ތިނަދޫގައި، ސްޓެލްކޯ އާ އިންޖީނުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވަނީ.-- ފޮޓޯ: އެމްޑީޕީ
17 ޖުލައި 2023 - 17:27
ރަށުގެ އާބާދީ ކިތައްމެ ކުޑަވިޔަސް ބާކީ ކަމުގެ އިހުސާސެއް މިހާރު ނުވާނެ ކަމަށާއި ސަރުކާރުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވާވު އަދި މީމު އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، ރާއްޖޭގެ އާބާދީގެ އެންމެ ކުދި ރަށްތަކުގެ ތެރޭގައި ހިމެނޭ، ވ. ތިނަދޫއަށް ވަޑައިގެން، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ މި ދެ އަތޮޅަކީ ވެސް މީގެ ކުރިން ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ.
މިވީހާ ތަނަށް ވެސް ހުރީ ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެވި ކަމަށާއި އެކަމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި އުފަން ރަށް ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރުމެވެ.
"ތިނަދޫއަކީ އޭގެ ރަށެއް. މި ސަރުކާރުން ހޭދަކުރާ ފަސް އަހަރުގެ ތެރޭގައި ބަދަލުތަކެއް ގެނެވިއްޖެ. ވައުދުތަކާ އެއްގޮތަށް ކަންކަން ކުރެވިއްޖެކަން ރައްޔިތުން ގަބޫލުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދުއަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ލޯކަލް ޓޫރިޒަމްގައި މިހާރު ފިޔަ ޖަހަމުން އަންނަ ތިނަދޫގައި 221 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ އޭގެ ތެރެއިން 75 މީހުންނެވެ.
"މިއީ ބޮޑު އިކޮނޮމީއެއް އޮތް ރަށެއް. ބޭނުންވާ ތަރައްގީ މި ރަށުން ފެނޭ. މި ރަށުގައި އެންމެ ބޮޑުވީ ކަރަންޓުގެ މައްސަލަ. މި ރަށުގައި ލޯކަލް ޓޫރިޒަމްއަށް އިންވެސްޓްކޮށްގެން އުޅޭ މީހުން އެކަން ގަބޫލުކުރޭ. މި ރަށުގައި މިހާރު ކުރާ މަސައްކަތާއި ޓޫރިޒަމް އިންވެސްޓްކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބެންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިހުސާސެއް ނުކުރެވޭނެ ބާކީވެފައި ހުރި ކަން. ވިސްނުމާއި ހިޔާލު ތަފާތުވިޔަސް ސަރުކާރުން ހިދުމަތް ދިނުމުގައި ބާކީއެއް ނުކުރާނެ. މިކަން ކުރެވޭނީ މީހުން ބާކީނުކުރާނެ ސަރުކާރަކުން. ކަންކުރާނީ ވެސް އެގޮތަށް."
ރައީސް ވިދާޅުވީ މި ވެރިކަމުގައި މި އަތޮޅަށް ގިނަ ކަންކަން ކޮށްދެވިއްޖެ އެވެ. މި ހިސާބަށް ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުންތަކެއް ހުރުމުން، އެމަނިކުފާނަށް ދެވަނަ ދައުރަކާ އެކު އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރިހަމަސަރުކާރު
18 July 2023
ހަމަހަމަކަން ފެނޭ، މާލޭމީހުންނަށް ހިލޭގޯތި. ރަށުމީހާ ރަށުގަ ވަޒީފާނެތިހުރޭ. މިނޫނީ ނާދޭ މުސްތަގްބަލް ހަލާކުކޮށްލަން މަސައްކަތްކުރާ ސަރުކާރެއް
ބުލްގަ
18 July 2023
އަހަރަމެން މިތިބީ ބާކީވެފަ ވަންނާނެ ގެދޮރެއް ބިންކޮޅެއް ލިބޭނެ ގޮތެެެއް ނެތް އަހަންނަކީ މާލެއިންވެސް އަތޮޅުތެރެއިންވެސް ބިން ނުލިބޭ އަތޮޅުތެރޭގަ ގޭގެ ރަޖިސްޓްރީ އޮންނަ މީހުން.
އަދުނީ
18 July 2023
ތިޔަ ދެމެހެއްޓެވުމުން ހަމަހަމަ ވާނީ. ހަމަ ތަނެއް ހެދުމަކުން، ކަމެއް ފެށުމަކުންނެއް ނުފުދޭ.
1206
18 July 2023
ތަރައްގީގެ ވާހަކަ ސިޔާސީ މީހުން ދައްކާއިރު، ރައްޔިތުންނަށް ވިސްނިފައި ނެތް ކަމަކީ ލިބިގަންނަ ކޮންމެ ކުރިއެރުމަކީ، އެޔަށް އަގު ދޭންޖެހޭ ކަމެއް ކަން. އެ އަގު ދައްކަން ތިބޭ ބަޔަކީ ގައުމުގެ މަސައްކަތު އާބާދީ. ނަމަވެސް ދެން ނުދިރޭނޭ ޖަރައަށް އަހަރުން އަހަރަށް އާބާދީ މަދުވެ، އިތުރުވުން ހުއްޓުމަކީ އިހު ބުނި އަގު ދައްކާންޖެހޭ މީހުންނަށް އޮންނާނެ ބުރަ ބޮޑުވުން. މި ފަދަ ޙައްސާސީ މައްސަލަތަކުން ޖީބަށް ކުރާނެ އަސަރު ބުނެ ނުދިނުން އެއީ އޮޅުވައިލުން، ފޮރުވުން.
ރަށުމީހާ
18 July 2023
ސަރުތު ހަމަނުވާތީވެ, މިފަހަރު ވޯޓު ވެސް ސަރުތު ހަޔެއް ނުވާނެ ވަރަށް ބައިވަރު ވާހަކަ މި ބުނީ,
ފިޔަވޅު
17 July 2023
އަހަރެމެންނައް ލިބުނު ފުލެޓް އަތުލިފަހުން ބާކީ ކުރިކަމުގެ އިހްސާސް ކުރެވެ . ދުވަހަކުވެސް ރައީސައް މާފެއް ނެއް .
ފެންސު
17 July 2023
ތަފާތުބައެއްގެމެދުގައި އެއްހަމައަކުން ކަންކުރުން އެއީ ބޭއިންސާފުވުން. ކީއްވެބާ ރައީސްމީހާގެ މުސާރައާ އެރައީސްގެ އޮފީސް ކުނިކަހާމީއާ ތަފާތީ. އެއްހަމަކުރަންވީ ހަމަ. މިވަރުން ވިސްނެންވާނެ ބުނަންމިއުޅޭ އެއްޗެއް.
ބޮޑުމީހާ
17 July 2023
މީނަގެ ސިކުނޑި ޓެސްޓުކުރަންޖެހޭ. 75 މީހުން އުޅޭ ތަނެއް ތަރައްގީވާތަން ފެންނަނީ މީނައަށް.އެކަނި.
ގުއިރޯނުދެމުމުގަ
18 July 2023
އެއީވޯޓްހޯދަން ފަސޭހަވާނެތީ. މައުމޫނުވިސްއުޅުނީ ހަމަ އެފާޑަށް
ހިފްސަން
17 July 2023
ގޮފީ ހާދަޒާތީއޭ ރަނގަޅު އައިނެއް އަޅައިގެން ދިގު ރުކަކައްއަރާ މަތިން ރާއްޖެ ބަލާލަބަލަ
ބައިރޯ
17 July 2023
ވާވަރުންދޯ ތިހެން ތިބުނީ