ރަކީދޫގައި ބަޔަކު މަޑުކޮށްލައިގެން: މިއީ ވ. އަތޮޅުގެ އެންމެ މީހުން މަދު ރަށް.
17 ޖުލައި 2023 - 11:23
ވ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަކީދޫ އަލުން އާބާދުކުރަން ގިނަ މަޝްރޫއުތަކެއް ހިންގައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް ފައްޓަވާފައިވާ ދަތުރުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ރަޖިސްޓްރީގައި 369 މީހުން ހިމެނޭ ރަކީދުއަށެވެ. އެކަމަކު މި ރަށުގައި ދިރިއުޅެނީ 63 މީހުންނެވެ.
ރަކީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައި ބަނދަރު ހުޅުވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ މި އަތޮޅަކީ އާބާދީ އެންމެ ކުޑަ އަތޮޅަށް ވިޔަސް މި ހިސާބުގައި ވެސް އުޅެނީ ދިވެހިން ކަމަށެވެ. ސަރުކާރުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭ ކަމަށާއި އެ ރަށަކަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް 2018 ވަނަ އަހަރު އަދި ދެ ވަނަ ދައުރެއް ކަށަވަރުކުރުމަށް ނުކުމެވަޑައިގެންނެވީ އެ ކަންކަން ފުރިހަމަކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ވައުދުވި ގޮތަށް މި ރަށުގައި ބަނދަރެއް ހަދާދީފައިވެ އެވެ. ފެނާއި ނަރުދަމާ ނިޒާމް އަންނަނީ ގާއިމްކުރަމުންނެވެ.
ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރަކީދޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދެވުމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި، މި ރަށުގެ އާބާދީ އެއް އަހަރުން އަނެއް އަހަރަށް މަދުވަމުން ދިއުމެވެ. މި ރަށުގެ ރަޖިސްޓްރީގައި 369 މީހުން ތިއްބަސް، ރަށުގައި އުޅެނީ 63 މީހުންނެވެ.
ރަކީދޫގެ ބަނދަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
މި ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއިލް މުއާޒު ވިދާޅުވީ ރަށުން ގިނަ ބަޔަކު ހިޖުރަކުރީ ތައުލީމް ހާސިލްކުރުމަށް ކަމަށެވެ. ރަށުގައި ސްކޫލެއް ނެތުމުން ވަކި ހިސާބަކުން އާއިލާއާއެކު އެހެން ތަނަކަށް ހިޖުކުރަކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެހެންވެ، ރަކީދޫގެ އާބާދީ ހިފެހެއްޓުމަށް އެންމެ މުހިއްމު ކަމަކީ ރަށުގައި ތައުލީމް ދެވޭނެ ގޮތެއް ހަދައިދިނުމެވެ. އެކަމަށް އަމާޒުކޮށް ސެޓްލައިޓް ސްކޫލު މެދުވެރިކޮށް ކިޔަވައިދިނުމަށް ނިންމައި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
"ޓީޗަރުންނާއި މުވައްޒަފުން ހޯދުމަށްފަހު ސެޓްލައިޓް ސްކޫލު ހުޅުވާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހެން ހުރި ކުދި ރަށްތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ދަތުރުފަތުރުން ރަށްތައް ގުޅާލުމެވެ. މި ހިސާބަށް އާރުޓީއެލް ފެށުމުން ރަށުން ލިބެން ނެތް ހިދުމަތް ހޯދަން ކައިރީގައި ހުރި ރަށްރަށަށް ދަތުރުކޮށް، އިރުއޮއްސުމުގެ ކުރިން ރަށަށް އާދެވޭނެ ފުރުސަތެއް ޔަގީންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ކަންކަމުގެ އިތުރުން، ރަނގަޅު ސިއްހީ ފަރުވާ އާއި ތައުލީމް އަދި ޒުވާނުން ކުޅޭނެ ދަނޑުތައް އަޅައި މުނިފޫހި ފިލުވޭނެ ގޮތްތައް ފަހިކޮށްދިނުމުން، މަޑުމަޑުން އާބާދީ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 July 2023
ރަކީދޫ ކުޑަކަތީބަށް ސަލާން. ހަރުދަނާ، ރަނގަޅު މީހެއް.
ނަޒާ ބޭގަމް
17 July 2023
މަވެސް ބޭނުން ވާއު އަތޮޅުން ބިމެއް. ގެސްޓްހައުސް ހަދަން
ކަޓޭ
17 July 2023
އެންމެ 2000 މީހުން އުޅޭ އަތޮޅެއްގަ ކޮން ކަމެއް؟ ކޮތަޅުން ޓެކްސް ނަގާފަ ތީދޯ ކުރާކަމަކީ!!
ބިސްކަލޯގެ ދޮންކަލޯ
17 July 2023
ރަކީދޫތަ ނޫނީ ތިނަދޫތަ އެންމެ އާބާދީ ކުޑައީ؟ އަތޮޅުމީހަކު ޖަވާބުދީބަލަ. މީގެ ތަންކޮޅެއްކުރިން ތިޔަ ދެރަށަށްވެސް ދިޔައިން. އޭރު އާބާދީ އެންމެކުޑައީ ތިނަދޫގާ. މިހާރު ތިނަދޫއަކީ ގާތްގަނޑަކަށް ރިސޯޓަކާ ގާތްކުރާ ފެންވަރުގެ ރަށެއްކަމަށް މައުލޫމާތުލިބެނީ.
ޝަބާނާ
17 July 2023
ތިނަދޫގެ އާބާދީއަކީ 50
ބ. ފަސްދޭތެރެ
17 July 2023
63 މީހުންނަށް ބަނދަރެއް މިލިޔަނުން ހަރުދުކުރަނީ ކޮރަޕްޝަންހިންގަން.. 1600 މީހުންގެ މިރަށުގައި ފެނާނަރުދަމާއެއްނެތް...
ޔާއްޕެ
17 July 2023
ދީބަލަ ތިރަށުން ގޯއްޗެއް. މަ ތައްޔާރު ބަދަލުވާން
ޕިކްސް
17 July 2023
63 މީހުން އުޅޭ ރަށެއްގަ ހުރިހާ ހިދުމަތެއް ދޭންއުޅުމަކީ ހަމަ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން.
މޮހޮނި
17 July 2023
ތިރަށު މެޖޯރިޓި ނަގައިގެން ވެރިކަން ލިބިދާނެ. 63 މީހުންގެ
...،،×ސއޮދ
17 July 2023
ކުދި އާބާދިތައް ޖެހޭނީ އާބާދީ ބޮޑެތި ތަންތަނަށް މޫވް ކުރުވަން.. 100 މީހުން 200 މީހުން ހަމަނުވާ ތަންތަނަށް ތިޔަކުރަނީ ބޭކާރު ހަރަދު..
އޭނަ
17 July 2023
މީދެން ބޮޑު ޖޯކެއް. 100 މީހުން ދިރިނޫޅޭ ރަށެއް އަލުން ތަރައްގީކުރާވާހަކަ ތި ދައްކަނީ. މިވާހަކަ ދެއްކީމަވެސް އަތްޖަހާނެ ބަޔަކު ތިބޭނެދޯ! މީ މުޅިން އެކަހެރިކޮށް އޮތް ކުޑަރަށެއް. ހެޔޮނުވާނެ ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެންވެސް މިރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކޮށްލަބަލަ.