ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބިރުވެރިކަން އިޔާދަނުކޮށް، މި އަމާން ދިރިއުޅުން ދަމަހައްޓަން ޖެހޭ: ރައީސް

ރައީސް މިރޭ ފޯކައިދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ: މި ރަށުގެ ހުރިހާ ވައުދެއް ފުއްދިއްޖެ ކަމަށް ވިދާޅުވި

ށ. ފޯކައިދޫން،  ނާޒިމް ހަސަން، މިހާރު

10 ޖުލައި 2023 - 00:04

9 comments

ކުރީގެ ސަރުކާރުގައި ރާއްޖެ އޮތް އަނިޔާ އާއި ބިރުވެރި ހާލަތު އިޔާދަވިޔަނުދީ، ތަރައްގީ އާއި އަމާންކަމާއި ހަމަޖެހުމުގައި ގައުމު ކުރިއަށް ގެންދަން އެމްޑީޕީގެ ކޯލިޝަނާ އެކު ރިޔާސީ އިންތިހާބުގައި ތިބެން ޖެހޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފޯކައިދުއަށް މި ސަރުކާރުންވީ ވައުދުތައް ސަތޭކަ އިން ސަތޭކައަށް މިއަދު ފުއްދައިދެވިއްޖެ ކަމަށެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންވީ މި ތަރައްގީ އާއި ހަމަޖެހުން ދަމަހައްޓަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

މި ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތާއި އާ ބަނދަރާއި އާ ސިއްހީ މަރުކަޒާއި ފުޓްބޯޅަ ދަނޑު މިއަދު ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ. އޭގެއިތުރުން މި ރަށުގައި ބީޗެއް ހެދުމުގެ މަޝްރޫއު ވަނީ ހަވާލުކޮށްފަ އެވެ.

ގިނަ ކަންތައްތަކެއް ކޮށްދެވުނު ކަމުގެ އުފާ މިއަދު އެބަ ލިބޭ, މުޅި ރާއްޖެއަށް ހަމަޖެހުމެއް ލިބިއްޖެ, ނޫސްވެރިންނަށް މިނިވަންކަން ތަންމިނަށް ލިބިއްޖެ، ރައްޔިތުންނަށް އަމާންކަމާއި އުފާވެރިކަން އިހްސާސް ކުރެވެން ފަށައިފި, އަސާސީ ހިދުމަތްތައް ލިބިއްޖެ. -- ރައީސް

ރައީސް މިރޭ ފޯކައިދުއަށް ވެވަޑައިގަތީ އާ ވައުދުތަކެކެވެ.

މި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހަދައި ހައުސިން ޔުނިޓްތައް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް އޮތްކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުޅި ރާއްޖެއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 90 ޕަސެންޓް ވައުދުތައް މިހާރު ދަނީ ހިނގަމުންނެވެ. އެމަނިކުފާނު ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ދެވަނަ ދައުރަކަށް ވެސް ކުރިމަތިލެއްވީ ރައްޔިތުންނަށް މިހާރު އިހްސާސް ކުރެވެމުންދާ އަމާން ދިރިއުޅުން ދަމަހައްޓައިދެއްވުމުގެ ގޮތުން ކަމަށެވެ.

ފޯކައިދޫގައި ބާއްވާ ކެމްޕެއިން ޖަލްސާގައި ރައީސްއާ އެކު އެމްޑީޕީގެ އަދި ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވަނީ

ކުރީގެ ސަރުކާރުތަކަށް ރައީސް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދެއްކެވީ އެ ސަރުކާރުތަކާއި މި ސަރުކާރުގެ ތަފާތެވެ؛ މި ފަސް އަހަރުގެ ތެރޭ ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިއްޖެ ކަމަށާއި ސިޔާސީ ހަލަބޮލިކަމުން ސަލާމަތްވެ، ބިރުވެރިކަން ނެތިއްޖެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ހުލާސާ:

- މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ހަމަޖެހުމެއް ނެތް، އޮތީ ބިރުވެރިކަމެއްގެ ތެރޭގައި.

- ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުންނާއި ނޫސްވެރިން ތިބީ ބިރުވެރިކަމެއްގެ ތޭރޭގައި.

- އެ މަންޒަރު ބަދަލުވެ، އުމްރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުން މި ދައުރުގައި ކުރިއެރުންތަކެއް ވަނީ ލިބިފައި.

- ރާއްޖެ މި ދެކޭ ހަމަޖެހުމުގެ ސިއްރަކީ ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުން.

- ސަރުކާރު ހިންގާ ޕާޓީއަކާ އެކު މީގެ ކުރިން އެހެން ޕާޓީއަކުން ކޯލިޝަން ހަދާފައި ނެތް.

- މި އިންތިހާބަށް ވެސް ނުކުންނެވީ ބިޔަ ކޯލިޝަނަކާ އެކު ކަމަށް ވިދާޅުވި.

ރައީސް ވިދާޅުވީ މި ސަރުކާރުގައި އެންމެންނަށް ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް އެ މަޖިލީހުގެ ރައީސް ބޭނުންވާ ގޮތަށް ހިންގަވަމުން ގެންދަވާ ކަމަށެވެ. އެކަން ސިފައިން ވަދެ ނުހުއްޓުވާނެ ކަމަށާއި ނޫސްވެރިންނަށް ވެސް އެމީހުންގެ ގަލަމުގައި ދޯރި ޖަހަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް ހަމަޖެހުމާ އެކު ތަރައްގީގެ ގޮތުން ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ.

އައްޑޫއަށް އަންނަ ބޮޑު ބަދަލާއި މާލޭގެ ބޯހިޔާވަހިކަމަށް ލިބުނު ހައްލާއި ތައުލީމީ އަދި ސިއްހީ ދާއިރާގެ މުސާރައަށް ގެނެވުނު ހެޔޮ ބަދަލުތައް ރައީސް ވިދާޅުވެދެއްވި އެވެ. ހަމައެއާއެކު މިނިމަމް ވޭޖާއި ހިލޭ ޑިގްރީއަށް ކިޔެވުން ފަދަ ކަންކަން ފާހަގަކުރެއްވި އެވެ.

"ގިނަ ކަންތައްތަކެއް ކޮށްދެވުނު ކަމުގެ އުފާ މިއަދު އެބަ ލިބޭ, މުޅި ރާއްޖެއަށް ހަމަޖެހުމެއް ލިބިއްޖެ, ނޫސްވެރިންނަށް މިނިވަންކަން ތަންމިނަށް ލިބިއްޖެ، ރައްޔިތުންނަށް އަމާންކަމާއި އުފާވެރިކަން އިހްސާސް ކުރެވެން ފަށައިފި, އަސާސީ ހިދުމަތްތައް ލިބިއްޖެ،" ރައީސް ވިދާޅުވި އެވެ. "ކުރިއަށް އޮތް އިންތިހާބުގައި ގޮތް ނިންމާއިރު ވަށައިގެން ހިނގި ކަންކަމާއި އަދި ހިނގަމުންދާކަމާ މެދު ފުންކޮށް ވިސްނާލާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި މި އިންދުނީ އަދި ހަމަ އެންމެ އޮށެއް ކަމަށެވެ. އޭގެއިން ގަސް ފަޅާ މޭވާ އަޅަން ވަގުތު ނަގާނެ ކަމަށާއި އެކަން ދެމެހެއްޓުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. "ނިންމަން އޮތީ މިދާ ތަރައްގީގެ މަގުގަ ކުރިއަށްދާނީތޯ ނުވަތަ އިހު އޮތް ބިރުވެރިކަމުގެ މަގަށް ސޮއްސާލާނީތޯ، އަނެއްކާވެސް މި ނުކުތީ ކޯލިޝަނަކާ އެކު, މިއީ ގައުމަށް ހެޔޮ އެދޭ ގައުމު ކުރިއަށް ގެންދިޔުމުގެ ހެޔޮ ނިޔަތުގައި ތިބި ބައެއް, މިއީ މި ރާއްޖޭގެ އުފެދޭ މެންބަޝިޕް އެންމެ ބޮޑު ކޯލިޝަން،" ރައީސް ވިދާޅުވި އެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 18%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެބިރެއްގެ ތަފާތު

