31 ޖުލައި 2023 - 16:13
ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމަ މިހާރު ވަންނަމުން އެދަނީ ރަޝިޔާގެ އެންމެ އެތެރެއަށް ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާގެ ވެރިރަށް މޮސްކޯގެ ބައެއް ތަންތަނަށް އިއްޔެ ވަނީ ޑްރޯން ހަމަލާތަކެއް އަމާޒުވެފަ އެވެ. ދެ އޮފީސް އިމާރާތަކަށާއި މޮސްކޯގައި އޮންނަ ވުނުކޯވޯ ވައިގެ ބަނދަރަށް އަމާޒުވި މި ހަމަލާތަކާ ގުޅިގެން، ގަޑިއިރުތަކަކަށް އެ ވައިގެ ބަނދަރު ބަންދުކުރަން ޖެހުނެވެ.
ރަޝިޔާ އިން ބުނި ގޮތުގައި މޮސްކޯގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ޔޫކްރޭންގެ ތިން ޑްރޯނެއް، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ އިއްޔެ ވައްޓައިލި އެވެ. ނަމަވެސް މި ޑްރޯން ހަމަލާތަކާ ބެހޭ ގޮތުން ޔޫކްރޭނުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
މޮސްކޯގެ އެކި ތަންތަނަށް ދޭ ޑްރޯން ހަމަލާތައް އިތުރުވަމުން ދާއިރު، ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައަށް ވުރެ ބޮޑަށް، ރަޝިޔާގެ އަސްކަރިއްޔާ އިން ސަމާލުކަން ދޭންޖެހިފައިވަނީ ވެރިރަށް މޮސްކޯގެ ހިމާޔަތަށެވެ. މޮސްކޯއާއި ޔޫކްރޭންގެ ސަރަހައްދީ ރޮނގާ ދެމެދު އެތައް ސަތޭކަ މޭލެއްގެ ދުރުމިން ހުރި އިރު، ޔޫކްރޭންގެ ޑްރޯންތަކެއް މޮސްކޯގެ ވައިގެ ސަރަހައްދުގައި މިނިވަންކަމާ އެކު އުދުހި ހަމަލާތައް ދެމުން ދާތީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުގެ ހަރުދަނާކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
މޮސްކޯ އަށް ދެމުންދާ ޑްރޯން ހަމަލާތަކުގެ ވާހަކަ ވިދާޅުނުވެ، ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގައި ކުރަން ފެށި ހަނގުރާމަ، މަޑުމަޑުން ރަޝިޔާގެ އެތެރެއަށް ވަންނަމުން ދާ ކަމަށެވެ. އަދި ހަނގުރާމަ މިހާރު ވަންނަމުން ދަނީ ރަޝިޔާގެ އާރާއި ބާރުގެ ރަމްޒު ކަމުގައި ދެކޭ ތަންތަނަށާއި ރަޝިޔާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހަމަލާތަކަކީ ނުހުއްޓުވޭނެ އަދި އޭގެ ޒާތުގައި ތަބީއީ ހަމަލާތަކެއް ކަމަށެވެ. އަދި ރަޝިޔާ އިން ކުރި ކަންތަކާ އަޅައި ބަލާއިރު ވަރަށް ހަމަހަމަ މިންގަނޑަކުން ދެވޭ ހަމަލާތަކެއް ކަމަށާއި، "ޔޫކްރޭން މިހާރު އަންނަނީ ވަރުގަދަވަމުން" ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދެމުންދާ ޑްރޯން ހަމަލާތަކަށް ނުސީދާކޮށް އިޝާރާތް ކުރައްވައި، ޔޫކްރޭންގެ ވައިގެ ލަޝްކަރުގެ ތަރުޖަމާނު ޔޫރީ އިހްނާޓް ވިދާޅުވީ ރަޝިޔާ އިން ފެށި ހަނގުރާމައިގެ ނަތީޖާ މިހާރު ރަޝިޔާ ރައްޔިތުންނަށް ވެސް ފެންނާނެ ކަމަށެވެ. އަދި މި ހަނގުރާމައަކީ ތިމަންމެންނާ ބެހޭ ކަމެއް ނޫން ކަމަށް ގަބޫލުކޮށްގެން ތިބި މީހުންނާ ހަމައަށް ވެސް ހަނގުރާމަ މިހާރު ފޯރައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމާ ކުުރާތީ
02 August 2023
އާދެ. އެލެންކީ އަކީ އެމެރިކާއިން ރަޝާއައި ދެކޮޅަށް ފަށައިފައިވާ ފިނިހަގުރާމަ ޕާޓް-2 ގައި ގެންގުޅޭ ޓޫލް އެއް. ބޭނުން ނިމުނީމަ ދޫކޮށްލާނީ. ޕާކިސްތާނަނީ ޓެރަރިސްޓް ގައުމެކޭ އެމެރިކާއިން މިހާރު ބުނާ ފަދައިން. ފިނިހަގުރާމަ އިންފެށިގެން، ޖ.ޑަބުލިއު ބުޝް މުސްލިމުންނާއި ދެކޮޅަށް ފެށި ވާރއޮން ޓެރާ އަދި ބިންލާދިން އަތުލައިގަތުމަށް އެހީތެރިކަން ހޯދާ މަރާލުމާއި ހަމައަށް ޕާކިސްތާނަކީ ވެސް އެމެރިކާއިން ގެންގުޅުނު ކީ އެއް.
ޖުހާ.
31 July 2023
ސައިބޯނި ބޮތްކެއްވަރު ޑުރޯނެއް ވައްޓާލާކަށް ރަސިއާގެ އެއާރ ޑިފެންސް ސިސްޓަމު އެލާޓަކަށް ނުގެންނާނެ. ޕޫޓިން އެއީ މޮޔައެއް ނޫން. ޒެލެންސްކީ މިހާރު ތިއަހުރީ ހަތަރެސްކަން ހަމަވެފަ. އިންތިހާބެއް ބާއްވަން ނުޖެހޭގޮތަށް ހެޓިލަރުގެ ވެރިކަން ދުނިޔެއަށް ދަސްކޮށްދޭން ނިކުމެ. ހުރިހާ ސިއާސީ މީހުން ޖަލަށް އަޅާލައިގެން ގައުމު ފަނާކޮށްލީ.
ލެއްގިކޮމިޝަނަރ
31 July 2023
ވިހިތިރީސްއަހަރު ހުދުމުހުތާރު ވެރިކަމެއްކޮށް، އެވެރިކަމުގެ އާރާއިބާރާ ޝައުކަތު ހިމާޔަތްކުރަން ދިމާކުރީމަ ދެންހެދޭނީ ހުސްކޮސް. ސޯވިއެޓް ޒަމާނު ވާރުތަވި ދަބަރުޖެހި ހަތިޔާރުން ކާމިޔާބުނުވީމަ އިރާނާ އުތުރު ކޮރެއާ އަދި ޗައިނާއިން ހަތިޔާރު ހޯދައިގެންވެސް އެދަނީ ތޮޅިއަށް. މިހާރު އެހުރީ ހަނގުރާމަ ފެށުނީމަ ލަދުން ހުއްޓާލަންވެސް ނުކުރެވިފަ. ސާރިދޯޅު ހެދިގެއުޅުނަސް ތިސާރިދޯޅައިގަ އެއްވެސް ދަތެއްނެތޭ. ތީމިހާރު މުސްކުޅިވެ ގައިގެ ބާރުނެތް ސަރިދޯޅެއް
ބީރުބޮލުވަޒީރު.
01 August 2023
ދެން އެމެރިކާ އާއި ޔޫރަޕުގެ ދަބަރުނުޖަހާ ވިލާތުގެ މޮޅު ދަނގަޑުބޮނޑި ހިފައިގެން ޒެލެންސްކީ ކީއްވެތަ އެހުންނަނީ ރަސިއާ ނުހިފިފަ. ގައިމުވެސް އަދި މިވީހާތަނަށް ރަސިއާގެ ބިމުގެ އެންމެ އިންޗިއެއްވެސް ޔޫކުރޭނަށް ނެތް ހިފިފައެއް. ކޮމިސަނަރު ތިއައޮތީ އަދި ލެއްގި ގޮތައް. ތެދުވެ މަތިބަލާލަބަލަ.
އަލީބެ
31 July 2023
ޑްރޯން ހަމަލާތަކަކީ މިހާރު ކޮންމެ ގައުމެއްގަވެސް ދެވޭނެ ހަމަލާތަކެއް. މުހިންމީ އެއެއްޗެހި ވައްޓާލާގޮތް. ރަޝިޔާފަދަ ބިންބޮޑު ގައުމެއްގަ ޑްރޯންއެއް ދުއްވާލުމަކީ އަދި ފަސޭހަ ކަމަކަށްވާނެ.
ހިތުން މާ މޮޅު ވާހަކައެކޯ، އަސްލު ދެފުށްކެހެރި
31 July 2023
ރަޝިޔާއިން ޔޫކްރޭންގެ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި އާންމުން ދިރިއުޅޭ ތަންތަނަށް ބޮންއަޅާ ސުންނާފަތިކޮށް ހެދިޔަސް، ރަޝިޔާގެ ސަހަރުތަކަށް ޔޫކްރޭން ސިފައިން ހަމަލާދީގެން ނުވާނެދޯ. ބައިނަލް އަގުވާމީ ޖަމާއަތްތަކުން ޖެހޭނެ މިކަން ބަލާ ކުށްވެރިކުރަން. ހަނގުރާމަައިގައި ބައިވެރިނުވާ ކުށެއްނެތް ރަޝިޔާގެ އާންމުން ހަނގުރާމައިގެ ޝިކާރައަކަށް ވެގެން ނުވާނެ ދޯ. ރަޝިޔާގެ އާންމުންނަކީ ކުށެއް ނެތް މައުސޫމް ބައެއް.
ގުޑުގުޑާ ދޫނި
31 July 2023
ރަޝިޔާ އަކީ މިލިޓަރީ ގޮތުން އެެއްވެސް މާ ބޮޑު އޮއްޓަރެއް ނެތް ބައެއްކަން އެނގެމުން ދަނީ. ވަރަށް ސަބްސްޓޭންޑަރޑް އެއްޗެހި ހުންނާނީ. މުޅިން ފަޟީޙަތް ވެ ނިމިއްޖެ. އިހަށް ދުހު ކިރިޔާ އެމީހުން ގެންގުޅޭ ވެގްނަރ ކުލީ ސިފައިން ކިބައިން ސަލާމަތްވީ ވެސް.
އިބުރާހިމް ޒީ
31 July 2023
ދެފުއްކެހެރި އެމެރިކާއިން ދެވަނަ ބޮޑު ހަނގުރާމައިގަ ބޭނުންކުރި ބައެއް ހަތިޔާރުތަކާއި ، އެފް-16 ހައެއްކަ ބޯޓް ދޭނަމޭ ބުނީމަ އެލެންކީ ހާދަ ވަރަކަށޭ ސާއިބޯނި ބޮކި އަރުވަނީ. އަޅެ މީނައަށް ކޮންމެވެސް މީހަކު ދައްކަން ވީނު މިނަގެ ގައުމުގެ ބޮޑުބައި އަދާ އަޅިއަށް ވެފައިވާ މަންޒަރު.
ލުލް
31 July 2023
އެލެންކީ އޭ.
ޕޫޓިން
31 July 2023
ވަރުގަދަ ޙަމަލާއެއް ނުދެނިސް ހޭއަރާ
ސަލީމު އިދުރީސް
31 July 2023
ރޫސީން އަތުގަ ހުރި ނިއުލީއާ ހަތިއާރު ނޫނީ ބޭނުކޮއްޕި! ޕުޓިން ދަނޭ ނިއުލިއާ ހަތިއާރަކީ ހަމަ އެކަނި އޭނަ އަތުގަ ހުރި އެއްޗެއް ނޫންކަން! ބާރެއްނެއް ޔޫކުރޭނައް އެރީ24 ގަޑީއިރު ތެރޭ އެތަން ހިފޭނެ ކަމުގެ ތަސައްވަރު އޮވެގެން އެމަކު ބަލިކަށި ޔޫކުރޭނު ނުހިފި ޕުޓިންގެ ގޭ ދިމާއެނދު ތަންދަށައް މިހާރު ރޮކެޓު ހަމަލާ އަރަން ފަށައިފި! ފުޓިން އަނެއްކަވެސް ނުބައި ހިސާބެއް ޖަހާ ނިއުލިއާ ބޭނުން ކޮއްފިނަމަ އެސާހިތަކު މޮސްކޯ އަނދާ އަޅިއައް ވާނެކަން ޕުޓިންނައް އެނގޭ