ލައިފްސްޓައިލް

ރަށަށް ނޭރި ތިބެން ޖެހުނު ދުވަސްތައް މާޒީއަށް

ރ. ރަސްމާދު، ހުސެއިން ޔޫސުފް "މިހާރު"އަށް އިންޓަވިއު ދެނީ.

ރ. ރަސްމާދު އަކީ ގާމަތީ ރަށެކެވެ. އެހެންވެ، ރަށަށް އަރައި ފޭބުމުގެ ކަންކަމުގައި ވަރަށް ދައްޗެވެ. އެކަމަކު، މިހާރު އެއީ މާޒީ އެވެ.

ފުރާވަރުން ފެށިގެން މުޅި އުމުރުން މަސްވެރިކަމުގައި ހޭދަކުރި، އެ ރަށު ހުސެއިން ޔޫސުފް މިހާރު ހުރީ ހިތްހަމަޖެހިލައިގެންނެވެ. ރަށުގެ ބަނދަރު ހެދުމުން، މިހާރު އުމުރުން 75 އަހަރުގެ ހުސެއިން އަށް ބޮޑު ތަކުލީފެއްގެ ނިމުން އައީ އެވެ.

ހުސެއިން ކުރިން އަމިއްލަ މަސްއޮޑިއެއް ވެސް ގެންގުޅުނެވެ. އެކަމަކު، ވަރަށް ފަހުން އެ އޮޑި ވިއްކާލައިފައި ޑިންގީއެއް ގަތީ އެވެ. މިހާރު އޭނާ މަހަށް ދަނީ އޭގަ އެވެ. ގިނަ ދުވަސްދުވަހު ދަނީ ވެސް އެކަންޏެވެ.

"ދޯނި ބަދަލުކޮށްލީ މިހާރު ބޭބެމެންނަށް [މި އުމުރުގައި] ދޯނި އެހެލާ ބާލަން އުނދަގޫވާނެއެއްނުން، އެހެންވެގެން،" ހުސެއިން ބުންޏެވެ.

ހުސެއިން ބުނީ ބަނދަރު ނަހަދާއިރު އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށެވެ. އެއް ފަހަރަކު މަހުން އައި، ގަދަ ދުވަހެއްގައި ރަށަށް ލަފަން އުޅެނިކޮށް ދޯނި ބަންޑުން ވެސް ޖަހާލި ކަމަށް އޭނާ ބުންޏެވެ.

"އޭރު ގާމަތީ ރަށެއް މިއީ. ރާޅު ބޮޑު ވީމާ، މާ ބޭރުން ރާޅު ނަގައިގެން އަންނަނީ. އެވަރު ބަލާ ނުލާ އެ ދުވަހު ގާތްކޮށްލެވުނު ބޮނޑީގައި ދޯނި ބަންޑުން ޖަހާލީ،" އޭނާ ބުންޏެވެ.

ރާޅު ބޮޑުކަމުން ރަށަށް ނުފޭބިގެން އެއް ފަހަރަކު، އެއް ދުވަސް ވަންދެން ރަށް ބޭރުގައި އޮންނަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ވަރަށް ފަސޭހަ ބޭބެމެންނަށް، ވަރަށް ފަސޭހަ ބަނދަރު ހެދީމަ،" އޭނާ ބުންޏެވެ.

11 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަރަނި ދަންތުރަ

15 July 2023

ރަށަށް އަރާ ފައިބަން ފަށޭހަ ވީއިރު ބޭބެގެ ބޮޅުގައި 160 ބިލިޔަން ރުފިޔާގެ ދަރަނި އެޅިފައިވާކަން އެނގޭތޯ

The name is already taken The name is available. Register?

ގުނާލަމާ

15 July 2023

ރަށަށް ފަސޭހައިން އެރޭ ގޮތްވީއިރު ރަށަށް ތިހެން އަރަން މިހާރު ތިބީ ކިތައް މީހުންބާ؟ 75 އަހަރުވީ ދުވަސްވީ ބޭބެއިން ތިހެން ޑިންގީއެއްގަ އެކަނި މަހަށް ދިއުމަކީ އެހާ ރައްކާތެރި ގޮތެއް ނޫން. އަތްގާތްކޮށްދޭނެ ދަރިއަކު ނޫނީ ދިވެއްސަކު މިހާރު ލިބޭނެހެން ހީނުވޭ. އެއެއް މިއެއް ނުބަލާ ބަނދަރުތަކާ އެހެނިހެން ކަންކަން ފުރިހަމަކޮށްދެނީ ފަޅުވެފައިވާ ނޫނީ ބިދޭސީން އަރާ ތިބި ރަށްތަކަކަށް. ދިވެހިން އަމިއްލަ އުފަން ރަށްތައް އެކަނިކޮށް ފަޅުކޮށްލައިފި.

The name is already taken The name is available. Register?

ހުވޭ

15 July 2023

އެއްމެ މަސްދޯންޏަކާ ދެޑިންގީ ވަންނަން ބަނދަރު ބޮޑުކޮށް ފުންކޮށް ފުޅާކުރުމަށް މިލިޔަންރުފިޔާ ބުރުއްސައިފި.

The name is already taken The name is available. Register?

ޕެރެސް

15 July 2023

މިކަހަލަ ބޮޑެތި ބަދަރުތައް ހަދާފަ އެންމެ އައިސް ހިޔާ ފުލެޓުގަ. ރަށުގަ ހުކުރަށް 40 ހަމަނުވޭ. ސަރުކާރުން މިކަހަލަ ބޮޑެތި އިޝްރާފު ކުރުން ހުއްޓަން ވެއްޖެ.

The name is already taken The name is available. Register?

މާހިރު.

15 July 2023

ޔާމީނު ކީއްތަ މިކުރީ އަތޮޅު ތެރެއަށް.

The name is already taken The name is available. Register?

ޖަމީލުބެ

15 July 2023

الحمد لله

The name is already taken The name is available. Register?

ހިމާރުލްގައުމު

15 July 2023

ކިތައްމެވަރަކަށް ހިންނަވަރޭ ޕްރޮމޯޓް ކުރިޔަސް އޭނަ ބޭރުކުރާނަން މިފަހަރު.

The name is already taken The name is available. Register?

1828

15 July 2023

ކޮންމެ ރަށެއްގައި ބަނދަރެއް، ހޮސްޕިޓަލެއް / ސިއްޙީމަރުކަޒެއް، ސްކޫލެއް، ރަށު ކައުންސިލެއް، ޕޮލިސް ސްޓޭޝަނެއް، ބޭންކްގެ ބްރާންޗެއް، މަގުމަތަކިގައި ތާރު. މިއީ ދައުލަކަަށް އުފުއްލަން ފަސޭހަކަމެއްނޫން. މިކަންކަން ފަސޭހަވާނީ އެއްފަސްކޮށްގެން. މިހާރު ދައުލަތަށް މިއީ ބޮޑު ބުރައެއް.

The name is already taken The name is available. Register?

ސަލީމު އިދުރީސް

15 July 2023

ކޮއްގައުމެއްގަ ތޯފަސޭހައިން ކަންކިރެވެނީ ސުއިޒަ ލެއްޒުގަ ވެސް ފަރުބަތައް ތޮރުފައިގެން ޓަނަލު ނުހަދަ ވާންހުރި ހިސާބުގަ ދިރިއުލުންނަމަ އެހިއްގައި ސުއިޒަލެންޑު ބަދަލުގަ ފެނުނީހީ ހުސްކޮން ކޮންކުރިޓު ސިޓީތަކެއް! ދިވެހި ރާއްޖެެެއަކީ ޖަޒީރާރައްތަކެއް މިތަނުގަ ހުރި ގޮންޖެހުން ތަކާއެކު އުޅެވޭގޮތައް މިތަން ތަރައް ގީކުރަން ވާނީ

The name is already taken The name is available. Register?

އިރުފުހޭ

15 July 2023

3 މީހުން އުޅޭ ރަށްރަށުގައި މިކަހަލަ ކަންކަން ކުރުމަކީ ވިޝަނަރީ ލީޑަރަކު ކުރާނެ ކަމެއް ނޫން. ބޮޑުރަށަކަށް ބަދަލުވެވުނަސް އެބޭބެ ކުރާ މަސައްކަތްކުރެވޭނެ. 2 ވަނަ ދައުރަކަށް ދަހިވެތިވެގެން ދައުލަތުގެ ޚަޒާނާ އިސްރާފުކުރަނީ ތިބެގެން. ވިސްނާ ބަޔަކަށް އެނގޭނެ މިވާގޮތް.

The name is already taken The name is available. Register?

އަފްރާސިޔާބު

15 July 2023

ކުރީމާވެސް ގޯސް. ނުކުރީމާވެސް ގޯސް. މީދިވެހިންގެ ހާލަތު ހުރިގޮތަކީ. ކީއްކުރާނީ. މާލޭގެ ކުލީ އަޅުން ނަށް ހަދަން މިތަން ބޮޑުކުރާ ވާހަކަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454