10 July 2023

ކުރިން ބިރު އޮތީ ރައީސާ ވާދަކުރަން އުޅޭ މީހުނަށް. މިއަދު ބިރުއޮތީ މައިންބަފައިންނާ ތިމާގެމީހުން ދޫކޮށް ވަޒީފާގަންޑު އޮތްތަނަށް ގުލާނުކުރަން ގޮސް އުޅޭ މީހުނަށް. އެ ހުރިހާ ރައްޔިތުން ކުލީކޮޓަރިގަނޑުގެ އަޅުންނަށް ހަދާ ލޭންޑް ލޯޑުންގެ މަފިޔާ ފުޅާކުރާތީވެ. އެކަން ކުރަނީ މާލޭގެ ގެދޮރުނެތް މީހުންގެ ބޯކައިގެން އެއެންމެނަށް ލޭންޑް ލޯޑުންނަށް ވެވޭނެކަމަށް ދައްކާގެން. މީވެސް ދުވަހެއް. މަސްތު ފިލާއިރު ވަގުތު ފާއިތުވެ ބައިވެރިން ޒިންމާނުވާނެ.

The name is already taken The name is available. Register?

ސިކުނޑި

10 July 2023

ކުރީ ސަރުކާރުގައި ބިރުވެރިކަމެއް އޮތީ އިދިކޮޅަށް! މިހާރުވެސް އެ ހާލަތު ބަދަލެއް ނުވޭ! ދިވެހީންނަކީ ތާއަބަދު ޖަހާހާ ބެރަކަށް ނަށާބައެއްނޫން! އަދި ހަކުރު ދެންޏާ ބޮޑު ބޭބެއަށްވެސް ނުވާ ހިސާބެއް އޮންނާނެ! އަމާ ބުނީތީ ފަރަށްދާ އުސޫލުން ވެރިކަން ހިންގުމަކީ ދެވަނަ ދައުރެއް ދޭންޖެހޭކަމެއް ނޫން!

The name is already taken The name is available. Register?

މާހާ ޙުސައިން

10 July 2023

އަހަރެމެންނަށް މުސާރައަށް ލިބެނީ އެންމެ 7000ރ ޓީޗަރުންނަށް ނަރުހުންނށް 20000ރ ޕްރިންސިޕަލުންނަށް 34000ރ ބަލަގަ މިފަރުގެ ތަފާތެއް ތިގެންގުޅެނީ ހަމަ އިންސާފުންތޯ. އަހަރެމްނަކީވެސް ހަމަ ދިވެހިން އަހަރެމެންގެ ދަރިންނަކީވެސް ދޮވެހިންގެ ދަރިން. އެކަމަކު އެއްބައެއްގެ ދަރިން މީރުކާނާކައި ރީތިފޭރާންލައި މަޑު މޮޅު ތަންމަތީ ނިދާ ރާއްޖޭން ބޭރަށް އުދުހޭއިރު އަނެއްބަޔަކު ދަރައިންގެ ކަރަންޓުބިލާ ފެންބިލާ ޓީވީބިލް ނުދެއްކި އުޅޭކަން ނޭގެނީތޯ.

The name is already taken The name is available. Register?

ފޫހި

10 July 2023

ކޮން އަމާންކަމެއްގެ ވާހަކަތަ މިދައްކަނީ. ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެދާނެތީ ބޮޑުންނަށް ހަޒާނާހުސްކޮށްލާފަ ބަދަލުދީފަ ދެންމިކިޔަނީ އަމާނޭ. ރައީސް އަމާނެއްނޫނޭ މަގުފޭރުން ލޫޓުވުން އެކައުންޓް ހުސްކޮށްލުން ވައްކަންކުރުން މީހުން މެރުން މަދެއްނުވޭ. އެންމެ ރަހުމުކުޑަ މަރުތައް ހިނގީ މިސަރުކާރުގެ ދައުރުގައޭ ގެސްޓް ހައުސެއްގަ 14 އަހަރުގެ ފިރިހެންކުއްޖެ. ކޮޓަރިއެއްގަ ޒުވާން އަންހެންކުއްޖެއް ކުދިކުދި ކުރި ރަށްރަށުގައި އެކަނި ދިރިއުޅޭ މީހުން މެރި.

