30 ޖުލައި 2023 - 14:16
ކުޑަކުދިންނަށް ދޭ ބޭހެއްގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާތަކެއް ހުރުމުން އެކަމަށް ސަމާލުވާން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު އިއުލާނުގައި ބުނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "diethylene glycol and ethylene glycol” ހުރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން އެލާޓް ކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން ނެރުނު އެލާޓެއްގައި، "ނޭޗަކޯލްޑް" ނަމަކަށް ކިޔާ ކުޑަކުދިންގެ ސިރަޕްގައި ވެސް އެ މާއްދާތައް ހިމެނޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް، ޑަބްލިއުއެޗްއޯއާ ހަވާލައިދީ އެ އޮތޯރިޓީން ބުންޏެވެ.
އެ ސިރަޕަކީ އިންގްލެންޑުގެ ފްރެކެން އިންޓަނޭޝަނަލްގައި އުފައްދައި، ކެމަރޫންގައި ދައުރުވަމުންދާ ބޭހެކެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުން، ކެމަރޫންގައި މި ފަހުން ކުޑަކުދިންތަކެއް މަރުވުމާ މި ސިރަޕް ގުޅިފައިވެ އެވެ. އަދި އެ ބޭސް އުފައްދާފައި ވަނީ އިންޑިއާގައި ކަމަށް، އެ ނޫސްތަކުން ބުނެ އެވެ.
ނަމަވެސް، އެމްއެފްޑީއޭއިން ބުނީ އެ ސިރަޕަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ދީފައިވާ ބޭހެއް ނޫން ކަމަށެވެ. ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫން ގޮތަކުން ވެސް ރާއްޖެއަށް އެ ބޭސް އެތެރެކުރުމުގެ ފުރުސަތު އޮތްކަމަށް ވާތީ ސަމާލުވާން އެދުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
30 July 2023
މޭޑް އިން އިންޑިޔާ
ޓެރޭ
30 July 2023
ދެން ހޮޑާއި ގުޔާ ލެވޭނެދޯ؟ ލައްކަ ދުވަސް ވެއްޖެ ބޭހުގެ ކޮލިޓީ ނުހިފެހެއްޓޭ ވާހަކަ މީހުން ދައްކާތާ.
ފުންމައިގެންގޮސް
30 July 2023
ހަބަރު ނުކިޔާ ކޮމެންޓު ކުރީމަ ވާނީ ތިހެން!
ޓެރޭ
30 July 2023
ކޮމެންޓްގައި ލިޔެފައި އޮތް އެއްޗަކަށް ނުވިސްނާ، އަމިއްލަ މީހާގެ ވިސްނުމަށް ރައްދު ދެވޭތީ ތިހެން ތިވަނީ.