ކުރެއްދޫ އައިލެންޑް ރިސޯޓުގައި 58 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރިސޯޓުގެ ސްޓާފުން ބައިވެރިވަނީ.-- ފޮޓޯ: ކުރެއްދޫ ރިސޯޓް
27 ޖުލައި 2023 - 10:56
ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުލަގަދަކޮށް މިނިވަން ދުވަސް އިއްޔެ ފާހަގަކޮށްފި އެވެ.
ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އެ ރިސޯޓުގައި މިނިވަން ދުވަސް ފާހަގަކުރާ ކަމަށެވެ. މި އަހަރު ވެސް ހާއްސަ ހަރަކާތްތަކެއް ބޭއްވީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުގައި 58 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޗެއާމަން، މުހައްމަދު މޫސާ (އުއްޗު) އާއި ރިސޯޓުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ކުރެއްދޫ ރިސޯޓް
"މި ފަހަރު އަޅުގަނޑުމެން ކުޅިވަރު ހަރަކާތްތަކެއް ބޭއްވިން އެއް ދުވަސް ކުރިން. ނެޝަނަލިޓީ ވަކިވަކިން، ވޮލީބޯޅަ މުބާރާތެއް. މި ކޮޅުގައި އުޅޭ އެކި ގައުމުތަކުގެ 720 ސްޓާފުންގެ މެދުގައި. ގާތްގަނޑަކަށް 14 ވަރަކަށް ނެޝަނަލިޓީ އުޅޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ފެތުމުގެ މުބާރާތެއް ވެސް މިއަދު ބާއްވަން ވަނީ ނިންމައިފަ އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުގައި 58 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރިސޯޓުގެ ސްޓާފުން ސަގާފީ އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ކުރެއްދޫ ރިސޯޓް
މި އަހަރު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ހެނދުނު އެ ރިސޯޓުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ރިސޯޓުގެ އެހެން އިސްވެރިންނެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު، ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ދިވެހި ސަގާފީ އައިޓަމްތައް ވެސް ހުށަހެޅި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެސް
28 July 2023
ބިދޭސީން ދޭސިންނަށްވެ، ހުރިހާ ދޭސީން ޖަލަށް ލީމާ، ޤައުމުއޮންނާނީ މިނިވަންވެފައި.
2023
27 July 2023
ދިވެހިދިދަ ހިއްލާލާނެ ދިވެއްސަކުވެސް ނުވޭ....ބޮއިހަލަކި
ދިބެހި
27 July 2023
ދިދަ ނަގަން އެހެރީ ދިވެއްސެއް!!. ތިކަހަލަ ފަރަންޖީންނަކަށް ނޭންގޭނެ. އަވަދިވެފަ ތިޔަހަރީ!