ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސްގެ ފޭން ޔޫސުފް މި އިނީ ވަރަށް އުފަލުން

އުމުރުން ހަ އަހަރުގެ ޔޫސުފް އިޒާން އަހުމަދު ވަހީދު މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެ އިނީ ވަރަށް އުފަލުންނެވެ. އުމުރުން ހަތަރު އަހަރުން ފެށިގެން އޭނާ ދުށް އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްކީ ހީކުރި ވަރަށްވުރެ ވެސް އުފާވެރިކޮށެވެ.

ކުޑަކުޑަ ޔޫސުފަކީ ރައީސްގެ ބޮޑު ފޭނެކެވެ.

ޔޫސުފް މަންމަ ނަޖުމާ ލައްވައި ފޭސްބުކަށް ވީޑިއޯއެއް އަޕްލޯޑްކުރުމުން ރައީސް ވަނީ މުލިއާގެއަށް ޔޫސުފަށް ދައުވަތު ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ޔޫސުފްގެ ވާހަކަތައް ކިޔައިދޭން ފުރުސަތު ލިބުނެވެ.

"ޔޫސުފް ވަރަށް އިމްޕްރެސްވާ ޕާސަނާލިޓީއެއް ރައީސް ސޯލިހަކީ، އަބަދުވެސް އެންމެ ކުޑައިރުން ފެށިގެން ވެސް ބޭނުންވާނެ ރައީސާ ބައްދަލުކުރަން. ޓީވީން ފެނުނަސް އަބަދުވެސް ބަލާނެ. ތަނެއްގައި ހުއްޓާ ވެސް ރައީސް ޓީވީން ފެންނަހެން ހީވިޔަސް، އަޑު އިވުނަސް ދާނެ ދުވެފައި ކައިރިއަށް. ވަރަށް ކުޑައިރުއްސުރެ، ގާތްގަނޑަކަށް ހަތަރު އަހަރުން ފެށިގެން ވެސް އެހެން އުޅޭނެ ރައީސް ފެނުނަސް އަޑު އިވުނަސް،" ޔޫސުފްގެ މަންމަ ނަޖްމާ އަބްދުﷲ ބުންޏެވެ.

ރައީސްއާ ބައްދަލުކުރަން ޔޫސުފް އެތައް ފަހަރަކު މަސައްކަތްކޮށްފި އެވެ. ރައީސްގެ ވާހަކަ އަބަދު ދައްކަމުން ގޮސް ރައީސްއާ ބައްދަލުވޭތޯ އެންމެ ފުރަތަމަ ޔޫސުފް މަސައްކަތްކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ހިޔާ ސަރަހައްދަށް ރައީސް ވަޑައިގަތް ދުވަހަކު އެވެ.

"...ޔޫސުފް ކިޔާނީ ރައީސް މުހައްމަދު ސޯލިހް، އަޅުގަނޑު ކައިރީ އަހައިފި މިތާ ރައީސް މުހައްމަދު ސޯލިހް އެބަ އުޅުއްވާތޯއޭ، ރައީސްގެ މޮޓޯކޭޑް ފެނިގެން ވަރަށް އިމްޕްރެސް ވެގެން ބުނެފި، ހިނގާށޭ ޔޫސުފް ގޮވައިގެން ރައީސާ ބައްދަލުކުރަން،" ޔޫސުފްގެ މަންމަ ކިޔައިދިނެވެ.

ޔޫސުފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މުލިއާގޭގައި. -- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ނަމަވެސް އެރޭ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތުމުން އެތަނަށް ވަންނަން އުނދަގޫވާނެ ކަމަށާއި އެހެން ދުވަހަކުން ރައީސާ ބައްދަލުކުރާނީ ކަމަށް ބުނެ ޔޫސުފް ގޮވައިގެން ގެއަށް ދިޔައީ ކަމަށް ނަޖުމާ ބުންޏެވެ.

