ރަޝިޔާގެ ރައީސް ޕުޓިން ދެކުނު އެފްރިކާގެ ރައީސް ރަމަފޯސާ އާ މީގެ ކުރިން ބައްދަލުކުރައްވަނީ. --ފޮޓޯ: އޭއެފްޕީ
20 ޖުލައި 2023 - 10:42
ދެކުނު އެފްރިކާގައި އަންނަ މަހު ބާއްވާ ބްރިކްސް ގައުމުތަކުގެ ސަމިޓުގައި ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިން ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.
ޕުޓިން އެ ސަމިޓުގައި ބައިވެރިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ރަޝިއާ އިން ދިނުމުން، އެކަން ދެކުނު އެފްރިކާ އަށް އޮތީ ވަރަށް ބޮޑު ބޮލު ރިހުމަކަށް ވެފަ އެވެ.
ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަލް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު، ދެކުނު އެފްރިކާއަކީ އައިސީސީ މެމްބަރު ގައުމެއް ކަމަށް ވާތީ، އެ އަމުރު ތަންފީޒުކުރަން އެ ގައުމުގެ ސަރުކާރަށް ވަނީ ފިއްތުންތއް ކުރިމަތިވެފަ އެވެ.
"ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ގޮތަށް ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިން ސަމިޓުގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް އެ ގައުމު ތަމްސީލު ކުރައްވާނެ،" ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމާފޯސާގެ ތަރުޖަމާނު ވިންސެންޓް މަގްވެންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އެ ނިންމުން ނިންމާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ފާއިތުވި މަސްތަކުގައި ކުރެވުނު ގިނަ މަޝްވަރާތަކަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.
ދެކުނު އެފްރިކާ އަށް ވަޑައިގެންނެވުމާ އެކު، ޕުޓިން ހައްޔަރުކުރަން ބޭރުގެ ގައުމުތަކުގެ އިތުރުން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
ޕުޓިން ހައްޔަރުކުރަން މަޖުބޫރު ކުރުވުމަށް ދެކުނު އެފްރިކާގެ މައި އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އިން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.
ޕުޓިން ހައްޔަރުކުރަން އައީސީސީން އަމުރު ނެރުނީ ޔޫކްރޭންގެ ކުޑަކުދިންތަކެއް ގާނޫނާ ހިލާފަށް ޑިޕޯޓުކުރި ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލުވަޒީރު.
21 July 2023
މިދުނިޔެއަކީ އެމެރިކާ އާއި ހުޅަނގުގެ ހަރުމުދާގަނޑަކަށް ހަދައިފި. އެމީހުން ބޭނުންމީހަކު ހައްޔަރުކުރެވޭ ނުވަތަ ހައްޔަރުކުރަން އަމުރުވެސް ނެރެވޭ. އެމީހުން ރުހޭމީހާ ކިތަންމެ ނުބައިކަމެއްކުރިއަސް ކިތަންމެބަޔަކު މެރިއަސް އެތަން ނުވެސްފެނޭ. އިންސާނީ ދަރިފަސްކޮޅު މިމީހުންގެ އަޅުވެތިކަމުން ސަލާމަތްކުރައްވާތޯ ގަދައަޅައި މަސައްކަތްކުރަންވީ.
ސަލީމު އިދުރީސް
21 July 2023
ބުނަން ބީރުބޮލު ތިބުނާގޮތައް ދުނި ނުހިނގާ ޒަމާނެއް އައިތޯ؟ޗައިނާގައުޅޭ 25މިލިއަން މުސްލިމުންނައްވުރެ ވަކި އަނިއާވެރިކަމާ ބޭއިންސާފާ ކުރިމަތި ލާންޖެހިފަ އޮތް ދަރިފަސްޅެއް މިވަގުތު ދުނިއޭގަ އޮތްހެނެއް ހިޔެއްނުވޭ!ސަރުކާރުން ބޭނުންމީހަކު ހައްޔަރުކޮއް ލާއިންސާނީ އަނިއާކުރާއިރު އެކަން ދުނއޭގެ ލޯތަކައް ނުފެންނަނީ ޗައިނާބާރުގަދަ ވީމަނޫންތޯ!ބައްލަވާ ސާދަ ސަތޭކަ އަހަރުކުރީގަ އުދުހޭ އަސްދުއްވި ބައްރައް ގަދަމީހުން ބުނާގޮތް ނުހެދީމަ ގެދޮރުން ފަހާ ގަތުލުކުރީ
ލެއްގިކޮމިޝަނަރ
22 July 2023
މިހާރު ބީރުބޮލުވަޒީރަށާ ރަދީފުބެއްޔާއަށް ވިސްނެއްޖެދޯ އެމެރިކާއަކީ އަދިވެސް ދުނިޔޭގެ ސުޕަރޕަވާކަން. ކިތަންމެ ފުއްޕާފައުޅުނަސް ޕުޓިންއަކަށް ނުކެރޭނެ ޑިމޮކްރެޓިކު ހަމަތަކުގެ މަތިން ވެރިކަން ކުރަމުންދާ ގައުމަކަށް އަރާކަށް. ޕުޓިންއަށް ދެވޭނީ ޗައިނާއަށާއި އުތުރު ކޮރެއާއަށް.
ސަލީމު އިދުރީސް
21 July 2023
ޕުޓިން ބިރުގަތީ ހުޅަގުން ފުޓިން ހައްޔަރު ކުމައް ވުރެ ރޫސީ ރައްޔިތުން ޕުޓިން ހައްހައްރު ކުރަން ވަރައް ބޮޑައް ބޭނުންވެފަ އޮތް ދަންޑި ވަޅެއްގަ ގައުމު ދޫކޮއްފަ ގޮސްފިއާ ވާނެގޮތް ވިސްނާލާފަ ދާންނުކެރުނީ! ބުޓިން އެހެރިރީ ސީއާސީގޮތުންނާ މިލުޓުރީގޮތުން ބަލިވެފަ! ކުރިން ލިބިފަ ހުރި ނިއުކުލިއާ ހަތިއާރު ނެއްނަމް ހުދު ޒެލެންސްކީ ރޫސީވިލާތައް އަރައި ޕުޓިން ކަރުގަ ވާޖަހައިފީސް ގަދަ ބަސްބުނި ސައްދާމާ ލީބިޔާގެ ގައްޒާފީ އައް ހެދިގޮތައް
ނުރަބޯ
20 July 2023
އދ ގެ ސަލާމަތީ މަޖްލިހުން ފާސްކުރާ ގަރާރު ތައްވެސް ތަންފީޒު ކުރަން މެންބަރު ގައުމުތަކަށް ލާޒިމުކުރޭ. އެކަމަކު އެމެރިކާގެ ނުފޫޒާ ހެދި އިސްރާއީލާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒެއް ނުކުރެވޭ.
އާދަމް މުހައްމަދު (އައިޒަން / ވައިކަރަދޫ)
20 July 2023
ޕުޓިންގެ ބަދަލު އަބްލާހި ޝާހިދު ފޮނުވާ .. އޭނާ ވަރަށް ސަމިޓުތަކަށް ދާހިއްވާނެ
ހަހަހަަ
20 July 2023
އަސްލު ޔާނު ތިތަނަށް ފޮނުވުން މާ ބުއްދިވެރި،،، ސަރުކާރަށް ތަންކޮޅެއް ލުއިވާނެ