ސިނަމާލެ ބްރިޖު.-- ފޮޓޯ: ޝަފްރާޒް
24 ޖުލައި 2023 - 00:01
މާލެ އާއި ހުޅުމާލެ ހައިވޭގެ ލައިޓްތައް ނިވި، އެ ސަރަހައްދުން އުޅަނދު ދުއްވާ ފަރާތްތައް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ސިނަމާލޭ ބްރިޖަކީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ވެސް ހިނގާފައިވާ ތަނެކެވެ. އެހެންވެ ލައިޓްތައް ނިވި، އެތަނުގައި އަލިކަމެއް ނެތްއިރު އުޅަނދު ދުއްވުމުގައި އިތުރަށް ސަމާލުވާން ފުލުހުން އެދެ އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާ ކަމަށެވެ. ދިމާވީ ކޮން ކަހަލަ މައްސަލައަކާއި އެކަން ހައްލުވާނެ އިރެއް ފުލުހުން ނުބުނެ އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރަން.
— Maldives Police (@PoliceMv) July 23, 2023
އެކަމަކު ލައިޓްތައް ނިވިފައިވާތީ އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީތާ
24 July 2023
ބުރިޖްގައި ހަަމައަށް ލައިޓްތައް ދިއްލިފައިހުރީ ކޮންދުވަހަކުތޯ؟ އަބަދުވެސް ކޮންމެވެސް އެއްހިސާބަކުން ލައިޓްގެ އަލިކަމެއް ނުފެނޭ
ހުސްވީމަހުސްވީ
24 July 2023
ލައިޓުތައް ބަދަލުކުރާ ވަގުތު ޖެހުނީ. އަނެއް 200މިލިއަން
ފަގުޑި
24 July 2023
ފުލުހުންނަކައް މިހާރު ހަލިމަގެއް ޓުރެފިކު ލައިޓެއް މުހިންމެއް ނޫން. އެމީހަކާ އެމީހެއް. މުހިންމީ ކުރިއައްއޮތް ރިޔާސީ އިންތިހާބު. މުހިންމީ ކޮންމެ ރެއަކު ޕީޕީއެމްގެ އަންހެންވެރިން ފަހާދުވުން.
ވަން
24 July 2023
ހައިވޭ؟ ލޮލް
ހޮޓްކިންގ
24 July 2023
ހަލިމަގުން ހުޅުމާލެއަށް އަރާކޮޅުގާ ހުރި ލައިޓްތައް ތިރިވެފައި އަލިމަޑުކަމުން އެކްސީޑެންޓްނުވެ ސަލާމަތް ވަނީ ވަރަށް ހަނިގޮތަކަށް. އެހިސާބުގާ ދުއްވަން ވަރަށް އުނދަގޫވޭ. އެހިސާބުގާ އުސްލައިޓް ދަނޑިޖަހައި އެކަން ހައްލުކުރާކަށް ނޫޅޭބާ.
ސަމަންތާ
24 July 2023
ސީ ޕްލޭން ޖައްސާދިމާ ވީމަ އެއީ. ބަލައިގެން ދުންވުން އެދެން.
އިދުރީހާ ސަލީމާ
24 July 2023
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ހައިވޭތަކަށް ވުރެން ނުރައްކާ އަނެއްކާ ފުލުހުންނަށް މޮނިޓަރ ކުރަން އެހާ އުނދަގޫ
އަހުމިއްޓޭ
24 July 2023
މިހާރަކަށް އައިސް ވަރަށްގިނަ ކަލުންނާއި ކަނބަލުން ދުއްވާ ސައިކަލްތަކުގެ ޓެއިލްލައިޓް ހުންނަނީ އަނދާފަ. މިއީ ވަރަށް އަޅާނުލާއޮތްކަމެއް.
ހޯރަބޭ
24 July 2023
އަބަދު ވެސް ނިވިފަ ހުންނަ ލައިޓްތަކެއް. ކަމާބެހޭ މުއަށްސާތަކުން އަޅާލަނީ އަކީ ނޫން ދެން އެކުސިޑެންޓް ތަކާއި އެއްޗެހި ވީމަ ތިބޭނެ ބަޔާން ނެރެން
ސަލީމު އިދުރީސް
24 July 2023
ސިޓީ ހައިވޭނޫން ހައިވޭތަކާ ލިންކުރޯޑުތަކީ އެއްގޮތަކައް ވެސް އަލިކަމެއް ހުންނަތަނެއްނޫން! 50 ކމ ވަރު މަޑުމަޑުން ދުއްވާމަގަކު ކަރަންޓު ދިއަސް ތިއަކީ ކޮންމެހެން ތިވަރެއް އަރުވަން ޖެހޭ ކަމެއްނޫން! ހަމަ ގައިމުވެސް މަގޭ ލައިސަންސް ނެގިއިރަކު ރޭގަޑު ދުވަން ފަރިތަކޮއް ގަޑި ހަމަ ކުރަން ލާޒިމެއްނޫން! އެކަން މިހާރުވެސް އެގޮތައް އޮތްނަމަ މީހަރު ކުރުން ރަނގަޅު! އަލައް ލައިސަންސްދޭންވީ 2 އަރުގެ ވަގުތީ ލައިސަންސެއް އެމުއްދަތުގަ ބޮޑު ކުށެއް ނުރާނަމަ ދާއިމީކުރޭ!
ޕެޓީ
24 July 2023
ޕެޓީ ކޭސް ކޮޅެއް ލިބިގެންނު މަގުތައް ބެލެހެއްޓޭނީ