"އެރޭ ދެން ވަރަށް ދެރަވެގެން ގެއަށް ދިޔައީ. އަޅުގަނޑު އެހެންވެ ބުނިން އެހެން ދުވަހަކުން އަންނާނީއޭ ރައީސާ ބައްދަލުކުރަން،"

މާޝަލް އާޓްސް ކްލާހުގައި ބޭއްވި ހަރަކާތެއްގައި ޔޫސުފަށް ލިބުނު ސެޓްފިކެޓެއް ހިފައިގެން.--

އޭގެ ދުވަސްކޮޅެއް ފަހުން ހުޅުމާލެ 2 ގައި ކްލިނިކެއް ހުޅުއްވައިދެއްވަން ރައީސް ވަޑައިގަންނަވާ ކަމަށް ޔޫސުފަށް މީހެއްގެ ފަރާތުން އެނގުނެވެ. ޔޫސުފްގެ މަންމަ ބުނީ އެއީ ޔޫސުފް ސްވިމިން ކްލާހަށް ދާން އޮތް ދުވަހެއް ކަމަށާއި އެހެންވެ އެ ދުވަހު ބޭނުންވީ ސްވިމިން އަށް ވެސް ނުގޮސް ރައީސްއާ ބައްދަލުކުރަން ދާން ކަމަށެވެ.

އެކަމަކު އެ ދުވަހު ކަންތަންވީ ދެރަކޮށެވެ.

"ސުވިމިން އަށް ދާކަށް އެއްބަހެއް ނުވި. އެހެން ހުއްޓައި ރައީސް ވަޑައިނުގަންނަވައި، ނައިބް ރައީސް ވަޑައިގަތީ އެތަން ހުޅުވައިދެއްވަން. ދެން ދެރަވެގެން ރުޅި އައިސް، ރޮއެ. އެ ދުވަހު ވެސް ރައީސާ ބައްދަލު ނުވީމަ،" ނަޖުމާ ބުންޏެވެ.

ޔޫސުފް ސިފައިންގެ ޔުނިފޯމްގައި.

އޭގެ ދުވަސްކޮޅެއް ފަހުން ޔޫސުފް މަންމަ ގާތު އެދުނީ ރައީސަށް ސިޓީއެއް ލިޔެދޭށެވެ.

"ބުނެފި ޔޫސުފް ވަރަށް ބޭނުމޭ ރައީސާ ބައްދަލުކުރަން. ރައީސް މުހައްމަދު ސޯލިހަށް ސިޓީއެއް ލިޔެދޭށޭ. އަޅުގަނޑުދެން އެހާ ވަރަކަށް އެކަމަކާ ނޫޅެން. އެހެން ހުއްޓާ ޔޫސުފް ވަރަށް ބަލިވެގެން ރަނގަޅުވެގެން އެއްދުވަހު ޓީވީ ބަލަން އޮއްވައި އަނެއްކަ މި ފެންނަނީ ރައީސް،" ނަޖުމާ ބުނީ އެ ހިސާބުން އަނެއްކާ ސިޓީގެ މަތިން ހަނދާންވެ އެ ވާހަކަ ދައްކަން ފެށި ކަމަށެވެ.

"ޓީވީ ފެނިގެން ހަނދާންވެގެން ބުނެފި އެއްކަލަ ލެޓާ ލިޔެފިން ހެއްޔޭ. ބުނީމަވެސް ނުލިޔަމެއްނުން ހެއްޔޭ. އެދުވަހު ވަރަށް ކިޔައިގެން ދެން އަޅުގަނޑު ބުނެފިން އޯކޭއޭ ލިޔެދީފާނަމޭ. ޓީވީ ކައިރީ އިނދެ، ލިޔެދިނީމާ އޭގެ މަތީގައި ޔޫސުފް އަމިއްލައަށް އެ ހުރީ ލިޔެފައި. ދެން ބުނީ މީތި ލައިދޭށޭ ޔޫޓިއުބަށް. ދެން އަޅުގަނޑު ބުނެފިން ޔޫޓިއުބަކަށް ނުލެވޭނޭ. ދެން ބުނެފި އެހެންވިއްޔާ މި ސިޓީ ރައީސް ސޯލިހަށް ފޮނުވަދޭށޭ. ދެން އަޅުގަނޑު ބުނެފިން އެންމެ ފަސޭހައިން މަންމައަށް ފޮނުވޭނީ މިގޮތަށޭ، އަންނާށޭ ވީއޯއެއް ކޮށްލަދޭނަމޭ،"

ޔޫސުފް: އެންމެ ކުޑައިރުން ފެށިގެން ދެކެން ބޭނުންވަނީ ރައީސާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެ ދުވަހެއް.--

އެ ސިޓީ ޔޫސުފް ކިޔައި އެ މަންޒަރު ވީޑިއޯކޮށް ފޭސްބުކްގައި ޕޯސްޓްކުރީ އެވެ. އެކަމަކު ރައީސްއާ ހަމަޔަށް އެ ފޯރާ ގޮތެއް ނުވި އެވެ.

"އެ ވީޑިއޯ ލީފަހުން ކޮންމެ ދުވަހަކު އަހާނެ، ރައީސް ނުގުޅާ ހެއްޔޭ، ޔޫސުފް ބޭނުމޭ ރައީސާ ބައްދަލުކުރަން. އަގަނޑުވެސް ވަރަށް މަސައްކަތް ކުރިން، އެކި ގޮތްގޮތަށް އުޅެއުޅެ ވެސް އަޅުގަނޑަކަށް އެ ރައީސާ ހަމައަށް ދާގޮތެއް ނުވި."

އެއީ މީގެ ދެ އަހަރު ކުރި ނަމަވެސް ޔޫސުފްގެ އެ ހުވަފެން ހަގީގަތަކަށް ހަދަން ނަޖްމާ އައީ މަސައްކަތްކުރަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ނިންމި ޖަލްސާ އެ ޕާޓީން ބޭއްވި ހުޅުމާލެ ރުއްގަނޑުގަ އެވެ. އެ ދުވަހު ހަވީރު ޔޫސުފް ގޮވައިގެން ނަޖްމާ ނުކުތީ ސެންޓްރަލް ޕާކަށް ދާށެވެ. ބޮޑުމަގުގެ ހިސާބަކުން ބަންދުކޮށްފައި އޮތުމުން ޔޫސުފް މަންމަ ކައިރީ އަނެއްކާވެސް ސުވާލުކުރަން ފެށީ އެއީ ރައީސް ވަޑައިގެން އުޅުއްވަނީތޯ އެވެ.

"ޔޫސުފަށް އަނެއްކާވެސް މި ފެންނަނީ ރުއްގަނޑު ސަރަހައްދުގައި ބެނާއެއްގައި، ރައީސްގެ ފޮޓޯ ޖަހާފައި ހުއްޓައި. ދެން އެނގިއްޖެ އެއީ ރައީސްކަން. ބުނެފި މަންމީއޭ އެތަނަށް ރައީސް ވަޑައިގަންނަވާނޭ އެބަ ހުއްޓޭ އެތާ ފޮޓޯ ޖަހާފައި. މިއަދު ދާނީ ސެންޓްރަލް ޕާކަކަށް ނޫނޭ، ރައީސާ ބައްދަލުކުރަށޭ ދާނީ،" ނަޖްމާ ބުންޏެވެ.

ޔޫސުފް ޕޮލިސް ޔުނީފޯމުގައި: ބޮޑުވެގެން ވާން ބޭނުންވަނީ ޕޮލިހަކަށް.--

އެކަމަކު ނަޖުމާ މަސައްކަތްކުރަނީ ކަރެކްޝަންސްގައި ކަމަށް ވެފައި ސިޔާސީ ކަންކަމުގައި ނޫޅެވޭތީ އެތަނަށް ދާން ފަސްޖެހިފައި ހުރެގެން ވެސް އެތަނަށް ދިޔަ އެވެ.

ރައީސް ވަޑައިގަތް ވަގުތު މީހުން ގިނަކަމުން ޔޫސުފަށް ރައީސާ ބައްދަލު ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ޖަލްސާ ނިމެންދެން ޔޫސުފް، މަޑުކުރީ ވެސް ރައީސާ ބައްދަލުވާނެ ކަމުގެ އުންމީދުގަ އެވެ.

"އެ ދުވަހު މިނިސްޓަރު މާރިޔާ އާއި ރައީސާ ވަރަށް ބައިވަރު މީހުން ވާހަކަ ދެއްކެވި. އެ ހުރިހާއިރު އެތާ ހަމަ ކޮޅަށް. ފައިވާޅުވެގެން ވެސް އުޅުނު އެކަމަކު ހަމަ ކެތްކޮށްލައިގެން، ރައީސާ ބައްދަލުކުރާ ހިތުން. ގެއަށްދާން ވެސް އެއްބަސްނުވި. ރައީސާ ބައްދަލުކޮށްފައޭ ގެއަށް ދާނީވެސް."

ޔޫސުފްގެ އާއިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަނބިކަނބަލުން ފަޒްނާއާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގެން.-- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

އެ ދުވަހު ޖަލްސާ ނިންމަވާލެއްވުމަށް ފަހު ރައީސް ވަޑައިގަތުމުގެ ކުރިން އާންމުންނާ ސަލާންކުރި އިރު ޔޫސުފާ ސަލާންކޮށްލެއްވި އެވެ.

"އެ ދުވަހު ގެއަށް އަންނަމުން ބުނަނީ، މަމްމިއަށް އެނގޭހެއްޔޭ 'ޓުޑޭ އިޒްދަ ބެސްޓް ޑޭ އޮފް މައި ލައިފް' އޭ. ރައީސާ ބައްދަލުވީމަ."

އެ ދުވަހު އުފާ ވިޔަސް، ޔޫސުފް ބޭނުންވަނީ ރައީސާ ބައްދަލުކޮށް ވާހަކަ ދައްކާލަން ކަމަށް ވާތީ ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އެހެންވެ ރައީސާ ބައްދަލުވޭތޯ ކުރި މަސައްކަތުގައި ނިންމީ ކުރިން ހެދި ވީޑިއޯ އަނެއްކާ ވެސް ސޯޝަލް މީޑިއާއަށް ލާށެވެ.

މީގެ ތިން ދުވަސް ކުރިން އެ ޕޯސްޓު ފޭސްބުކަށް ލުމުން ރައީސާ ބައްދަލުކުރަން އެހީވެދެއްވީ ޗައިލްޑްސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގެވެ.

"ހޮނިހިރު ދުވަހުގެ މެންދުރު މުލިއާގެއިން ގުޅީ. ޔޫސުފަށް ރައީސް ދައުވަތު ދެއްވާފައޭ އޮތީ. ހަވީރު ފަހެއް ޖަހާއިރަށް އާދެވިދާނެތޯއޭ."

ޔޫސުފްގެ އާއިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަނބިކަނބަލުން ފަޒްނާއާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގެން.-- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ޔޫސުފްގެ އެސިޓީ ރައީސްގެ ދެކަނބަލުންނާ ހަމައަށް ފޯރައި ޔޫސުފްގެ ހުށަހެޅުން ރައީސް ގަބޫލުފުޅުކުރެއްވި އެވެ. ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވައި ރައީސްގެ ދެކަނބަލުން ވަނީ ޔޫސުފާ ބައްދަލުކުރެއްވި އެވެ.

"ނިންމާފައި އަންނަނަމުން ރައީސަށް އިންވައިޓް ވެސް ކުރި، ބުނި އަޅުގަނޑުގެ ގެއަށް ވަޑައިގަންނަވައްޗޭ. ރައީސް ވިދާޅުވީ ވަޑައިގަންނަވާނަމޭ. އިއްޔެ ހެނދުނު ހޭލައިގެން ވެސް އެންމެ ފުރަތަމަ ވެސް އައިސް ބުނަނީ މަންމީ ހަންދާން އެބަހުރިހެއްޔޭ އިއްޔެ ދިޔައީމެއްނުންހޭ ރައީސާ ބައްދަލުކުރަން. ރީތިވާން ހުރެގެން ވެސް ކިޔަނީ ޕްރެޒިޑެންޓް ވަރަށް ފްރެންޑްލީއޭ ވަރަށް ރަނގަޅޭ، ވާހަކަ ދެއްކިއޭ ޔޫސުފްއާ،" ނަޖުމާ ކިޔައިދިނެވެ.

"އެ މީޓިންގަ ދެއްކީ މިހާރު ޔޫސުފަށް ކިކް ބޯޑާ ނުލާ 25 މީޓާއަށް ފަތަން އެނގޭ ވާހަކަ އާއި މާޝަލް އާޓްސްއަށް ދާވަހަކަ. ވަރަށް ފަހުން އޭގެން ޕްރޮމޯޝަން ބޭއްވި ވާހަކަ."

ޔޫސުފްގެ ބޮޑު ހުވަފެން ހަގީގަތަށް ހަދައިދިނީތީ ރައީސްގެ ދެކަނބަލުންނަށް ޝުކުރު އަދާކުރައްވަމުން ނަޖުމާ ބުނީ ޔޫސުފް ރައީސާ ވަރަށް ގިނަ ވާހަކަ ދެއްކި ކަމަށެވެ. ބޮޑުވެގެން ޔޫސުފްގެ ބައްޕަ ގޮތަށް ޕޮލިހަކަށް ވާން ބޭނުން ވާހަކަ އާއި އެކި މައުލޫމާތަކަށް ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

12 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 4%
icon inlove icon inlove 58%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާރާ

29 August 2023

ހައް ހައް...ހައް...ޔޫސުފް އިނީ ޔޯލަ...ފިރިހެންކުދިން އިންނާނީތަ...

The name is already taken The name is available. Register?

ފެންނަމަންޒަރު

28 August 2023

ތުއްތު ކުދިންނަކީ އެކުދިންގެ މަންމައިން ނުވަތަ ބައްޕައިން ދެކެ އެކުދިން ލޯބިވާނަމަ އެމީހުން ގަޔާވާ ޝަޚުސުތަކާ ގަޔާވާން ދަސްކުރާ ބައެއް. އާއިލާ ތެރޭ ވާހަކަ ދެކެވޭ، އަބަދު ޓީވީން ފެންނަ މީހަކާ ގަޔާވާނެކަމީ އެއްވެސް ޝަައްކެއް އޮތް ކަމެއް ނޫން. ތުއްތު އިރުއްސުރެ އެހެން ޗެނަލަކުން އެހެން ސިޔާސީ ޝަޚުސެއް ފެނުނުނަމަ ނަތީޖާ އެހެން ގޮތަކަށް ދިއުމުގެ ފުރުސަތު އޮންނާނެ.

The name is already taken The name is available. Register?

ދިވެހިބިން

28 August 2023

އުއްމީދުކުރަން ބޮޑުވެގެން ރައީސް އިބޫ ކަހަލަ މީހަކަށްނުވެ އަދުލުވެރިކަމާ އިންސާފާ ހަމަ ޤަބޫލުކުރާ މީހަކަށްވާނެކަމަށް

The name is already taken The name is available. Register?

އެސް ޒެޑް

28 August 2023

ما شاء الله ވަރަށް ވަރަށް ހިތްގައިމު އުފާވެރި މަންޒަރެއް، އެކުޑަކުއްޖާގެ އެތައް އަހަރެއްގެ ދިގު އިންތިޒާރު ފުރިހަކަކޮށްދެއްވީތީ އެއްމެފުރަތަމަވެސް ﷲ ޞުބުހާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރުކުރަން، އެއަށްފަހު އެ ކުޑަ ކުޑަ ކުއްޖާގެ އެދުނު އެދުން ފުރިހަމަކޮށް އެކުއްޖާއަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދެއްވީތީ އެ އެއްމެންނާއިވެސް ގުޅޭ ހިތްތިރި ، މަޑުމައިތިރި ، ޚުލްޤުހެޔޮ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހަށް ޝުކުރު އަރިސްކުރަން ، ޝުކުރިއްޔާ!

The name is already taken The name is available. Register?

އިސްމާލު2.0

28 August 2023

ޔޫސުފް 2063

The name is already taken The name is available. Register?

ޖަމީލުބެ

28 August 2023

ما شاء الله ވަރަށް އުފާވެރި މަންޒަރެއް

The name is already taken The name is available. Register?

ވާވު

28 August 2023

ސިޔާސީ ގޮތުން އިދިކޮޅުވިޔަސް' ރަނގަޅަށް ކަމެއް ކޮށްފިޔާމުން ބަލައިގަންނާނަން.

The name is already taken The name is available. Register?

މުނާލް

28 August 2023

އަހަރެމެންވެސް ކުޑައިރު މައުމޫނު ފެނުނީމަ ހަމަލޮލުން ދެކިލާ ބައްދަލުކޮއްލާހިތް ވަރަށް ވި. މައުމޫން އަކީއޭރުގެ ހުރިހާކުދިންގެ ވަރަށްބޮޑުފޭން އެއް.

The name is already taken The name is available. Register?

ގެދާނޯމޮސް

28 August 2023

ވެރިން އިސްކުރައްވަނީ ހިކުމަތް ވަންތަ ﷲ އެވެ. އެވެރިން މަގުން ކައްސުވާލަނީ މަގާމުތަކާއި ތަނަވަސްކަމަސް ފެންބޮވައިގެން އެނބުރޭ ބަޔަކެވެ. ވެރިންގެ ހިތުގެ ޝުޢޫރު އެނގޭނީ ހިތުގަ ކިލަނބުކަމެއް ނުހުންނަ ފާފައިގެ ފަތް ނުލިޔެވޭ ތުއްތު ދަރިންނަށެވެ. ޔޫސުފުފަދަ ހިތްނިޔަތް ރަނގަޅު ދަރިންނަކީ އެކުދިންގެ ގައުމަށް ޓަކައި ގުރުބާން ވުމަށް ފަސްނުޖެހޭނެ ދަރިންނެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 August 2023

ދިވެހި ކުޑަކުއްޖަކު ދުވެހިރާއްޖޭގެ ރައީސުލް ޖުމްހޫރީއްޔާ ހަމަލޮލުން ދެކި ސަލާމް ކޮށްލާ ވާހަކަ ދައްކާލަން އެދުމަކީ އަޖާއިބުވާންޖެހޭ ވަރު ކަމެއްނޫން. ޔޫސުފް އާއި ތުއްތު އެހެން ކުދިންވެސް އެކަމަށް އެދޭނެ. # ނަމަވެސް މިދުވަސްވަރު ތިކަންކޮށް މީޑިއާއަށް ތިޔަ ޙަބަރު ދޫކޮށްލުން ތިއީ އެ ތުއްތު ކުއްޖާއަށާއި އެކުއްޖާގެ އާއިލާއަށް ލިބޭނެ އުފަލެއްތޯ ދެރައެއްތޯ ވިސްނާލިނަމަ ކިތަންމެހާވެސް ރަނގަޅު. ފައިދާ ނެގުމުގައިވެސް "ނާޖާއިޒުގޮތް" ގެންގުޅުމަކީ ހުތުރުކަމެއް.

The name is already taken The name is available. Register?

ލައްކަ އަސަރުކޮށްފިތާ ދޯ!

28 August 2023

އެމަންޒަރު ފެނިފައި ދީދީ އަށް ލައްކަ އަސަރު ކޮށްފިކަން ޔަޤީނެވެ! އެފަދަ ޚަބަރު މީޑިއާ އަށް ދޫކޮށްލަން އެންމެ ރަނގަޅު ދުވަސްވަރަކީ ވެސް މިއެވެ.

The name is already taken The name is available. Register?

އެސް ޒެޑް

28 August 2023

" އޮނަރަބްލް އަފީފު ދީދީ " އަށް ރަނގަޅު އެއްކަމެއްވެސް ނުކުރެވެއެއްނުން، ހަސަދަވެރިވެ ނަފަރަތު ވިއަސް ތަންފުކެއް ބޮޑުވަރު، އޮނަރަބްލް އަފީފު ދީދީ އަށް ހެޔޮވިސްނުންދެއްވައި ހަތުރެއް މިތުރެއްބެލުމެއްނެތި އެއްމެންނާއިމެދުވެސް ހިތްހެޔޮ ކަމާއި ރަހުމަތްތެރިކަމާއިއެކު މުޢާމަލާތްްކުރާ ޚުލްޤުހެޔޮ މީހެއްކަމުގައި ﷲ ޞުބުހާނަހޫވަތަޢާލާ ލައްވާށި ، އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454