ފޮށިގަނޑުގައި ޕިލްސް އެތެރެކުރާ ގޮތް: ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
23 ޖުލައި 2023 - 15:49
ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންގެ ދެ ކިލޯ އަތުލައިގަތީ މި މަހު ހަތެއްގައި ކަމަށެވެ. އެ ތަކެތި ފެނުނީ އިނގިރޭސިވިލާތުން ރާއްޖެ ގެނައި ޕެކޭޖެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެ ތަކެތި ބަލައި ފާސްކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ބަލައި ފާސްކުރި ޕެކޭޖުގެ ތެރޭގައި އޮތް ދެ ޕެކެޓުގައި ހުރި އެއްޗެހި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން، މެފެޑްރޯން އަށް ޕޮޒިޓިވްވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ތިން މަސް ކުރިން ވެސް ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލ
24 July 2023
މިގޮތައް އަތުލައިގަންނަ ޑުރަގު އަގުކުރާއިރު މީ ހާދަ ފައިސާ އެކޭ ދޯ. މިފައިސާ ދައުލަތުގެ ބަޖެޓައް ވަޖޭބާ؟ ވަލުދޮރާށިން މިބޭރުނުވާކަން ކާކައްބާ ބެލެނީ؟
ޑެގި
23 July 2023
އަތުލައިގަންނަ މަސްތުވާތަކެތި ހިސާބުބބަލަހައްޓަން ވަކި އިދާރާއެއް އުފެދެން ވެއްޖެނޫންތަ! މައްސަލަ ނިމެންދެން ނޫނީ އެތެރެ ކުރި މީހާ ފޮނުވާލާފައި އެތިކޮޅު ފުލުންނާ ހަވާލު ކުރީމާ ސްޓޮކަށް ވާނުވާ ނޭނގި ވާބައެއް ހުމްނަހެން ހީވާން ފަށައިފި. ޝަރީއަތުން މީހުން ސަލާމްތެވޭ. އެކަމަކު އެތައް ޒަމާނެއް.ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ތަކެތި ހުންނަނީ. ކަމަކު ނުދޭ މިހަދާގޮތެއް. އެހެންވެ ވަކިތާކުން ހިސާބު ބަލަހައްޓަން ޖެހެނީ
1828
23 July 2023
"މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް..." މިހިސާބުންނޭ ކަންކަން ގޯސްވަނީ. ދެން ނޭނގޭނެ ތި ތަކެއްޗެއް ވާގޮތެއް.
ޖަމީލުބެ
23 July 2023
އެބަ ރަނގަޅުވޭ! މި މޫސުމުގައި ޒުވާނުން މަގުމައްޗައް ނެރުމަށް، ބަޔަކު މިތަކެތި ބޭނުންވާނެ! ވާންކޮށްފަ ބަހައްޓާތި! އެންމެ އިންޗިއެއްވެސް ދޫނުކުރާތި!
އޮނަރަބްލް އަފީފު ދީދީ
23 July 2023
ޕާރްސަލް ޕޯސްޓްކޮށްފައިވަނީ އިޤިރޭސިވިލާތުންތޯ؟ ނުވަތަ ޕާކިސްތާން، އަފްއާން ނުވަތަ އީރާން ފަދަ ޤައުމެއްގައި ހުރި މީހަކު ކޫރިއާއިން ފޮނުވި ޕެކޭޖް އިޤިރޭސިވިލާތު މަގުން ރާއްޖެ އައީތޯ ސާފުކޮށްދޭން ޖެހޭ. # ރާއްޖޭގައި ޑްރަޤްގެވިޔަފާރި ފުޅާވެގެންދިޔަވަރުން މިހާރު ގޭގޭގެ ސިޓިންގ ރޫމާއިހަމައަށް ފަސޭހަކަމާއިއެކު ޑްރަޤް ޑެލިވަރީ ކުރުމުގެ ހިދުމަތްވެސް ދޭންފަށައިފި. މިއީ ޑްރަޤް ވިޔަފާރިއަށް ފަހިވާގޮތަށް ސަރުކާރުން ޤާނޫނާއި ޤަވާއިދަށް ގެނައި ބަދަލުގެ ނަތީޖާ.
އޮނަރަބުލް އަހައްމާ ދީދީ
23 July 2023
މީނަ ހިތުން މީނަ އަކީ ދެން ހުރިހާ ކަމެއް ދަންނަ އެންމެ މޮޅުމީހާ. ފުލުހުން ނުވަތަ ކަސްޓަމްސް އިން ނުޖެހޭ ކޮންމެހެން ޕެކެޖާ ބެހޭ ހުރިހާ މަޢްލޫމާތެއް ހާމަކުރާކަށް. ތަޙްގީގު ކުރާ މައްސަލަތަކުގެ މައްލޫމާތު ހާމަކުރާނީ އަބަދުވެސް ކޮންމެވެސް ހިފެހެއްޓުމެއްގެ ތެރެއިން. މިކަންކަން ހަމަ ތިބޭޅާއަށް ނޭނގެނީތަ ދީދީ؟
ބަޖަގެޓް
23 July 2023
ރޯނުއެދުރުން ވަރަށްގިނަވާނެ ރާއްޖޭގަ. ނުދަައްނަކަމެއް އުޑުދަށުގަ ނޯންނާނެ. ވާހަކަދައްކާއިރު ހީވާނީ އެދާއިރާއަކުން ޕީއެޗްޑީ ނަގާފަހުންނަހެން.
ޖަވާ
24 July 2023
އަފީފު ދީދީގެ ކޮމެންޓުން މަށަކަށް އެހާ ގޯސް ވާހަކަ ތަކެއް ނުފެނޭ. ޕޯސްޓްގެ ހިދުމަތަށް ބަލާއިރު އެދައްކަނީވެސް ރަނގަޅު ވާހަކައެއް. އިގިރޭސިވިލާތު މަގުން އައުމަކީ އެޤައުމުނ ފޮނުވި ޕެކެޖެއް ކަމުގައި ބުނަންޖެހޭ ސަބަބެއްނޫން.