މޯލްޑިވިއަން އެއާލައިންގެ މަތިންދާ ބޯޓެއް. މޯލްޑިވިއަން އިން ބެންގަލޫރަށް އޮކްޓޫބަރުގައި ދަތުރު ފަށަނީ
16 އޯގަސްޓް 2023 - 12:11
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އޮކްޓޫބަރު މަހުގެ 30 އިން ފެށިގެން ބެންގަލޫރަށް ދަތުރުތައް ކުރާނެ ކަމަށެވެ. ބެންގަލޫރަކީ ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ މަންޒިލެކެވެ.
މޯލްޑިވިއަން އިން ކޮންމެ ހަފްތާއެއްގެ ހޯމަ އާއި ބުރާސްފަތީގައި ބެންގަލޫރަށް ދަތުރުތައް ކުރާނެ އެވެ. އެ އެއާލައިނުން ބުނީ، ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމީ އެ އެއާލައިންގެ އިންޓަނޭޝަނަލް ރޫޓުތައް އިތުރުކޮށް އާންމުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ.
މިއަދުން ފެށިގެން އެ އެއާލައިނުން ބެންގަލޫރަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަނެވޭނެ އެވެ.
މޯލްޑިވިއަން އިން މިހާރު ދަތުރުކުރަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއަށެވެ. މޯލްޑިވިއަން އިން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ދިއްލީއަށް ވެސް މޯލްޑިވިއަން އިން ދަތުރު ކުރި އެވެ. އިންޑިއާގެ އިތުރުން މޯލްޑިވިއަން އިން މިވަގުތު ދަތުރު ކުރަނީ ބަންގްލަދޭޝްގެ ޑާކާއަށެވެ.
މޯލްޑިވިއަން އިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރުކުރަން މިވަގުތު ގެންގުޅެނީ އެއާބަސް އޭ 320 ބޯޓެވެ. އިތުރު އެއާބަސް ބޯޓެއް ހޯދުމަށް ގައުމީ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނަ
17 August 2023
ޓިކެޓް އަގަކީ ކޮބަޔޯ؟
އޮނަރަބްލް އަފީފު ދީދީ
17 August 2023
ޤައުމީ އެއަރލައިން ބަޤުރޫޓްނުވެ ސަލާމަށްކޮށް ކުންފުނީގެ މުސްތަޤުބަލް އުޖާލާކޮށް ދިނުމަށްޓަކާ ކަމެއް ކުރާނަމަ ސަރުކާރުން އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ ކުންފުނީގެ ސީނިއަރ ބޯޑް އަދި މެނޭޖްމަންޓަށް އިސްކޮށްފައިތިބި ވަޒީރުންގެ ޅިޔަން ފަހަރިންނާއި މާބޮޑެތިކަމަށް ހީކޮށްގެންތިބި އަބުއި އާއިލާތަކުގެ ބޮޑުން ބަދަލުކޮށް ދާއިރާގެ ތައުލީމް ލިބިފައިވާ ކަންކަން ކުރެވޭނެ ޤާބިލް ބަޔަކާއި ކުންފުނި ހިންގާން ޙަވާލުކުރުން. މިހެންނަހަދާ ތިތަން ސަލާމަތް ނުކުރެވޭނެ.
ޑީއެމްޑީ
16 August 2023
ޑާކާ ހުއްޓާލަނީ
ފަށަން
16 August 2023
ތިކަން ކުރަން މާލަސްވެއްޖެ އިންޑިގޯއިން ދަތުރުކުރާ މީހުންނަށް ކާއެއްޗެ ދެނީއެއްނުން
އިންޑިއަން
16 August 2023
މިއައްވުރެން އިންޑިގޯ ވެސް މާ ސަޅި
މޯޑިވް މީހާ
16 August 2023
ކަންތަކާ ލައިގަތީ އަގުބޮޑު ކޮށް ޓިކެޓް ދީފަ ހިދުމަށް އެންމެ ދައް ފެނަވަރު އެއާރ ލައިން
ހަނދުބެ
16 August 2023
ހަނދަށް ދިއުމަށްވުރެ އަގު ހެޔޮ ވާނެ ކަމަކަށް ނުބެލެވޭ!
ޖެނީމެމް
16 August 2023
ރާއްޖޭގެ އެތެރޭގެ އުދުހުންތައް ރަނގަޅަށް ނުކުރެވޭ އިރު ބޭރަށް އަދިވެސް ދަތުރު ފަށަންވީ.. ނުފޯރާ ފޮތިން ފޫގަޅަން ތި އުޅެނީ