ކްރައިމިއާ ބްރިޖުގެ ހަމަލާއާ ގުޅިގެން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އޭއެފްޕީ
19 ޖުލައި 2023 - 11:55
ރަޝިޔާގެ ރައީސް ލެޑިމިއަ ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގެންނެވުމުން ހައްޔަރުކުރުން ވެގެންދާނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމުގެ އަމަލެއް ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެ އެވެ.
ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަލް ކްރިމިނަލް ކޯޓުން ނެރެފައިވާ ދަނޑިވަޅެއްގައި، ދެކުނު އެފްރިކާގެ ޖޮހެނެސްބާގުގައި އަންނަ މަހު އޮންނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެކުނު އެފްރިކާއަކީ އައިސީސީ މެމްބަރު ގައުމެއް ކަމަށްވާތީ، ޕުޓިން ހައްޔަރުކުރަން ނެރެފައިވާ އަމުރު ތަންފީޒުކުރަން އެ ގައުމުގެ ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
އަދި ޕުޓިން ހައްޔަރުކުރަން މަޖުބޫރުކުރުވުމަށް ދެކުނު އެފްރިކާގެ މައި އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އިން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.
ރަމަފޯސާ ކޯޓަށް ފޮނުއްވި ލިޔުމެއްގައި ވިދާޅުވީ ޑީއޭއިން ހުށަހެޅީ ވަރަށް ޒިންމާދާރުކަންކުޑަ މައްސަލައެއް ކަމަށާއި މިކަމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
"މިއީ ގާނޫނުއަސާސީއާ ފުށުއެރުމުގެ އިތުރުން ރަޝިޔާ އާއެކު ހަނގުރާމައެއް ފެށުމުގެ ބިރު އޮތް ކަމެއް،" އެ ލިޔުމުގައި ރަމަފޯސާ ވިދާޅުވި އެވެ.
އަދި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދެކުނު އެފްރިކާ އިން އިސްވެ ކުރަމުންދާ މަސައްކަތަށް ވެސް މިކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް ވިދާޅުވި އެވެ.
ޕުޓިން ހައްޔަރުކުރަން އައީސީސީން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ޔޫކްރޭނަށް ނިސްބަތްވާ ކުޑަކުދިން ޑިޕޯޓުކުރި ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
19 July 2023
އދ. އަކީ ހުޅަގުންނާއި އެމަރިކާ އަޑީގައި އޮވެ ދުނިޔެ އަޅުވެތި ކުރުމަށް އުފައްދާ ފައި އޮތް ޖަމާއަތެއް. މާޑިމޮކްރެޓިކް ކަމަށް ދައްކައިގެން އުޅެނީ.
ޖުހާ،
19 July 2023
ނަތަންޔާހޫ ޖޯޖު ޑަބުލިއު ބުސް ކިންގު ސަލްމާނު ސައުދީ ބުރޯ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބުލެއަރ މިއީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ނުބައި ގާތިލުން. އެންމެގިނަ މުސްލިމުން މެރީ މިމީހުން. ކޮބާ ތިއަބުނާ އައި ސީ ސީ. އެއްލޯ ކަނުވީމަ ނުފެންނަނީ.
ތުނޑުހަސަނު
20 July 2023
އެއްލޮލެއް ވެސް ނޫން. ދެ ލޯ ވެސް ކަނު.