ރިޕޯޓް / ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިސްތިއުނާފު ހާއްސަ އުސޫލަކުން ނިންމިދާނެތަ؟

ޔާމީންގެ އިސްތިއުނާފަކީ ވަށައިގެން ބަލާއިރު ޖިނާއީ މައްސަލައެއްގެ އިސްތިއުނާފެއް ކަމަށްވިޔަސް، އެއީ އެހާ އާދައިގެ މައްސަލައެއް ނޫން

މީގެކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ޔާމީން: އިސްތިއުނާފު ނިންމިދާނެ ކަމާ މެދު ޔަގީންކަމެއް ނެތް

ޕީޕީއެމުން ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހައި ކޯޓުން ސަލާމަތްވެގެން ނޫން ގޮތަކަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތެއް ނެތެވެ. އެ މަގު އެ ކޯޓު ތެރެއިން ފަހިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްވަ އެވެ.

ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ބަންދުވާނެ އެވެ. މިއަދުން ފެށިގެން ގުނާ ނަމަ ބާކީ އޮތީ ރަސްމީ 15 ދުވަހެވެ. މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު ތިން ދައުވާއެއް ހިމެނޭ މައްސަލައެެއްގެ އިސްތިއުނާފު ނިމިދާނެކަމާ މެދު އޮތީ ހުސް ސުވާލެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ޔާމީން ހުރި އިރު، ޖިނާއީ ކުށެއް ސާބިތުވެ ހުކުމްގައި ހުރުމަކީ ރިޔާސީ ރޭހަށް ނުކުތުމުގެ ޝަރުތެއް އުނިވާ ކަމެކެވެ.

ޖަމީލު ވިދާޅުވާ ގޮތުގައި، ޔާމީންގެ އިސްތިއުނާފަކީ ވަށައިގެން ބަލާއިރު ޖިނާއީ މައްސަލައެއްގެ އިސްތިއުނާފެއް ކަމަށްވިޔަސް، އެއީ އެހާ އާދައިގެ މައްސަލައެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ އިންތިހާބީ ގިނަ ހައްގުތަކަކާ ގުޅިފައިވާ މައްސަލައަކަށް ވާތީ ވީއެންމެ އަވަހަކަށް މައްސަލަ ނިންމާނެ އެވެ.

ޔާމީނަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކަމަށްވެފައި، އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންތަކެއް އެބަ ތިއްބެވެ. ޖަމީލް ވިދާޅުވީ، މި މައްސަލަ ސީދާ ގުޅިފައި ވަނީ އެ އެންމެންގެ މަސްލަހަތާ އެވެ.

"އެއީ ވަރަށް ގިނަ އިންތިހާބީ ހައްގުތަކާ ގުޅިފައި އޮތީމާ އެ ފަރުވާ ފޯރުކޮށްދޭނެ. ފަރުވާއޭ މި ދެންނެވީ އިސްތިއުނާފީ މައްސަލާގައި ކޮންމެވެސް އެއްގޮތަކަށް ނިންމުން، އެ ރޯލުން އެ ބޭފުޅުން [ހައި ކޯޓު] އެއްކިބާވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުގެ ހަމަ ފުރިހަމަ އިތުބާރު އެބަ އޮތް،" ޖަމީލް ވިދާޅުވި އެވެ.

އެކަން ހައި ކޯޓުން ކުރާނީ "ޖުޑިޝަލް ފެއާނެސް" ނުވަތަ "ޖުޑިޝަލް އެކްޓިވިޒަމް" ތެރެއިން ކަމަށް ޖަމީލު ވިދާޅުވެ އެވެ. މާނައަކީ، ޔާމީންގެ މައްސަލަ އަށް ހައި ކޯޓުން ހާއްސަ ގޮތެއް ކަނޑައަޅައި، އާދަޔާ ހިލާފު އަވަސްމިނެއްގައި މައްސަލަ ނިންމާނެ ކަމެވެ.

ޖަމީލު މިހެން ވިދާޅުވާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަހަރީ ޗުއްޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި އިސްތިއުނާފުގައި ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ ނުކުތާތައް ވެސް ހުށަހެޅޭ ވަރު އަދި ނުވެ އެވެ.

އެހެންވެ، މައްސަލަ ނިންމިދާނެ ކަމާ މެދު ޝައްކު އިތުރުވެ އެވެ.

ގާނޫނީ ވަކީލް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި ޔާމީންގެ އިސްތިއުނާފީ މި މައްސަލައަކީ ވަރަށް ގިނަ އާންމު ރައްޔިތުންގެ އިހުސާސްތަކާ ވެސް ގުޅިފައިވާ މައްސަލައެކެވެ. އެހެންކަމުން، މި މައްސަލާގައި އަވަހަށް ގޮތެއް ކަނޑައެޅެން ވަރަށް ގިނަ ބަޔަކު އުއްމީދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކަށް ވަރަށް މުހިންމު، ވަރަށް ހައްސާސީ މައްސަލައެެއް މީ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދެތިން ހަތަރު މަސް ދުވަސް ތެރޭ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މި މައްސަލަ ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރަކު ވެސް ވިދާޅުވީ ޔާމީންގެ މި މައްސަލައަކީ އާންމު މަސްލަހަތު ވަރަށް ބޮޑަށް އެކުލެވިގެންވާ މައްސަލައެއް ކަމުން، މިއީ ހާއްސަ އުސޫލުތަކަކުން ކޯޓަށް އަމަލު ކުރެވިދާނެ މައްސަލައެއް ކަމަށެވެ. އާންމު މަސްލަހަތު އެކުލެވޭ މައްސަލަތަކުގައި މިހާރު ވެސް ހާއްސަ އުސޫލުން އަމަލުކުރާކަން ފާހަގަ ކުރައްވަމުން، ފަނޑިޔާރު ވިދާޅުވީ ހާއްސަ ވަގުތުތަކެއް ކަނޑައަޅައި ގިނަ ވަގުތު ދީގެން މި ބާވަތުގެ މައްސަލަތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިއީ ބެންޗަށް އޮތް އިހްތިޔާރެއް، ބެންޗުގައި ތިބޭ ބޭފުޅުންނަށް އެގޮތަށް ފެންނަ ނަމަ ކުރިއަށް ގެންދަންވީ،" ކުރީގެ ފަނޑިޔާރު ވިދާޅުވި އެވެ.

ޔާމީން ހައި ކޯޓުގެ ޝަރީއަތެއްގައި

ހައި ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންދާ ގޮތަކުން އަދިވެސް އޯގަސްޓް ހަތް ވަނަ ދުވަހުގެ ނިޔަލަށް މައްސަލަ ނިންމޭނެ ފުރުސަތު އެބައޮތް ކަމަށް ކުރީގެ ފަނޑިޔާރު ގަބޫލުކުރައްވަ އެވެ.

އެކަމަކު، ގާނޫނީ އެހެން ވަކީލަކު ސުވާލު އުފެއްދެވީ ކޯޓުގައި އެވަރަށް ވަސީލަތްތައް ހުރި ކަމާ މެދު އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވީއެންމެ އަވަހަށް މައްސަލަތައް ނިންމުމަކީ ޝަރުއީ ނިޒާމްގެ މައިގަނޑު އަސާސް ކަމަށް ވިޔަސް، ވަސީލަތްތައް މަދުވުމާއި ކުރަން ޖެހޭ މަސައްކަތްތައް ކޯޓުތަކަށް ގިނަވުމުގެ ސަބަބުން އެކަން އެގޮތަށް ކުރިއަކަށް ނުދެ އެވެ.

"މިހާ ދިގު އަޑުއެހުންތަކެއްގެ ބަޔާންތައް ލިޔުމާއި އެހެން ވެސް އިދާރީ މަސައްކަތްތައް ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައި ކޯޓަކީ ވަރަށް ބުރަ އަދި ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހިންގަން ޖެހޭ ކޯޓެކެވެ. ހާއްސަ ގޮތެއްގައި ބަންދުގެ މައްސަލަތަކާއި ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތްތަކުގެ ތެރެއިން ނިންމާ ނިންމުންތަކާ ގުޅޭ އިސްތިއުނާފުގެ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭ ނިންމަން ކަނޑައަޅާފައި އޮތުމުން، އެ މައްސަލަތަކަށް އިސްކަންދޭންޖެހޭކަން ފާހަގަކުރެއްވި އެވެ.

އެހެންވެ، އެ ހުރިހާ ކަމެއްގެ ތެރެއިން ވަކި މައްސަލައެއްގެ އިސްތިއުނާފު އާދަޔާ ހިލާފު އަވަސް މިނެއްގައި ކުރިއަށް ގެންދިޔުން އެއީ ކޯޓަށް ކުޅަދާނަ ކަމަކަށް ވާނެ ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރައްވަ އެވެ. ޔާމީންގެ މައްސަލަ އަށް މިހާރު ވެސް ހައި ކޯޓުން ހޭދަކުރާ ވަގުތު އެހެން މައްސަލަތަކާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުކަން ވަކީލް ފާހަގަކުރެއްވި އެވެ. އެގޮތުން، އާންމު ގޮތެއްގައި އަޑުއެހުންތަކަށް 40 މިނެޓް ލިބުނު ކަމަށްވިޔަސް، މި މައްސަލާގެ އަޑުއެހުންތައް ދެ ގަޑިއިރަށް ވެސް ދެމިގެންދިޔަ އެވެ.

"އެހެންވިޔަސް އަޅުގަނޑުގެ ތަޖުރިބާގައި އޯގަސްޓް ހަތަކަށް މި މައްސަލައެއް ނުނިންމޭނެ،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އޮތް 15 ދުވަސް ތެރޭ އަވަސް އަރުވާލައިގެން، އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް ފުރުސަތު ނުލިބި އަދި ފަނޑިޔާރުންނަށް ވެސް ދިރާސާ ކުރުމަށް އެކަށީގެންވާ މުއްދަތެއް ނުލައި މައްސަލަ ނިންމުމަކީ ޔާމީނަށް އަދި ދައުލަތަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުވެދާނެ އެވެ.

އެހެންކަމުން ޔާމީންގެ އިސް ވަކީލް ޔަގީން ކުރައްވާ ގޮތަށް މި މައްސަލަ އޯގަސްޓް ހަތަކަށް ނިންމިދާނެ ކަމާ މެދު އޮތް ސުވާލު އެ ގޮތުގައި އެބައޮތެވެ. ހައި ކޯޓުން އާދަޔާ ހިލާފު ހާއްސަ އުސޫލަކުން ގޮސްގެން ވެސް މައްސަލަ ނިންމިދާނެ ކަމާ މެދު ޔަގީން ކަމެއް ނެތްއިރު އެހެންވެއްޖެނަމަ ޔާމީނަށް އަދި ޕީޕީއެމްއަށް ވެސް މިއީ ބޮޑު ހިތްދަތި ކަމެކެވެ.

22 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

20 July 2023

ގާނުނު ބަދަލުކުރޭ ވަގުންނައްވެސް ޖަލުގަ ތިބެގެން ވެރިކަން ކުރެވޭގޮތައް. ޢޭރުން އަދުރޭމެން ހިއްހަމަ ޖެހޭނެ

The name is already taken The name is available. Register?

ސިލްމާ ޒާހިރު

18 July 2023

"ހަމަ ޔަޤީނުން ވެސް ދޫވެއްސަށް (ޔާމީނުގެ އޭރުގެ ގެއަށް) ވަދެފައިވަނީ ޙަލާލު ފައިސާއެއް ނޫން." "ހަމައެކަނި ވަގު ފައިސާ، ކަޅުފައިސާ ދަބަސް ދަބަހުގައި ވަނީ ދޫވެއްސަށް އެކަނިތޯ" "ވައްކަން ކުރިޔަސް ތަރައްޤީ ކުރަންޏާ ކޮބާތޯ މައްސަލައަކީ"؟ "އަޅުގަނޑު ވައްކަންކުރިކަން ސާބިތުކުރާކަށެއް ނުކެރޭނެ" (ވައްކަން ނުކުރަމެކޭ ނުބުނޭ)!

The name is already taken The name is available. Register?

ސުންދުސް

18 July 2023

ވައްކަންކޮށްގެން ޖަލަށް ލާފައި ތިބި އެންމެންގެ ޖުމުލަ ވައްކަމުގެ 10،000 ގުނަ ބޮޑު ވައްކަމެއް ޔާމީން ކޮށްގެން އެހުރީ. އަދި އެއީ ހަމައެކަނި 2013 އިން 2018 އާ ދޭތެރޭ. މަދަނަ ހަދައިގެން ހެލްތު އިންޝުއަރެންސް ދޭނަމޭ ކިޔާފައި ސަރުކާރު މުވައްޒަފުންގެ ނަމުގައި ބަޖެޓުން 2006 އަދި 2007 ގައި ނެގިހާ ފައިސާ ކޮބާ؟ އެސް.ޓީ.އޯ. އިން މޯކަމް ކުންފުނި ހަދައިގެން ކުރިހާ ވައްކަން ކޮބާ؟

The name is already taken The name is available. Register?

އަންދަލޫސިޔާ

18 July 2023

ހަތްދިހަހާސް ފަހަރު ތި މައްސަލަ ބެލިޔަސް، އިސްތިޢުނާފު ކުރިޔަސް، ބޮޑެތި ވައްކަންތައް ކޮށްގެން އެތައް ސަތޭކަ މިލިޔަން ރުފިޔާއަށް ވާވަރަށް ޑޮލަރު އަމިއްލަ އެކައުންޓްތަކަށް ޔާމީން އަޅައިފި. އިސްލާމިކް ބޭންކުގަ އެކަނި 17 އެކައުންޓް ހުޅުވީ ވެސް ވައްކަންކުރަން. ކޮންމެ ފަހަރަކު 1 މިލިޔަން ޑޮލަރު ނުވަތަ 17 ވަރަކަށް މިލިޔަން ރުފިޔާ ޖަމާކުރަނީ ތަފާތު އެކައުންޓަކަށް! ވައްކަމުގައި ހައްދުފަހަނައެޅީމައި ޖަލު ނޫން ގޮތެއް އޮވެގެން ނުވާނެ!

The name is already taken The name is available. Register?

ޚާއްސަ

17 July 2023

ދިވެހި ރައްޔިތުންގެ 96000 ރައްޔިތުން ތާޢީދު ކުރައްވާފައިވާ ބޭފުޅެއްގެ އިސްތިއުނާފީ މައްސަލަ މި އިންތިޚާބުގެ ކުރިން ނުނިންމޭ ކޯޓެއް ރައްޖެއަށް ބޭނުވާނެތޯ ޓެކްސް 6% އިން 8% އަށް ބޮޑުކުރުމުންވެސް ހިތްހަމަޖައްސާލައިގެން ތިއްބެވި ރައްޔިތުން ސުވާލު އުފައްދައެވެ. ބޮޑު މުސާރަދީފަ ފަނޑިޔާރުން ބައިތިއްބުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އަނެއްކާ އިންތިޚާބުގެ ދުވަހު ޔާމީނަށް ތާއީދުކުރާފަރާތްތަކުން އިންތިޚާބު ބޭއްވިޔަދޭނެތޯވެސް ސުވާލުއުފެދެއެވެ.

The name is already taken The name is available. Register?

މަހާސިންތާ

18 July 2023

ދިވެހި ބައިތުލްމާލުން 1،600،000،000 ރުފިޔާގެ ބޮޑު ވައްކަމެއް ހިންގާލާ، އެ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް، އެކަން ފޫބައްދަން ޗައިނާ އާއި ސައޫދީ އަރަބިއްޔާއިން ބޮޑެތި ލޯނުތައް ނަގައި ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާއިން އެ ލޯނުތަކާ އޭގެ އިންޓަރެސްޓް ދައްކަންޖެހުނީ. އެވަރު މީހަކު އޮންނަންވާނީ ޖަލުގަ.

The name is already taken The name is available. Register?

GanevihkaaDOTcom

15 July 2023

ހައިކޯޓުން މައްސަލަ ނިންމޭތޯ ނޫންތޯ މިވާހަކަތަޢް އަބަދުނޫސްތަކަށް އެރުމަކީ ޔާމިނަށް ލިބޭވަރަށްބޮޑު ފައިދާއެއް، ކެންޕެއިން ކުރުމުން އުފެދޭފަދަ "އިފެކުޓެއް" މިކަމުންއުފެދޭ! ވޯޓުލާދުވަސްކައިރިވަމުން އަންނައިރު ޖަލުގައި ބާއްވާ އަބަދު ނޫހަށް އެވާހަކަތައް އެރުމަކީ "ސިންޕަތީވޯޓު" އިތުރުވާނެކަމެއް ގިނަބައެއްގެ ސަބުކޮންސިޔަސް މައިންޑުގައި ޔާމީނުގެ ހިޔާލު އެއްވަގުތެއްގައި އުފެދި ޔާމީނު އިންތިހާބުގައި ހޮވުމަށް މަގުފަހިވާކަމެއް، ސޯލިހަށް މިވާނުވާ އެނގޭބާ؟

The name is already taken The name is available. Register?

އ އަހްމަދު

13 July 2023

ދަށުކޯޓުން ރައީސް ޔާމީންގެމައްސަލަ އެގެންދާގޮތައްބަލާއިރު ވަކިމައްސަލައެއް ހައިކޯޓުންވެސް އަވަސް ނުކުރެވެންވީ ސަބަބެއްވެސްނެތް

The name is already taken The name is available. Register?

އާވަސް

13 July 2023

ވަގުން ދޫވެގެން ނުވާނެ. ކޮން އާމު މަސްލަހަތެއް.

The name is already taken The name is available. Register?

ކޮވެލި

13 July 2023

ޔާމީން ޖަލަށް ލާފައި ހުރީ ލައިސަންސް ނެތި ސައިކަލެއް ދުއްވައިގެނެއް ނޫން. ގައުމުގެ އެންމެ މަތީ ވެރިއަކަށް ހުރެ ދައުލަތުން ވައްކަން ކޮށްގެން. ދެން ކޮން ޚާއްސަ ޢިނާޔަތެއް. އޭނަގެ ގެއަށް ފައިސާ ވަން ވާހަކަ ޚުދް އޭނަވެސް ބުނި. ނުވިތާކަށް އެއީ އެންމެން ދަންނަ ބޮޑު ސިއްރު. ވެރިކަން ލިބުމާއެކު އެކައުންޓަށް ފައިސާ އޮހެން ފެށީ.

The name is already taken The name is available. Register?

އަސްރަފާ

13 July 2023

އިބުރާހިމް މުހައްމަދުވެސް އަދި މިދުވަސް ދެކޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454