަތު އެންމެ ކައިރިން ދެކުނު އެކަކު، ރޭވެސް އިރާކޮޅު ގާސިމް ބެ ބަލިވެ އުޅުއްވާތީ ގާސިމްބެ ކައިރީ ވަގުތު ހޭދަކުރިން. ދެއްކެވި ގިނަވާހަކަތަކާ ކުރެއްވި ސަކުވާތަކުގެ އަޑުވެސް އިވުނު ، ނަމަވެސް ހައްޖުގެ ވަދާއީ ޠޮވާފް ފިޔަވާ އެހެން ހުރިހާ އަޅުކަމެއް ރޭ ރާއްޖޭ ގަޑީން މެންދަމު 2 ގެ ފަހުން އަދާކޮށް ނިންމި. އަލްހަމްދު ލިއްލާހި،

The name is already taken The name is available. Register?

ނޭނގުނު

02 July 2023

ނޫސްވެރިން ލިޔެފައިވަނީ ގާސިމްއާއި އެކީ ހައްޖައް ގޮސްހުރި އޭނާގެ ދޮށީ ދަރިފުޅާއި ހަވާލާދީފައި ކަމަށް ޚަބަރުގައި އޮތީ.. ނޫސްވެރިން ހަދައިގެން ދެއްކި ވާހަކައެއް ނޫން ދެއްތޯ؟

The name is already taken The name is available. Register?

އަހްމަދު ޝ

02 July 2023

ﷲ އެބޭފުޅާގެ އަޅުކަން ޤަބޫލުކޮށްދެއްވައި އޭނާގެ ފާފަ ފުއްސަވައި ޖައްނަތުލް ފިރުދައުސް މިންވަރު ކުރައްވާދޭވެ. އަދި އަޅަމެންނަކީ އިބަރަސްކަލާގެއާއި ބައްދަލުވާހިދު ސުވަރުގެ ވެރިންކަމުގައި ލައްވަވާދޭވެ. އަޅަމެންނަށް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ހެޔޮތައުފީޤު ދެއްވައި ނަމާދު ފުރިހަމަގޮތުގައި ކޮށްއުޅޭ ސާލިހު ދިރިއުޅުމެއްގެ ވެރި ބައެއް ކަމުގައި ދުނިޔޭގެ ހަޔާތް ލައްވާށި...އާމީން

The name is already taken The name is available. Register?

އައްބެ

02 July 2023

މާތްﷲ އެބޭބެގެ އެންމެހާ އަޅުކަން ޤަބޫލުކުރައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އާމީން. އަދި ދިރިތިިބީންނަށް މިފަދަ ހެޔޮ އަޅުތަކުންގެ މަރުތަކަކީ އިބުރަތެއްކަމުގައި ލައްވާ އެއުރެންގެ އަމަލުތައް އިސްލާހުކުރައްވާ ދޭނވެ! އާމީން.

The name is already taken The name is available. Register?

ގުއްލަލާ

02 July 2023

މަރުހޫމުގެ ހައްޖަކީ މަބްރޫރް ހައްޖެއްކަމުގައި ލައަވަވާ މަރުޙޫމަށް ސުވަރުގެ މިންވަރުކުރައްވާންދޭ..އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454