ސައިކަލު ޓެކްސީގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެ އަންހެން ކުއްޖަކު ސައިކަލް ދުއްވަނީ. އެ ހިދުމަތް ތައާރަފްކުރި މިވަގުތު ހިދުމަތް ދެނީ އެންމެ ސައިކަލަކުން--މިހާރު ފޮޓޯ/ނިޝާން އަލީ
30 ޖެނުއަރީ 2017 - 13:23
ސައިކަލް ޓެކްސީގެ ޚިދުމަތް އިއްޔެ ތައާރަފްކުރި ނަމަވެސް އެކަން މުޅިން ފުރިހަމައަށް ދޭން އަދި ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ސްކޫޓެކްސީ އިން މިއަދު ބުނެފި އެވެ.
ސައިކަލް ޓެކްސީގެ ހިދުމަތް ދޭ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ސައިކަލް ޓެކްސީކުރާ މީހުންނަށް ޓްރާންސްޕޯޓުން ދޭ ލައިސަންސް ލިބޭ މިންވަރަކުން އިތުރު ސައިކަލްތައް ނެރޭނެ ކަމަށެވެ.
"މިވަގުތު ފަސް މީހުންނަށް ލައިސަންސް ލިބުނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ފުރިހަމަވާ އިރު ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ފެށޭނެ އެވެ. އޭރުން ފޯނުކޮށްގެން ވެސް ސައިކަލް ޓެކްސީ ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫޓެކްސީން ނިންމާފައި ވަނީ ޖުމްލަ 20 ސައިކަލް ހިދުމަތަށް ނެރޭށެވެ. އެކަމަކު މި ވަގުތު ބޭނުންކުރަނީ ފަސް ސައިކަލެވެ.
"މި ވަގުތު އަޅުގަނޑުމެންގެ އަމިއްލަ ފަސް ސައިކަލް އެބަހުރި. ޑްރައިވަރުންގެ އަމިއްލަ ފަސް ސައިކަލް އެބަހުރި. ބައެއް މީހުން ބޭނުމެއް ނުވޭ އަމިއްލަ ސައިކަލުގައި ރީނދޫ ބޯޑެއް ޖަހަން. އެއީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.
ސްކޫޓެކްސީން ހިދުމަތް ދެނީ އަންހެން ދެ ޑްރައިވަރުންނާއި ފިރިހެނުން ތިން ޑްރަައިވަރުންނެވެ. އެ ސެންޓަރުން މަހު ފީގެ ގޮތުގައި ކޮންމެ ސައިކަލަކަށް ނަގަނީ 700ރ. އެވެ. ދަތުރަކަށް ނަގަނީ ދިހަ ރުފިޔާ އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ގިނަ މީހުން ޝައުގުވެރިވާ ގޮތަށް މަހު ފީ ވެސް ބަހައްޓަން. މިވަގުތު ކަނޑައަޅާފައިވާ އަދަދަކީ އެންމެ އެކަށީގެންވާ ރޭޓް. އެ އަގަކީ އެ މަސައްކަތްކުރާ މީހުންނަށް ވެސް ކޮންމެ ވެސް ރަނގަޅު އެއްޗެއް ލިބޭނެ ކަމަށް ބަލާފައި ކަނޑައެޅި އަގެއް،" އޮފިޝަލް ވިދާޅުވި އެވެ.
ސްކޫޓެކްސީން ބުނެފައި ވަނީ ސައިކަލް ޓެކްސީގެ އެޕްލިކޭޝަން އެޕް ސްޓޯ އާއި ގޫގުލް ޕްލޭ ސްޓޯއަށް ވެސް ވަރަށް އަވަހަށް ލާނެ ކަމަށެވެ.
ސައިކަލް ޓެކްސީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަވާލުކޮށްފައި ވަނީ ދެ ކުންފުންޏަކާ އެވެ. ނަމަވެސް މިވަގުތު ހިދުމަތް ދެނީ ހަމައެކަނި ސްކޫޓެކްސީންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޅު
31 January 2017
ހަލަބޮލި ބުނިހެން ޓެކްސީ ޑްރައިވަރުން ސައިކަލްތަކަށް ދަތިކުރުން އެއީ ވަރަށް ބޮޑަށް ހިނގާކަމެކެވެ. ކާރުތައް ކުރިއަށް ނުދެވި މަގު ބަންދުވާއިރު ހުރިހާ ކާރުތައް އެއްފަޅިއަށް އަރާނުތިބެއެވެ. ތިބެނީ އެބުނިހެން ޒިގްޒޭގް ކޮށެވެ. އެއްސަފެއްގައި ތިބޭނަމަ ދަތިކަމެއްނެތި ސައިކަލްތަކަށް އަރައިގެން ދެވޭނެއެވެ. އަދި ތަންކޮޅެއް މަގުބަންދަށް ފަސޭހަވެސްވާނެއެވެ. އެކަމަކު އެހެން އެކަންކުރަނީ ވަރަށް މަދު ޑްރައިވަރުންނެވެ. މިއީ މިގައުމުގައި މިހާރު ފެތުރިފައިވާ އަނާނިއްޔަތުގެ ތެރެއިންވާކަމެކެވެ. އަނެކާއާމެދު އެއްވެސް ވަރަކަށް ޚިޔާލުކުރުމެއްނެތެވެ. ތިމާތިމާ ނިމުނީއެވެ.
ބަކަކު
31 January 2017
ތާކު ބަޔަކު ކަމެއް ކުރާތީ ކުރަން އުޅެންޔާ ތިހެންވެސް ވާނެ..މާދަމާ ގާޑިޔާ ދަތުރު ތާރަފްކުރޭ
ޢަލީ
30 January 2017
ވަރައް ރަގަޅު ހިދުމަތެއް.
ޛާ
30 January 2017
ވަރައްރަގަޅުކަމެއްދެންއަވަހައްކުދިބަސްގެނެސްމާލޭގަބަސްދަތުރުވެސްފަށަންވީ
ހަލަބޮލި
30 January 2017
ދެން ހައްދަވައިދެއްވަންވީގޮތަކީ މަގު ބޮލޮކް ކުރާ ޓެކްސީކާރުތައް ވަގުތުން ބޮޑުޖޫރިމަނާއެއްކުރަންވީ ހީވާކަހަލަ މަގަކީ ހަމައެކަނި ޓެކްސީޑްރައިވަރުންގެ ތަނެކޭ. ސައިކަލަކަށް ކުރި ނޭރޭގޮތަށް ޒިގްޒެކްވާގޮތަށް މަގުބައްދާލާނެ ދެން ޖެހެނީ ސައިކަލުގެ ބަރުގަނޑުއަޅަން. މިއީ ގަސްތުގައި ހުރިހާ ޑްރައިވަރުން ކުރާކަމެއް މިބައި މީހުން ދެން މިކަން އިތުރުކުރާނެ އެއީ ޓެކްސީ ސައިކަލުތަކަށް އަމާޒުކޮށްގެން މިއީބޮޑާފޮނިބައެއް ރަގަޅަށް ޖޫރިމަނާކޮށްލާ! އަވަސްކުރޭ މަގުއަމާން ކުރޭ!
ރަދީފް
30 January 2017
ރަނގަޅުކަމެއް.ފީސިބިލް ވާނެކަމަށް އުއްމީދުކުރަން. ގުޑް ލަކް