އައިޖީއެމްއެޗުގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ނެގި ކުޅޭ އެއްޗެއްގެ ބައެއް.
20 ޖުލައި 2023 - 10:21
އައިޖީއެމްއެޗުގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި އެވެ.
އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަ ފޯ ރެސްޕިރޭޓަރީ މެޑިސިން ޓީމުން މި މަހު ކުރި ސާޖަރީއެއްގައި ކުޑަކުއްޖެގެ ފުއްޕާމެއިން ނަގަން ޖެހުނީ ކުޅެން ގެންގުޅޭ ސޮފްޓް ޓޯއީގެ އަޑުގޮވާ ތަންކޮޅެވެ. އެ އެތިކޮޅު ނެގީ ކުއްޖާގެ ފުއްޕާމޭގެ ކަނާތު ފަޅިންނެވެ.
ކުއްޖާގެ ފުއްޕާމެއަށް އޭތިކޮޅު ދިޔައީ، ކުޅެން އުޅުމުގެ ތެރޭގައި އަޑުގޮވާ ބައި ނަގައިގެން އަނގަޔަށް ލައިގެން އުޅެނިކޮށް ދިރިގެން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އެހެން ކުއްޖަކާއެކު ކުޅެން އުޅެމުން، އޭނާ އިމްޕްރެސް ކުރަން އަޑުގޮވާ ބައި އަނގަޔަށް ލައިގެން އުޅެނިކޮށް ދިރުނީ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑރ. މުހައްމަދު އަލީ ވާހަކަދައްްކަވަނީ.-- ފައިލް ފޮޓޯ: އެޗްއީއޯސީ
"އަނގަތެރެއަށާއި ދެ ތުންފަތް މައްޗަށް މިކަހަލަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރި ކަމެއް."
އެ އެތިކޮޅުގެ ދިގު މިނުގައި ތިން ސެންޓިމީޓަރު ހުއްޓެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ސާޖަރީކުރުމަށް އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޓީމަށް، ހޭނައްތާ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާ އަދި އޯޓީ ސްޓާފުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
މީގެ ކުރިން ވެސް ކުޑަކުދިންގެ ކުޅެން ގެންގުޅޭ އެއްޗެއްސާއި އެހެން ކުދިކުދި އެއްޗެހި ދިރިގެން އައިޖީއެމްއެޗުގައި ސާޖަރީތައް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށްކޮ
20 July 2023
ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ އެންމެނަވެސް ހެޔޮދުއާ.
ޑޮކްޓަރ79
21 July 2023
ޝުކުރިއްޔާ. އަށްކޮ އަށާއި އައްކޮ އާއިލާއަށް ވެސް ހެޔޮދުއާ ކުރައްވަން.