ކުޑަ ވިލިނގިލި ރިސޯޓުގެ ސްޓާފުންނާ އެކު ރަޖްނީކާންތު ކޭކު ފަޅަނީ.-- ފޮޓޯ: ކުޑަ ވިލިނގިލި ރިސޯޓް
28 ޖުލައި 2023 - 21:41
އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތު ފިލްމުތަކުގައި ގަދަފަދަކަން ދެއްކިއެއް ކަމަކު ރާއްޖޭގައި ދެ ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ހޭދަކޮށް ރާއްޖޭގެ ރީތިކަމުގެ ކުރިމަތީގައި އާޝޯހުވެ ހުރެ ފުރައިގެން ހިނގައްޖެ އެވެ.
ރަޖްނީކާންތު ޗުއްޓީ ހޭދަކުރީ ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިނގިލި ރިސޯޓުގަ އެވެ. އޭނާ ފުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ރިސޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ރަޖްނީކާންތު އެ ރިސޯޓުގައި 12 ދުވަސް ހޭދަކުރި އެވެ. އަދި އޭނާ ފުރުމުގެ ކުރިން ރިސޯޓުގެ ސްޓާފުންނާ އެކު ކޭކު ފެޅުމުގެ ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
"ކުޑަ ވިލިނގިއްޔަކީ ވަރަށް އަމާން، ހިތްފަސޭހަ ރިސޯޓެއް އަދި ސްޓާފުން ވެސް އެހާ ހިތްހެޔޮ،" ރަޖްނީކާންތު ބުނި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ރިސޯޓަކީ "ސުވަރުގެ" ކަމަށާއި އެއީ އޭނާގެ ދެވަނަ ގެ ކަމަށް ދެކޭ ކަމަށް ވެސް ރަޖްނީކާތު ބުންޏެވެ.
ރަޖްނީކާންތު ރާއްޖެ އައީ މި މަހު 14 ގައި ސްރީ ލަންކަން އެއާލައިންގެ ފްލައިޓަކުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޯޓުން ފޭބުމާ އެކު ނަގާފައިވާ އޭނާގެ ފޮޓޯއެއް ސްރީ ލަންކަން އެއާލައިންގެ ފޭސްބުކް ޕޯސްޓެއްގައި ހިއްސާކުރުމުން މީޑިއާގެ ސަމާލުކަމަށް އެކަން އައީ އެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު ރަޖްނީކާންތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަރިއެކެވެ. ބޮޑަށް މަޝްހޫރީ އޭނާގެ ދެވަނައެއް ނެތް އެކްޝަން ފިލްމުތަކުންނެވެ.
ރަޖްނީކާންތު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ދަރިފުޅު، އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ ފިލްމެއް ކަމަށްވާ "ލާލް ސަލާމް"ގަ އެވެ. އަދި އަންނަ މަހު "ޖެއިލާ" ކިޔާ އޭނާގެ އެކްޝަން ފިލްމެއް ވެސް ނުކުންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަބިންދާލި
30 July 2023
އޭނަޔަކަށް ނޭގޭ ތިހާރީތި ރަށްތަކާފަޅުތައް ހުންނައިރު އަހަރެމެން ދިވެހިންނަށް ނުފެންނަތަންތަން މިދިވެހިރާއްޖޭގަ ގިނަކަމެއް . ކޮންމެ މިހަކަށް ތިތަންތަން ބަލަން ނުދެވޭކަމެއް . އަމިއްލަ ގައުމުގަ ކިތަންމެ ރީތި ތަނެއް އޮތަސް ދުވަހަކު ތިފަދަ ތަންތަން ނުފެންނަ މީހުން ގިނަ ކަމެއް . އަހަރުމެން އުޅެނީ ދުނިޔެ މަތިގަ ސުވަރުގެއެއްގައެއް ނޫން . ގުދްރަތީ ރީތި ހަޒާނާ އެއް ލިބިފަވިއަސް. ވަކިބަޔަކަށް އޮތް ހައްޤެއް ތީ .
ގައުމުގެ ދޫ
30 July 2023
ރަޖުނީ މާލެއަރާ، އާދައިގެ މީސްމީހުން ދިރިއުއުޅޭ އަލިފާންފޮށިވަރުގެ ތަންތަންކޮޅު ބަލައިފިއްޔަ އަދި ތިއަށްވުރެ އާޝޯޚްވާނެ.
އަލިފުތާ
30 July 2023
ތި ހެޑިންގ ރަގަޅެއް ނޫނެވެ. ރަޖްނީ ކާންތް ގެ ރީތިކަން ފެނިފައި ދިވެހި ރާއްޖެ މަޑުމައިތިރިވިއެވެ. އަދި ރަޖްނީ ކާންތް ގެ ރީތިކަން ފެނިފައި ދިވެހި ގަދަ ކަނޑުތައް މަޑު ފުށްކޮޅަކަށް ވިއެވެ. އަދި ރަޖްނީ ކާންތް ގެ ރީތިކަން ފެނިފަައި ދިވެހި ރާއްޖޭ އާޝޯޙް ވިއެވެ.
ޖޯޖް
30 July 2023
ބަޔާން ކިތައްމެހާވެސް ރީތި ސްޓާފުން ކަމޭހިތާކަން އެނގޭ ތިތަން ހުޅުވަން އިޅުނު އިރު އައިޓީއަަށް ހުރި ދިވެހި ކުއްޖާގެ އަމަލު ހުރިގޮތުން ރީތިބަހުން ވާހަކަ ދައްކަން ނޭނގޭތާގަ މަސައްކަތް ނިމުނީމަ އެދިދިޔަ މީހަކު އެއްލާލާރިސޯޓެއްތީ އެހެނަސް ފަހުން އެތަނާ ހަވާލުވި ބިދޭސީ މީހާ ރަނގަޅު
ޑިނގާ
29 July 2023
ރަޖްނީ މައި މޭން.
ޕަންޕުކިން
29 July 2023
އޭނާ މިތަނަށް އައީ ގަދަދައްކާން ހިތުނިޔަތްގަނެގެންތަ؟
ފެހި
29 July 2023
ރާއްޖެއަށް އަދި އަންނާނެ ތަންމަތިބޮޑި ހިފައިގެން ދިރިއުޅުން މިތަނަށް ބަދަލުކުރަން
ސޭބޫ
30 July 2023
ނާންނާނެ. ކަލެއަށް އަދި ނޭންގެނީ އިންޑިޔާގާ އޭނާއާހެދި މޮޔަވެހެންއުޅޭ އެތައް ލައްކަމީހުންގެ ވާހަކަ. މިތާކު މީހަކުނޫޅޭ އޭނާ އެދަރަޖައަށް ގެންގޮސްގެންނެއް. އެހެންވީމާ އޭނާ ނުޖެހޭ މިތަނަށް އެއްބޮނޑިއެއްވެސް ހިފައިގެން އަންނާކަށް.
އަބްޑޫޅް +
29 July 2023
ރާއްޖެ ގެންނަން ބޭނުމީ އިންޑިޔާ މީހުންނެއް ނޫން. ޔޫރަޕް، އިގިރޭސް، ޖަޕާނު، އެމެރިކާ، ޗައިނާ، އޮޝްޓޭލިޔާ މީހުން.
ޢަހްސަން ފަރީދު
29 July 2023
ވަކި ބަޔަކުދެކެ ހަސަދަވެރިވެ އުޅުމަކީ ތަހުޒީބީ ވިސްނުމާ ދުރުކަމެއް. އެއްމެ ތަރައްގީވެފައިވާ ގައުމުތަށް، ސިންގަޕޫރގަ އިންޑިޔާ މީހުންގެ އާބާދީ20% އެގައުމުގެ ރާއިސްއަކަށް ހުރީ އިންޑިއަން ނަސްލު މީހެއް، ޑުބާއީ 30% އަކީ އިންޑިޔަން މީހުން ، އިންގިރޭސިވިލާތު 25% އަދި ވެރިޔަކާސް ހުރީ އިންޑިއަން ނަސްލުގެ މީހެއް، ދުނިޔޭގެ ސުޕާރޕަވާރ އެމެރިކާގެ ވެސް މިހާލާތު ނާއިބު ރައީސް އަކަށް ހުރީ އިންޑިއަން ނަސްލުގެ މީހެއް .ގަތަރުގަވެސް މިގޮތަށް .
ހެހެހެހ
29 July 2023
ޗައިނާ ނެތްނަމަ ތި ލިސްޓް އޭގެ ޒާތުގާ ގޯހެއްނޫން، ޗައިނާ މީހުންނަކީ އިންޑިޔާ ގެސްޓުންނާ އެއްވަރަށްވެސް ހަރަދުކުރަން ކުރޭ ބައެއްނޫން، ނޫޑްލޮސް ޕެކެޓް ހިފާގެން އަންނަ ބައެއް.
ލޯބިވާ ވަޠަން.
30 July 2023
އަހްސަން ފަރީދު ޤަތަރޭ ކިޔައިގެން ނުކިޔާ. ތިމާއަށް ނޭގޭ ވާހަކަ ނުދައްކާ. ތިބާ ބޭނުންވަނީ ތިބުނާ ގައުމުތައްގޮތަށް މި ގައުމުގާވެސް އިންޑިއާ މީހަކި ވެރިއކަށް ހުންނަންތަ؟ ސޮރީ. އެފުރުޞަތެއް ދިވެހިގައުމަކުން ދެވޭލަށް ނެތް. ތީ އަނެއްކާ އިންޑިއާ މީހަކީތަ؟
ތުނޑުހަސަނު
29 July 2023
ރަޖުނީގެ ފިލްމުތައް ބަލާފަ އަހަރެމެން ވެސް ތިބީ އާޝޯޚުވެފައި.
ފޭރޭ
29 July 2023
ރިސޯޓަކަށް ހުރިހާ ފައިދާއެއް ރަޖޫ އައީމަ,އެނދު އިތުރުވެ ގެސްޓުން އިތުރުވީމަ ފައިދާވަނީ ދިވެހިންގެ ތެރެއިން މަދުބަޔަކާ ބޭރުގެ ބޮޑެތި މަހުޖަނުންނަށް އާދައިގެ މީހަކަށް ނޯވޭ އެއްޗެ