ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ހޯރަފުއްޓަށް މުއިއްޒުގެ ވައުދު: ބިން ހިއްކުމާއި ސިއްހީ ފަރުވާ ރަނގަޅުކުރުން

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ހޯރަފުއްޓަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔުމަށް ނުކުމެ ހުރި ޒުވާނަކާއެކު ސެލްފީއެއް ނަގަނީ.- ފޮޓޯ: ޕީޕީއެމް

ހއ. ހޯރަފުށިން،  އާސިމާ ނިޒާރު، މިހާރު

14 އޯގަސްޓް 2023 - 11:54

1 comments

ވެރިކަމަށް އިންތިހާބުކޮށްފި ނަމަ ހއ. ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުގެ ތެރެއިން، މި ރަށުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެހެން ރަށްރަށެކޭ އެއްގޮތަށް މި ރަށަށް ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް އަދި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ،

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެ އަހަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކަންކަން ކޮށްދޭއިރު އާބާދީއަށް ބަލަން ނުޖެހޭނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ރަށުގައި ބޭނުންވާ ކަންކަމާއި އެހެން ރަށްރަށުގެ މީހުންނަށް ވެސް ބޭނުންވާ ކަންތައްތައް އެބަހުރި. ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް... ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް އެކަށީގެންވާ ބިމެއް ނެތް. ތަރައްގީއަށްޓަކައި ބިން ހިއްކައިދޭނަން. އެ ބިމުގައި ހައުސިން ޔުނިޓު އެޅުމާއި ގިނަ މަޝްރޫއުތައް ހިންގޭނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި އެ ޕާޓީއަށް ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމަށެވެ. ތަރައްގީގެ އުސްމިންތަކަށް ރާއްޖެ ބަދަލުވެގެން ދިޔަގޮތް އަދި އިޖުތިމާއީ ގޮތުން އައި ބަދަލުތަކުގެ މަންޒަރު އެ ވެރިކަމުގައި ފެނިގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

"..އަޅުގަނޑުމެން މަސައްކަތްކުރާނީ އެ މަނިކުފާނުގެ އިރުޝާދާ އެކު. ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މަސައްކަތްކޮށްދޭނެ ބައެއް އަޅުގަނޑުމެންނަކީ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އުއްމީދުތައް ހާސިލްވާނެ." އޭނާ ވިދާޅުވި އެވެ.

މުއިއްޒު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ރަނގަޅު ފަރުވާ ލިބޭ ހޮސްޕިޓަލަކަށް ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ.

އެ ކަންކަމުގެ އިތުރުން ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމަކާއި ބިކަވެގެންދާ ޒުވާނުން ބާރުވެރިކުރުމަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި، މި އަތޮޅުގެ އެހެން ރަށްތަކުގެ މަގުތައް ހަދައި އިތުރު ކްލާސްރޫމްތައް އަޅައި ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

14 August 2023

ބިންހިއްކަނީ އަމިއްލަ ފައިސާގައިތަ. ނޫނީ ލޯން ނަގައިގެންތަ؟ ނޫނީ ހަމަހިލޭ އެއްވެސް ޚަރަދެއް ސަރުކާރުން ނުކުރާނެތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454