The name is already taken The name is available. Register?

ކަނބިލި

10 July 2023

މިހާރު މި ގައުމުގައި ރައްޔިތުންގެ ހަމަޖެހުމާއި އިންސާފާއި އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބިރުވެރިކަމަކީ އިބޫ ސޯލިހުގެ ވެރިކަން

The name is already taken The name is available. Register?

އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ

10 July 2023

މީހުން މެރުމަކީ ބިރުވެރިކަމަކަށް ނުވަނީތޯ؟ ނ. މަނަދޫގާ މަރާލި އަންހެންމީހާގެ ތަހުގީގު ވަރަށް ކުރިއަށްޖައްސާލާފާ މިހާރު އެކަން ދާނުދާގޮތެއްވެސް ނޭންގޭ. އިއްޔެ ފުވައްމުލަކުގާ ހިންގި މާރާމާރީގާ އެކަކު އެއޮތީ އައިސީޔޫގާ. މީގެ ދުވަސްކޮޅެއްކުރިން އިވުނީ 3 މީހުންވެގެން މީހަކު ރަހީނުކޮށްގެން ގެންގުޅުނު ވާހަކަ. ދެން އެކަމުގާ ހިމެނޭ ކުޑަކުއްޖާ އާއިލާއާ ހަވާލުކުރިވާހަކަ............ ބިރުވެރިކަމެއް ނޯންނާނެ ބޮޑީގާޑުންގެ ފައުޖަކާއެކު 24 ގަޑިއިރު އުޅޭ މީހަކަށް.

The name is already taken The name is available. Register?

ޖަހށމު

10 July 2023

އަހަރެމެން ރާއްޖޭގެ އެއްވއސް ތަނެއްގަ ގެދެރު ފްލެޓް އެއްވިޔަސް ނެތް ކުއްޔަށް އުޅޭ މީހުންނަށް ފްލެޓަކަށް ލިޔަސް ލައްވާލަނީ މަހަކު ވިހިހާސް ދައްކަންޖެހޭ ވިނަރެސް ކަހަލަ ތަނެއް. އެވަރު އެފޯޑެއް ނުވާނެ. އެއްބަޔަކަށް ހިލޭ ގޯތިދޭއިރު މިއީ ކިހާބޮޑު ތަފާތު ކުރުމެއް. އިބޫއަށް މިވަރުންވެސް އަހަރެމެން ވޯޓު ދޭނެތަ ހެހެ ނުދޭނަނަން

The name is already taken The name is available. Register?

މާތްކަލާކޯ! ސަލާމަތް ވާންވީ!

10 July 2023

ބިރުވެރިކަމަކީ ލޯނުތައް ނަގާނަގާ ކުރިއައް އޮތް އެތަކެއް ޖީލު ތަކައްވެސް އަތް ނުފޯރާވަރުގަ ގައުމު ދަރަނިވެރިވުން. ފައިސާ ޕްރިންޓު ކޮއްކޮއް ރުފިޔާ އަގުވައްޓާލީމަ، ޑޮލަރެއް ނުލިބޭނެ ވިހިރުފިޔާއައްވެސް! ލިބޭ ހުރިރާ ބޭރުފައިސާ ލޯނުތަކައް ދައްކަން ޖެހޭނީ. ލަންކާ، އާރޖެންޓީނާ، ލުބްނާން، އެބޮނީ އެބޮނޑި.

The name is already taken The name is available. Register?

ދިއްދޫމީހާ

10 July 2023

އެހެންތޯ 2013އިން2018އަ ވެރިކަންކުރި މީހާއަ ދިމާވި ކަންތައް ތިބޭޅާއަ ދިމާ ނުވޭދޯ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454