އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވ. ކެޔޮދޫގައި ބޭއްވި ރިޔާސީ ކެމްޕެއިންގެ ބައްދަލުވުމުގައި، އެ މަނިކުފާނާއި ކޯލިޝަންގެ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
17 ޖުލައި 2023 - 12:47
ހިޔާލު ތަފާތު މީހުންނާ އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ރާއްޖޭގެ ހާލަތު އޮތްގޮތުން ރަނގަޅު ހިދުމަތެއް ދެވޭނީ ކޯލިޝަން ވެރިކަމަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ. އަތޮޅަށް ވަޑައިގެން، ކެޔޮދޫގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ އެންމެ ފަހުން ބޭއްވި އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދުގެ 90 ޕަސެންޓް ފުރިހަމަކޮށް، ބާކީ ހުރި ކަންކަން ހިނގަމުން އަންނަ ކަމަށެވެ.
ކޮވިޑާ ވެސް ކުރިމަތިލައި މި ހުރިހާ ކަމެއް ހާސިލްވީ އަމާންކަން ގާއިމްކުރެވުމުންކަން ރައީސް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެންނަށް ކުރެވުނީ ގިނަ ބަޔަކު އެކުވެގެން ސަރުކާރެއް ހިންގަން ނުކުތީމަ އަދި އެކަން ދެމެހެއްޓުނީ. އެ ފަހަރު އަޅުގަނޑުމެން ކޯލިޝަން ހެދީ އަދާލަތު ޕާޓީއާ ޖުމްހޫރީ ޕާޓީއާ އެމްއާރުއެމް. މި ހިސާބަށް އައި އިރު ވެސް އަޅުގަނޑުމެންނަށް ހަމަޖެހުމާއި އަމާންކަން ދެމެހެއްޓިފައި މި އޮތީ އެ ކޯލިޝަން އެގޮތުގައި ދަމަހައްޓައިގެން." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ހިޔާލު ތަފާތު މީހުންނާ އެކު މަސައްކަތްކުރުމަކީ ބައެއް ފަހަރަށް ފަސޭހަކަމަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ހާލަތު އޮތީ އެގޮތަށް ކަމަށާއި ގިނަ ބައެއްގެ ހިޔާލު އެއްގޮތްކޮށް، އޭގެ ތެރެއިން އެންމެންނަށް ރަނގަޅު ގޮތް ހޯދައިގެން މަސައްކަތްކުރުމަކީ އަމާންކަން ގެނެސްދިނުމުގެ އެއް އަސްލު ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވ. ކެޔޮދޫގައި ބޭއްވި ރިޔާސީ ކެމްޕެއިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
"މިއަދު ވެސް އެ ކޯލިޝަން ދެމި އެބައޮތް. ފަސް އަހަރުގެ ދައުރެއް ނިމެނީ. އަޅުގަނޑަށް ގަބޫލުކުރެވުނީ އަދި ވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަން ކުރެވޭނީ ގިނަ ބަޔަކު އެއްވެގެންނޭ. ހަގީގަތުގައި ބޭނުންވެސް ވޭ ތަފާތު ހިޔާލުތައް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސިޔާސަތާއި އަދާލަތު ޕާޓީގެ ވިސްނުން އަދި އެމްޑީއޭގެ ހިޔާލުތައް ވެސް ތަފާތު ކަމަށާއި ކުރިއަރަމުުން އަންނަ ގައުމެއްގައި އެފަދަ ހުރިހާ ފުރުސަތެއް ލިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވަކި ބަޔަކު ބާކީކޮށްފައި، ވަކި ބަޔަކު އެކަނި ދެކޭގޮތަށް ކަންކުރަން ފަށައިފިއްޔާ ހަމަނުޖެހުމާއި އަމާންކަން ގެއްލިގެންދާނެ. އަޅުގަނޑުމެންނަށް އެކަން ވިސްނޭތީ އަޅުގަނޑުމެން އެގޮތުގައި ކުރިއަށް މި ދަނީ. އިރާދަކުރެއްވިއްޔާ މިހާރު މި އުފެދިފައި އޮތް ކޯލިޝަން، އެމްޑީއޭއާ އަދާލަތު ޕާޓީ، އެމްޑީޕީއާއެކު އުފެދިފައި މި އޮތް ކޯލިޝަނަކީ ރައްޔިތުން، ރާއްޖޭގެ އަޣުލަބިއްޔަތު ބޭނުންވާ ގޮތަށް ހިންގާނެ ސަރުކާރެއް އުފައްދާނެ ކޯލިޝަނެއް،"
ރައީސް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕެއިން ތެރޭގައި މި ރަށަށް ހަތް ވައުދު ވާން ޖެހުނީ މީގެ ކުރިން ކަމެއް ކޮށްދެވިފައި ނުވާތީ އެވެ. ކުރިން ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރުން ކޮށްދިނުމަށް ބޭނުންވާ ކަންތައްތަކުގެ ބޮޑު ލިސްޓެއް ކައުންސިލްތަކުން ދިނަސް، ވައުދުތައް ފުއްދޭ ވަރަކަށް އެ ލިސްޓު މަދުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ވެރިކަމުގައި ރައްޔިތުން ބޭނުންވާ ބަދަލު ފެންނަ ކަމަށާއި އެ ހިދުމަތް ކޮށްދިނުމަށް ދެމިތިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
18 July 2023
މަނިކުޕާނު ވެރިކަމުގަ ނެތްނަމަ ތީން އެކަކުވެސް ކާރީގަ ނުހުންނާނެ މަގާމައް ޓާކާ އުޅޭ ގުރޫޕު ތިއުޅޭނީ
ބައިރޯ
18 July 2023
ބައެއްފަހަރު ވިދާޅު އެބަވޭ އެއްބުރުން ހޮވޭނީއޭ ދެން ކޮން ކޮލިށަނެއްގެ ވާހަކަ
ނާޑުވާ
18 July 2023
ކޯލިޝަނަކީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން އަދި ޕާރޓީ ޓިކެޓް ގަ މަޖިލީހަށް އައުމާ ޕީޖީ ގްރޫޕް ހެދުމާ ވިޕްލައިން ނެރުމަކީ ވެސް ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން.
