އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެއާ ގޯޝަލް އާއި މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސާދު ލަމްޖަރަދު.
15 ޖުލައި 2023 - 07:17
މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސާދު ލަމްޖަރަދުއާ އެކު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެއާ ގޯޝަލް ލަވައެއް ކިޔައިފި އެވެ.
އަރަބި އަދި ހިންދީ ބަހުން ކިޔާފައިވާ އެ ލަވައިގެ ނަމަކީ "ގުލި މަތާ" އެވެ.
ލަވައިގެ ވީޑިއޯގައި ސާދުއާ އެކު ފެންނަނީ ހިންދީ ޑްރާމާތަކުގައި މަޝްހޫރު އެކްޓްރެސް، ޖެނިފާ ވިންޖެޓް އެވެ.
މި ލަވައިގެ އެއް ކަޑި ޝްރެއާ ވަނީ އަރަބި ބަހުން ކިޔައިފަ އެވެ. ޝްރެއާ އަރަބި ބަހުން ކިޔާފައިވާ ކަޑި ރީތިވެގެން ގިނަ ބަޔަކު އަންނަނީ އެ ވާހަކަދައްކަމުންނެވެ.
ޝްރެއާ އަކީ އެކި ބަސްބަހުން ލަވަކިޔުމަށް މަޝްހޫރު ފަންނާނެކެވެ. އިންޑިއާގެ ވަރަށް ގިނަ ބަސްތަކުން އޭނާ ލަވަ ރިކޯޑް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުން
15 July 2023
އަރަބި އަކުރުތަކުގެ މަޚުރަޖު ނެރެން އެވެންނަށް އެހާ ފަސޭހައެއް ނުވާނެ
ފަގުޑި
15 July 2023
އެހެންވީމާ ޝްރެއާ އިސްލާމްވީތޯ އެ....؟