ސިވިލް ކޯޓުގެ އެތެރެ: ކޯޓަށް ވަގަކު ވަތް މައްސަލައެއް ދަނީ ތަހުގީގުކުރަމުން.
18 އޯގަސްޓް 2023 - 21:55
ސިވިލް ކޯޓަށް ވައްކަން ކުރަން މީހަކު ވަން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަސްޓިސް ބިލްޑިންގެ ދެ ވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަން މައްސަލައެއް މިއަދު ހަވީރު 4:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ތަނުގެ ގްރައުންޑާއި ދެ ވަނަ އަދި ތިން ވަނަ ފްލޯގައި ހިންގަނީ ސިވިލް ކޯޓެވެ.
އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އިމާރާތުން އެއްވެސް އެއްޗެއް ވަގަށް ނެގި ކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ސިވިލް ކޯޓަށް ވަގަކު ވަންއިރު، ހަމަ އެ އިމާރާތުގައި ހިންގާ ފެމިލީ ކޯޓަށް ވެސް މި މަހުގެ ކުރީކޮޅު ދެ ފަހަރަށް ގެއްލުންދީ ވައްކަން ކޮށްފައިވެ އެވެ.
އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު ޝައްފާން "ވިދާޅުވީ އެ އިމާރާތުން އެންމެ ފުރަތަމަ ވައްކަން ކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށެވެ. އެއަށްފަހު، މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ދަންވަރު އަނެއްކާ ވެސް ވައްކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެމިލީ ކޯޓަށް ދެ ފަހަރު ގެއްލުންދީ ވަގަށް ނެގީ ފައިސާތަކެކެވެ. ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި މުދަލެއް ނުގެއްލޭ ކަމަށް ޝައްފާން އޭރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެވެނީ
20 August 2023
އޭނާ އެއްޗެއް ވަގަށް ނުނަގާނަމަ އެވަނީ ކުރީބައިގަ ތަންހުރި ގޮތުގެ ޗެކެއް ޖަހާލަންކަމަށް ލަފާކުރެވެނީ.
ވަގުންގެ ވަގު
19 August 2023
ވަގުން އުޅޭ ތަނެއްގައި ތިޔަ ވަރުގެ ކަމެއް ހިނގާފާނެ
ކަމަނައްތަ
19 August 2023
ސިޔާސީ މީހެއްގެ ޝަރީއަތް އޮންނަ އިރު ފުލުހުންނާ ހެދި ތި ކޯޓު ސަރަހައްދުން ދުއްވާ ނުލެވޭ.
ސަނދުރަވި
19 August 2023
ދައުލަތުގެ މިފަދަ މުއައްސަސާ ތަކުގެ ސެކިޔުރިޓީ ބަލަހައްޓަން ޖެހޭނީ ފުލުހުން. ފުލުހުންނަކި ހަމައެކަނީ ރައީސް އޮފީހާ ރައީސުލް ޖުމްހޫރިއްޔާގެ ގަނޑުވަރުގެ ސެކިޔުރިޓީ ބަލަހައްޓާ ބަޔަކަށް ވެފައި މިއޮތީ. ދައުލަތުގެ އެހެން މުއައްސަސާތަކުގެ ސެކިޔުރިޓީ ކިބާތޯ. ސްޕްރިމް ކޯޓަކީ އެންމެ މަތީ ސެކިޔުރިޓީ ދޭން ޖެހޭތަނެއް . އެތާ ބެރުގައި ނަމަކަށް ބައިދާފައި އިންނަ ވޮޗަރެއް އިނދޭ.
ރޮޖަރ
18 August 2023
ތިހެން ވަންނަ ވަގަކު މައްސަލަތަކުގެ ލިޔެކިޔުންތައް ބަދަލުކޮށް ކުޅެ ނަހަދާނެ ކަމުގެ ކޮން ޔަގީންކަމެއް އޮތީ. މީ ބޮޑު މައްސަލައެއް. ފާއިތުވެދިޔަ މަދު އަހަރުތަކެއް ތެރޭ މިގޮތަށް އެކި ކޯޓުތަކަށް ތަކުރާރުކޮށް ވަދެފި. އެޅުނު ފިޔަވަޅެއް އެބަ އޮތްތަ. ޑީޖޭއޭ އާ ނޫސްވެރިން ސުވާލުކުރަންޖެހޭ
ފްރައިޑޭ
18 August 2023
ޤައުމުގެ ސަލާމަތީ ބާރުތަކަށް ( ފުލުހުންނާ ސިފައިންނަށް ) ދައުލަތުން ކުރާ ޚަރަދު ބޮޑުތަނުން ކުޑަކޮށް ، މި ކަން ޕްރަވަޓައިޒް ކޮށް ވިޔަފާރި އުސޫލުން ސެކިޔުރިޓީ ބަލަހައްޓާ ދޭނެ ރަނގަޅު ބަޔަކާ މިހާރުން މިހާރަށް މިކަން ޙަވާލު ކުރުމަށް ގޮވާލަން.
ޚަދީޖާ އަޙްމަދު
18 August 2023
ދެހާހެއް ހާ ފުލުހުން ބަރާބަރަށް ކާން ދީފައި ބޮޑު މުސާރަ އާއި އިނާޔަތްތައް ދީފައި ބެރެކް ތަކުގައި ތާސް ކުޅެން ބޭއްތިއްބުމުގެ ބޭނުމަކީ ކޮބާ ތޯ ؟
ޒަމްޒަމް
19 August 2023
ފުލުހުންނަކީ ޙާދިސާ އެއް ހިނގީމާ އެތަނަކަަށް ވީއެންމެ އަވަހަކަށް ގޮސް ބަޔާން ނަގަން ތިބޭ ބައެއް. ދެން އިތުރަށް އެމީހުން ކުރާ ކަމަކީ ސްޓެޓިސްޓިކް ބެލެހެއްޓުން.
ހަސަންދީއ
18 August 2023
މުޅި ޖުޑީޝަރީގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެގެން ކޯޓުގެ ބަޖެޓައްދަންދެން ބަޑުޑި ބައްދައިގެން ތިބެނީ ޑިޕާޓްމަންޓް އޮފް ޖުޑީޝާލް އެޑްމިނިސްޓްރޭޝަނުން. އެތަން ޑައިރެކްޓް ކުރަނީ ޖޭ.އެސް.ސީ އިން. މީދެން ބޮޑުވަރުނު. މައްސަލައެއްގެ ފައިލް ގެއްލިފައިވާކަން އަދި ބުނެދޭން ނޭނގުނަސް ފަހުން އެނގޭނީ.