ކަންވާރު އިބްރާހީމް
17 July 2023
ކޯލީޝަންއަކުން ނޫނީ ވެރިކަން ނުކުރެވޭނެ ކަމަށް މަނިކުފާނު އެބަ ވިދާޅުވަމެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ކޯލީޝަންއަކީ ޤާނޫނު ދަންނަ އެއްޗެއް ނޫނެވެ. ދެން އޮތީ ތިޔައީ ތިޔަކަން އޮތްގޮތްކަމަށް މަނިކުފާނު ދެކޭނަމަ އަދި ތިޔައީ ހީލަތްތެރި ކަމުގެ ތެރެއިން ދައްކާވާހަކައެއް ނޫންނަމަ އެމްޑީޕީގެ ޢައުލަބިއްޔަތު އޮތް މަޖިލިސްއެއް އޮވެ ކޯލީޝަން ސަރުކާރުކާރެއް އެކުލަވާލުމަށް ޤާނޫނީ ސިފަ ނުދިނީ ކީއްވެތޯއެވެ؟؟ މަނިކުފާނުއަކީ ހާދަ ހީލަތްތެރި ބޭފުޅެކެވެ.
ކަންވާރު އިބްރާހީމް
17 July 2023
ސާލިހްއެވެ! މަނިކުފާނު ހަމަޖެހޭ ވާހަކަ ދައްކަވަނީ ކޮންދުވަހަކުންތޯއެވެ؟ ކޯލީޝަން ސަރުކާރަކީ ރިޔާސީ ނިޒާމާއި ބީރައްޓެހި ޕާލަމެންޓްރީ ނިޒާމްގެ ސިފައެކެވެ. ތިޔައީ ހަޤީގަތްކަމަށް މަނިކުފާނު ދެކޭނަމަ ޕާލަމެންޓްރީ ސިސްޓަމްއަކަށް ދާން ޖާގަނުދިނީ ކީއްވެތޯއެވެ؟ ނަމަވެސް ތިޔަވާހަކަ ބޮޑަށް ވައްތަރީ އިލެކްޝަންގެ ދުވަސްވަރު މަނިކުފާނާއިއެކު ތިޔަތިބި އެކިފިކުރުތަކުގެ މީހުން ގުނބޯ ހައްދަން ދައްކަވާ ހީލަތްތެެރި ވާހަކަފުޅެއް ނަމަ ތިޔަކު ދައްކާނެ ވާހަކައެއްނެތެވެ.
ހުސެން....
17 July 2023
ފުރަތަމަ ދެ ބަރީގަ އަރިހުގަ ގެންދިޔަ ގްރޫޕް.... ތިންވަނަބަރީގަ ސަރުކާރު މުއައްސަސާތަކުގަ އުޅޭ މުވައްޒަފުން ކޮޅެއް.... ދެން ކިހިނެއް ތިކަން ވާނީ... މީސްކޮޅު ހާދަ މަދޭ....
މާލެޑިއަން
17 July 2023
ކުޑަކުޑަ ދެތިން ޖަމައިއްޔާއާއި އެކު ކޯލިޝަން ހަދައިގެން ވެރިކަމަށް އާދެވިދާނެ ހެނެއް ހިއެއް ނުވޭ! ވެރިކަން ކުރެވޭނީވެސް ވެރިކަމަށް އާދެވެގެން!
ސަސި.
17 July 2023
ކޯލިޝަނަކާ ނުލާ ހޮވޭވަރަކަށް ތާއިދެއްނެތްތަ؟ އެހެންވީމަ ރާއްޖޭގެ ބޮޑު އާބާދި ހިތްހަމައެއް ނުޖެހޭތާ
ދިއްދޫމީހާ
17 July 2023
ވައްކަން ކުރަން އެއްމެ ފަސޭހަ މަގު އެއީ ކޯލިޝަން ދެން ތިޔަ އިދާލާތުގެ ދުކްތޫރުން ލައިގެން ލިބޭނެ ވޯޓެއް ނެތް…
ލިލި
17 July 2023
އަދާލަތު ބޭރުކުރުން ރަނގަޅުވާނީ
ރަންނަ
17 July 2023
އެެއްކޮށް އުޅެން އުނދަގޫވިޔަސް ވައްކަން ކުރަން ފަސޭހައީ ކޯލިޝަނަކުން.