ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރިސެޕްޝަން ސަރަހައްދު. -- ފޮޓޯ: ޓްރީ ޓޮޕް
28 އޯގަސްޓް 2023 - 11:54
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ ކްލިނިކުގެ ހިދުމަތް ހުކުރު ދުވަހު ވެސް ދޭން ނިންމައިފި އެވެ.
ޓްރީ ޓޮޕްއިން ބުނި ގޮތުގައި މި ހިދުމަތް ހުކުރު ދުވަހު ދޭން ނިންމީ ޕޭޝަންޓުންނަށް އެ ކުލިނިކުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހެއްގައި ފޯރުކޮށްދިނުމަށެވެ. ފެމިލީ ކުލިނިކަކީ ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިވެންޓިވް ކެއާ، ޗެކްއަޕް ހެދުމާއި ހެލްތު ރިސްކް އެސެސްމެންޓާއި ވެކްސިނޭޝަން، ވޯކް ޕާމިޓް މެޑިކަލްސް އަދި ދުޅަ ހެޔޮ ދިރިއުޅުމެއް ބިނާކުރަން ބޭނުންވާ ކައުންސިލިންގެ ހިދުމަތްތައް ދޭ ތަނެކެވެ.
ފެމިލީ ކްލިނިކްގެ އިސް ދައުރަކީ މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އިމާޖެންސީ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ ކްލިނިކުން ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކުގެ އަލާމާތްތައް ދެނެގަތުމާއި ކުރިއާލައި ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެވޭނެ އެވެ. މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ކޮންސަލްޓޭޝަނާއި ފަރުވާދޭ ކްލިނިކެކެވެ.
ހުކުރު ދުވަހު ޓްރީ ޓޮޕްގެ ފެމިލީ ކުލިނިކުގެ ހިދުމަތް ލިބޭނީ މެންދުރު ފަހު 3 އިން ރޭގަނޑު 10އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy