ކެޕްޓަމް މިލާގެ ޕޯސްޓަރެއްގައި ދަނުޝް.
29 ޖުލައި 2023 - 07:34
އިންޑިއާގެ އެކްޓަރު ދަނުޝްގެ އެކްޝަން ފިލްމު "ކެޕްޓަން މިލާ"ގެ ޓީޒާ ނެރެފި އެވެ.
އެ ފިލްމުގެ ޓީޒާ ނެރުނީ ދަނުޝްގެ 40 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އިއްޔެ އެވެ.
މި ތަމަޅަ ފިލްމުގައި ދައްކާނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން، 1930ގެ އަހަރުތަކުގައި ހިނގި ކަންތައްތަކެކެވެ. ފިލްމާ ގުޅޭ މާ ގިނަ ތަފުސީލެއް އަދި އާންމެއް ނުކުރެ އެވެ.
އަރުން މަތީސްވަރަން ޑައިރެކްޓުކުރާ މި ފިލްމުގެ ކާސްޓުގައި ދެން ހިމެނެނީ ޕްރިޔަންކާ މޯހަން، ނިވެދިތާ ސަތީޝް، ޝިވާ ރާޖްކުމާރު، ސަންދީޕް ކިޝަން އަދި ޖޯން ކޮކެން އެވެ.
"ކެޕްޓަން މިލާ" ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ ޑިސެމްބަރު މަހު 15 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy